
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ މާފަރަށް ވަޑައިގެންފިއެވެ. މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ރައީސުލްޖުމްހޫރިއްޔާއަށްވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މާފަރަކީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ފުރަތަމަ ރަށެވެ. މިދަތުރުފުޅުގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މާފަރުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން މާފަރުގެ ކައުންސިލުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެރަށުގައި ތަރައްޤީ ކުރާ ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާ އަޅައި ޢަމަލީ މަސައްކަތްވެސް ފަށާނެއެވެ. މި ދެ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ. އެގޮތުން މިދަތުރުފުޅުގައި ނ.ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫއަށް ވަޑައިގަންނަވާނެއެވެ.
About Post Author
މާދަމާ ނިއުސް
ޕޭޕަލްއާއެކު ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިންގެ ބައިވެރިވުން ފުޅާކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމާ ގުޅިގެން، އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ މިއީ ދުނިޔޭގެ...
މޭ މަހު 5.5 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކުރި
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މިދިޔަ މޭ މަހު ރާއްޖެއަށް 5.5 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރު...
ޓީޖީއެސްޓީ އާމްދަނީން ބަޖެޓަށް ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓީ.ޖީ.އެސް.ޓީ އިތުރުވުމާއެކު، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅާ ހަމައަށް ދައުލަތުގެ އާމްދަނީ...
ސިއްޙަތަށް ފައިދާ ހުރި، ގިނަ ދުވަހަށް ރައްކާކުރެވޭ ކާނާ ތަޢާރަފްކުރަނީ
ދިގު މުއްދަތަކަށް ރައްކާކުރެވޭ އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ ކާނާ ރާއްޖެއަށް ތަޢާރަފްކުރުމަށްޓަކައި ހާއްސަ ފޯރަމެއް ހުޅުލޭ އައިލޭންޑް ހޮޓަލުގައި ފަށައިފިއެވެ. މި މަހުގެ 17...
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
