
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކުނިވެފައި، ނުވަތަ ޖަރާސީމެއްގެ އަސަރު ކޮށްގެން ނުބައިވެފައިވާ ކާނާއެއް ކެއުމާ ގުޅިގެން ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ކާނާ ވިހަވެ، ގޭގައި މަޑު ކުރަން މަޖުބޫރުވެއްޖެއެވެ. އޭނާގެ އޮފީހުން ބުނީ، ކާނާ ވިހަވެފައިވާ ނަތަންޔާހޫ ތިން ދުވަސް ވަންދެން ގޭގައި މަޑު ކުރުމަށް އޭނާގެ ޑޮކްޓަރުން ލަފާދީފައިވާ ކަމުގައެވެ. އަނިޔާވެރި ނަތަންޔާހޫ ގޭގައި މަޑު ކުރަން މަޖުބޫރުވެފައި މި ވަނީ، އޭނާގެ އަމުރަށް ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 58,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، އެ އަދަދު 61,700އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ، ކާނާ ވިހަވެ، ގޭގައި މަޑު ކުރަން ޖެހުނު ނަމަވެސް، ބޮޑުވަޒީރު ކަމުގެ މަޤާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި އޭނާ ދެމިހުންނާނެ ކަމުގައެވެ. ޑޮކްޓަރުންނާ ޙަވާލާދީ ނަތަންޔާހޫގެ އޮފީހުން ބުނީ، އޭނާގެ ގޮހޮރު ދުޅަވެފައިވާ ކަމަށާއި، ޑީހައިޑްރޭޓްވުން، ނުވަތަ ހަށިގަނޑުން ފެން މަދުވުމާ ގުޅިގެން އޭނާއަށް އައިވީ ފޯރުކޮށްދެމުންދާ ކަމުގައެވެ. 2023ވަނަ އަހަރު ނަތަންޔާހޫއަށް ހިތުގެ މައްސަލަތަކެއް ކުރިމަތިވުމާ ގުޅިގެން ޕޭސްމޭކަރއެއް ލައްވާފައިވެއެވެ. އަދި، 2024ވަނަ އަހަރުގެ ޑިސެންބަރު މަހު އޭނާގެ ޕްރޮސްޓޭޓް ވަނީ ނަގާފައެވެ.
ބަލިވެ، ގޭގައި މަޑުކުރަން ޖެހުމާ އެކު، ޖުލައި 20ވަނަ ދުވަހު ބާއްވާފައިވާ ޒަޔަނިސްޓުންގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމުގައި ނަތަންޔާހޫ ބައިވެރިވެފައެއް ނުވެއެވެ. އަދި، ޖުލައި 21ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުމަކަށް ހާޒިރުވުމަށް ވެސް އޭނާ ވަނީ އުޒުރުވެރިވެފައެވެ. އެއީ، އޭނާއާ ދެކޮޅަށް ކޯޓުގައި ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލައެއްގެ އަޑުއެހުމެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
