
(ފޮޓޯ ކްރެޑިޓްސް: ހިންދުސްތާން ޓައިމްސް)
ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ތަމްރީން މަތިންދާބޯޓެއް، އެ ޤައުމުގެ އުތުރުގައި ހުރި ދަނާލެއްގެ މައްޗަށް ވެއްޓި، މިހާތަނަށް އެކަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ބުނެފިއެވެ. މި މަތިންދާބޯޓު ވެއްޓުނީ ބަންގްލަދޭޝްގެ އުއްތަރާ ސަރަޙައްދުގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖުގެ ދަނާލަށް ކަމަށާއި، އެ ވަގުތު އެތަނުގައި އެއްބައި ދަރިވަރުން އިމްތިޚާނެއް ހަދަމުންދިޔައިރު، އަނެއް ބައި ދަރިވަރުން ކްލާސްތަކުގައި ތިބި ކަމަށެވެ. އެ ހާދިސާގައި، ބޯޓު ވެއްޓުނު ސަރަޙައްދުގައި އަލިފާން ރޯވެ، ދުން ބޯވެފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމުވެފައިވާއިރު، ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ 20 މީހުންގެ ތެރޭގައި އެ ސްކޫލްގެ ދަރިވަރުން ގިނަ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ބަންގްލަދޭޝް އަސްކަރިއްޔާއިން ނެރުނު ކުރު ބަޔާނެއްގައި ވަނީ ވެއްޓިފައިވަނީ، އެފް-7 ބީޖީއައި މަރުކާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއްކަން ކަށަވަރުކޮށްދީފައެވެ. ބަންގްލަދޭޝްގެ ފަޔަރ ޑިޕާޓްމަންޓުގެ އޮފިލަކު ވަނީ އެ ހާދިސާގައި އެކަކު މަރުވެ، ހަތަރު މީހަކު ޒަޚަމްވެފައިވާކަން ޔަޤީންކޮށް ދެއްވައިފައެވެ. ނަމަވެސް، އިތުރު ތަފްޞީލެއް ނުދެއްވައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
