
(ފޮޓ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުން ވާގިވެރިވާ ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީންނަށް ޙަމަލާދިނުމުގެ ނަމުގައި ޔަހޫދީ ފައުޖުން ޔަމަނުގެ އަލްޙުދައިދާ ބަނދަރަށް ޙަމަލާދޭން ފަށައިފިއެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓުފަހަރުތަކަށް ޙަމަލާ ދޭން ފަށައިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ބޯޓުފަހަރު ވެސް ހިމެނެއެވެ. އެ ގޮތުން 2023ވަނަ އަހަރުގެ ނޮވެމްބަރު މަހާއި މި އަހަރުގެ ޖަނަވަރީ މަހާ ދެމެދު ޙޫޘީން ވަނީ އާގުބޯޓުފަހަރު ދަތުރުކުރާ މައި މަގުތަކަށް ޢަމާޒު ކޮށް 100އަށް ވުރެ ގިނަ ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި ދެ އުޅަނދު ފައްތާލައި އިތުރު އުޅަނދެއް ވަނީ ޙޫޘީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެގެން ދިޔައެވެ. އެ ޙަމަލާތަކުގެ ރައްދެއްގެ ގޮތުގައި ޔަހޫދީން ދަނީ ޙޫޘީންނަށް ޙަމަލާތައް އަމާޒުކުރަމުންނެވެ.
ޙޫޘީންނާ ގުޅުންހުރި އަލް މާސިރާ ޓީވީއިން ވަނީ އަލްޙުދައިދާ ބަނދަރަށް ޔަހޫދީން ޙަމަލާ ދެމުންދާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ތަފްޞީލެއް ދީފައެއް ނުވެއެވެ. ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތައް އެ ބަނދަރަށް އަމާޒުކޮށްފައިވާއިރު، ޔަހޫދީންގެ ދިފާޢީ ވަޒީރު، އިސްރައެލް ކެޓްޒް ވަނީ އީރާނަށް ހެދި ގޮތް ޔަމަނަށް ވެސް ހަދާލާނެ ކަމުގެ އިންޒާރު ދީފައެވެ. އޭނާ އިޝާރާތްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 13ވަނަ ދުވަހު އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ޔަހޫދީން ދިން ޙަމަލާތަކަށެވެ. މި މަހުގެ ކުރީކޮޅު ޙޫޘީން ވަނީ ގްރީސްގެ އާގުބޯޓެއް ކަމަށްވާ އެޓާނެޓީ ސީއަށް ޙަމަލާދީ އެ ބޯޓު ރަތް ކަނޑަށް ފައްތާލައިފައެވެ. އެ ހާދިޘާގައި އެ ބޯޓުގަތި ތިބި 25 މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ މަރުވެފައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ޙޫޘީން ވަނީ މެޖިކް ސީސް ކިޔާ އާގުބޯޓަކަށް ޙަމަލާ ދީ އެ ބޯޓު ވެސް ފައްތާލާފައިފައެވެ.
ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމް ކުރުމުން ޙޫޘީން ވަނީ ޔަހޫދީންނަށް އަމާޒު ކޮށް ދެމުންދިޔަ ޙަމަލާތައް ވެސް މަޑުޖައްސާލައިފައެވެ. ނަމަވެސް އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމަކަށް އައުމާ އެކު، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނިކަމެތިކޮށް ޙާލުގައި ޖެއްސުމަށް ހައްދުފަހަނަ އެޅި ޔަހޫދީން ހިންގަމުންދާ ޖަރީމާގެ ދަށުން އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެ ކުރުމަށް ހުރަސްއެޅުމުން ޙޫޘީން ވަނީ އަނެއްކާ ވެސް ޙަމަލާތައް ދޭން ފަށައިފައެވެ. އެއާއެކު، މާރިޗު މަހުގެ ތެރޭގައި އެމެރިކާއިން ވަނީ ޙޫޘީންނަށް އަމާޒު ކޮށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ދެ ފަރާތުން ބަދަލުކުރަމުން ދިޔަ ޙަމަލާތައް ނިމުމަކަށް އައީ ޢުމާން މެދުވެރިވެ މެއި މަހުގެ 6ވަަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ދެ ފަރާތުން އައުމުންނެވެ. ނަމަވެސް އެ އެއްބަސްވުމުގައި ޔަހޫދީންނަށް ދެމުންދާ ޙަމަލާތައް ނުހިމެނޭ ކަމަށް ޙޫޘީން ވަނީ ބުނެފައެވެ.
ޙޫޘީން ޙަމަލާދޭ ރަތް ކަނޑުގެ ވިޔަފާރި މަގަކީ ދުނިޔޭގެ އެންމެ ކާރޫބާރޫބޮޑު އެއް މަގެވެ. އެ މަގުން އަހަރަކު އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ މުދާ ގެންދެއެވެ. ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން އެ މަގުން ދަތުރުކުރާ އުޅަނދުފަހަރު އިންޝޫރެންސަށް ދައްކަންޖެހޭ ޢަދަދު ވަނީ އުޅަނދުގެ އަގުގެ 0.4 އިންސައްތައިން 1 އިންސައްތައަށް އިތުރުވެފައެވެ. އެއާއެކު އެ މަގުން ކުރާ ދަތުރަކަށް އިންޝޫރެންސްގެ ގޮތުގައި އިތުރު 700،000 އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޢަދަދެއް ޚަރަދުކުރަން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
