
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޖަޕާންގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގެ އިންތިޚާބުގައި ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ އިއްތިޙާދަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ނަމަވެސް ބޮޑުވަޒީރު ކަމުގެ މަޤާމުން ދުރަށް ޖެހިވަޑައިގަންނަވަން ތައްޔާރު ނޫން ކަމުގައި ޝިގެރު އިޝިބާ ވިދާޅުވެއްޖެއެވެ. ވެރިކަމުން ފެޔަށް ޖެހިވަޑައިގަންނަވަން އިޝިބާ އިންކާރު ކުރައްވާފައި މި ވަނީ، އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް އިދިކޮޅު ޕާޓީތަކުން ވިސްނަމުންދާ ދަނޑިވަޅެއްގައެވެ. އަދި، އަމިއްލަ ޕާޓީގައި ވެސް އޭނާގެ ހިންގުންތެރިކަމަށް އޮތް އިތުބާރު ފަނޑުވަމުންދާ ވަގުތެއްގައެވެ. އިންތިޚާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އިޝިބާ ވިދާޅުވީ، އެމެރިކާއާ އެކު ވިޔަފާރީގެ އެއްބަސްވުންތަކެއް އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދެމިހުންނެވުމުގެ ގޮތުން މި ވަގުތު އިސްތިޢުފާ ދެއްވަން ބޭނުންފުޅު ނުވާ ކަމުގައެވެ. މީގެ އިތުރުން، ތަކެތީގެ އަގުތައް އުފުލެމުންދާ މައްސަލައަށް ހައްލުތަކެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމުގައެވެ.
“އޮފީހުގައި [ވެރިކަމުގައި] މަޑުކޮށް، [ޖަޕާނަށް] ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ މަގު ކޮށައިދިނުމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގައި ދެމިހުންނާ ނަން،” އިޝިބާ ވިދާޅުވިއެވެ. އަދި، ޖަޕާނުގެ އުފެއްދުންތަކުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓުޑިޔުޓީ ބޮޑު ކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ހައްލު ހޯއްދެވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕާ ފޯނުން ގުޅުއްވައި، ސީދާ މަޝްވަރާތައް ބާއްވަވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މަސްރަޙު ދިރާސާ ކުރާ މީހުން ބުނީ، ގިނަ ދުވަހު އިޝިބާއަށް ވެރިކަމުގައި ދެމިހުންނެވޭނެ ކަމަށް ޤަބޫލު ނުކުރާ ކަމުގައެވެ. ހުސްވި އަހަރު ބޭއްވި އިންތިޚާބުގައި ވެސް އިޝިބާގެ އެލްޑީޕީ އިއްތިޙާދަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެ، ގިނަ ގޮނޑިތަކެއް ގެއްލިފައެވެ. އެއީ، ޤާނޫނުހަދާ މަޖިލީހުގެ ބާރުގަދަ ތިރިގޭގެ އިންތިޚާބެވެ. މީގެ އިތުރުން، ޖުލައި 20ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މަތިގޭގެ އިންތިޚާބުގައި ވެސް އޭނާއަށް މި ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައެވެ.
ވެރިކަމުގައި ދެމިހުންނެވުމުގެ ގޮތުން އިދިކޮޅު ޕާޓީތަކުން ބޭނުންވާ ކަންކަން ހާސިލު ކޮށްދެއްވުމަށް އިޝިބާ މަސައްކަތް ކުރެއްވުމަކީ ވުނޭރުންނަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ. ޓެކުސްތައް ދަށްކޮށް، ސަބްސިޑީގެ ގޮތުގައި ދޫކުރާ އަދަދުތައް މުރާޖާ ކުރުމަށް އިދިކޮޅު ޕާޓީތަކުން ދަނީ އިޝިބާއަށް ބާރު އަޅަމުންނެވެ. 68 އަހަރުގެ އިޝިބާ ވިދާޅުވީ ވެރިކަން ކުރާ އިއްތިޙާދު ފުޅާ ކުރުމަށް ނުވިސްނަވާ ކަމަށާއި، ނަމަވެސް ޢާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރެވޭނެ ގޮތްތައް ދެނެގަތުމަށް އިދިކޮޅު ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
