
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ދާދިފަހުން އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ގެއްލުންދީފައިވާ ވައިގެ ދިފާޢީ ނިޒާމު އަލުން ވަރުގަދަކޮށް، ހަރުދަނާ ކޮށްފައިވާ ކަން އީރާނުން ހާމަކޮށްފިއެވެ. ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ މައި މަރުކަޒުތަކަށެވެ. މީގެ އިތުރުން، ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުންގެ އިތުރުން ކުށެއް ނެތް ޢާންމު ރައްޔިތުން ވެސް ޝަހީދު ކޮށްލިއެވެ. ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އަމުރަށް ދީފައިވާ އިތުރު ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ އަސްކަރީ މަރުކަޒުތަކާއި ދިފާޢީ ނިޒާމުތަކަށެވެ. ޖޫން 22ވަނަ ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުން އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވެސް އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދިނެވެ.
އީރާންގެ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ މަޙްމޫދު މޫސާވީއާ ޙަވާލާދީ އީރާންގެ ދީފާ ޕްރެސް އޭޖެންސީން ބުނީ ޔަހޫދީންގެ ޙަމަލާތަކުގައި ޙަލާކު ކޮށްލާފައިވާ އަދި ގެއްލުންދީފައިވާ ވައިގެ ދިފާޢީ ނިޒާމުގެ ބައިތައް ބަދަލުކޮށްފައިވާ ކަމުގައެވެ. އަދި، އެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ވަރުގަދަ ކޮށްފައިވާނެ ކަމުގައެވެ. “އަޅުގަނޑުމެންގެ ވައިގެ ދިފާޢީ ނިޒާމުގެ ބައެއް ބައިތައް ވަނީ ހަލާކުވެފައި، އެއީ ދެބަސްވެވޭނެ ކަމެއް ނޫން، ނަމަވެސް އަޅުގަނޑުމެންގެ އެކުވެރިން ވަނީ، އެތެރެއިން ލިބެންހުރި ސާމާނާއި ބައިތައް ބޭނުން ކޮށްގެން އެ ތަކެތި މަރާމާތުކޮށް ބަދަލުކޮށްފައި، އަދި ވައިގެ ސަރަޙައްދުގެ ދިފާޢު ވަރުގަދަ ކުރުމަށް ބޭނުންވާ ސަރަޙައްދުތަކަށް ފޮނުވާފައި،” މޫސާވީ ވިދާޅުވިއެވެ.
އީރާންގައި ބޭނުން ކުރަމުން ދަނީ އެ ޤައުމުން އަމިއްލައަށް އުފައްދާފައިވާ ބަފާރް-373 މަރުކާގެ ނިޒާމެއްގެ އިތުރުން ރަޝިޔާއިން ފޯރުކޮށްދީފައިވާ އެސް-300 ނިޒާމެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ރަޝިޔާއިން ފޯރުކޮށްދީފައިވާ ވައިގެ ދިފާޢީ ނިޒާމުތަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަން އީރާންގެ މީޑިޔާތަކުން ރިޕޯޓު ކޮށްފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
