
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނުގެ ހަނގުރާމަވެރިން އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް ޙަމަލާ ދިނުމަށް ޑްރޯން ބޭނުންކުރަން ފަށައިފިއެވެ. ޕާކިސްތާނުގެ ފުލުހުންގެ އިދާރާއިން ބުނީ އެ ޤައުމުގެ ހުޅަނގު ދެކުނު ސަރަޙައްދުގައި ސަލާމަތީ ބާރުތަކަށް ބޮން އެޅުމަށް ހަނގުރާމަވެރިން ބޭނުންކުރަނީ އާންމުކޮށް ބާޒާރުތަކުން ލިބެން ހުންނަ ޑްރޯން ކަމަށެވެ. އެއީ އަސްކަރީ ޑްރޯނެއް ނޫނެވެ. ސަލާމަތި ބާރުތަކަށް ހަނގުރާމަވެރިން ޙަމަލާދެނީ ޑްރޯންތަކުގައި އަމިއްލައަށް ތައްޔާރުކުރާ ބޮންފަދަ އެއްޗެހި ހަރުކޮށްގެންނެވެ. އެ ދަފަ ބޮން ތައްޔާރުކުރަނީ ދަގަނޑުކޮޅުކޮޅު، މޮހޮރު އަދި ބޯލް ބެއަރިންގ ފަދަ ފަސޭހައިން ލިބެން ހުންނަ ސާމާނު ބޭނުންކޮށްގެންނެވެ. ހަނގުރާމަވެރިން މި ފަދަ އުކުޅުތައް ބޭނުންކޮށްގެން ޙަމަލާ ދިނުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ޕާކިސްތާނުގެ ފުލުހުން ވަނީ ސިފަކޮށްފައެވެ. އެ ފަދަ ޙަމަލާތައް ހުއްޓުވުމުގެ ޤާބިލުކަން އަދި އެ ކަމަށް ބޭނުންވާ ވަޞީލަތްތައް ފުލުހުންނަށް ލިބިފައިނުވާ ކަމަށް އެ އިދާރާއިން ދަނީ ބުނަމުންނެވެ.
މި މަހުގެ ކުރީކޮޅު ހަނގުރާމަވެރިން ވަނީ ހަތަރު ފިޔަ ލީ ދެ ކޮޑްކޮޕްޓަރ ޑްރޯން ބޭނުންކޮށް ފުލުހުންގެ މަރުކަޒަކަށް ޙަމަލާ ދިނުމަށް މަސައްކަތްކޮށްފައެވެ. އެ ޙަމަލާގައި އެ ސަރަޙައްދުގައި ހުރި ގެއެއްގައި އިން އަންހެނަކު މަރުވެ ތިން ކުޑަކުދިންނަށް ވަނީ ޒަޚަމްވެފައެވެ. އޭގެ އިތުރުން، އެހެން ފުލުހުންގެ މަރުކަޒަކަށް ޙަމަލާ ދިނުމަށް މަސައްކަތްކުރި ޑްރޯނެއް ވެސް ވަނީ ބަޑިޖަހައި ވައްޓާލައިފައެވެ. ފާއިތުވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި މި ފަދަ އަށް ޙަމަލާ ޕާކިސްތާނުގެ ބަންނު އަދި ކައިރި ސަރަޙައްދުތަކުގައި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ސަރަޙައްދީ އިސްވެރިޔާ، ސައްޖަދު ޚާން ވިދާޅުވީ ޑްރޯންތައް އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ހަނގުރާމަވެރިންނަށް އަދި ނޭނގޭ ކަމަށެވެ. ހަނގުރާމަވެރިން މި ޒަމާނީ ވަޞީލަތްތައް ބޭނުން ކުރަން ދަސްކުރަމުންދާތީ، އަދި އެންމެ އަމާޒުކޮށް ޙަމަލާތައް ނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ އިސްވެރިއެއް ކަމަށްވާ ޒުލްފިގާރު ޙަމީދު ވިދާޅުވީ ޑްރޯންތަކުގެ ސަބަބުން ކުރިމަތިވެފައިވާ އައު ގޮންޖެހުންތަކަށް ކުރިމަތިލުމަށް ބޭނުންވާ ޤާބިލުކަމާއި ވަޞީލަތްތައް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ. ފުލުހުންނަށް ލިބެންހުރި ވަޞީލަތްތަކަށްވުރެ ހަނގުރާމަވެރިންގެ އަތުގައި ހުރި ވަޞީލަތްތައް ވެސް މާ ގިނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބަންނު ސަރަޙާއްދުގައި ދެމުންދާ ޑްރޯން ޙަމަލާތަކުގެ ޒިންމާ މިހާތަނަށް އެއްވެސް ހަނގުރާމަވެރި ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ. ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި ޙަރަކާތްތެރިވާ މައި ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ ތަޙްރީކީ ޠާލިބާން ޕާކިސްތާނު، ޓީޓީޕީއިން ވެސް ބުނަނީ އެ ޖަމާޢަތުން ޑްރޯން ބޭނުން ނުކުރާ ކަމަށާއި އެއީ އެ ޖަމާޢަތުން ބޭނުންކުރުމަށް އެދޭ ޓެކްނޮލޮޖީއެއް ކަމަށެވެ.
2024ވަނަ އަހަރު ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ވަނީ އެ ޤައުމުގައި 335 ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި 520 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ އަމިއްލާ ޖަމުޢިއްޔާއެއް ކަމަށްވާ ޕާކިސްތާން އިންސްޓިޓިއުޓް ފޮރ ޕީސް ސްޓަޑީޒުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
