
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންދާ ޔަހޫދީން، ޣައްޒާގެ މެދުތެރޭ ސަރަޙައްދުތައް ހުސްކުރުމަށް އަންގައިފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ވަނީ އެއްކޮށްހެން ސުންނާފަތިވެފައެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ޔަހޫދީން ޣައްޒާގެ މެދުތެރޭ ސަރަޙައްދުތަކަށް އެހާ ބޮޑަށް ޙަމަލާ ދީފައެއް ނުވެއެވެ. ބަައެއް މީހުން ޤަބޫލުކުރާ ގޮތުގައި އެއީ ޙަމާސުން އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ ޔަހޫދީން ފޮރުވާފައި ވަނީ އެ ސަރަޙައްދުގައި ކަމަށް ބެލެވޭތީއެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ޔަހޫދީންގެ 50 އަސީރުން އަދިވެސް ތިބިއިރު، އޭގެ ތެރެއިން 20 މީހުން ދިރިހުރި ކަމަށް ބެލެވެއެވެ.
ނަމަވެސް ޔަހޫދީން މިހާރު ވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލާޙް ހުސްކުރުމަށް އަންގައި އެ ސަރަޙައްދަށް ޑްރޯންތަކުގެ އެހީގައި އިންޒާރުގެ ކަރުދާސްތައް އަޅައިފައެވެ. އޭގެ ފަހުން އެ ސަރަޙައްދުގެ ތިން ގެއަކަށް ޔަހޫދީން ޙަމަލާދީފައިވާ ކަމަށް އެ ސަރަޙައްދުގައި ދިރިއުޅޭ ޣައްޒާގެ ރައްޔިތުން ބުނެއެވެ. ޣައްޒާގެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކަށް ޔަހޫދީންގެ ޙަމަލާތައް މެދުކެނޑުމެއްނެތި އަމާޒުވަމުންދާތީ ގިނަ ޢަދަދެއްގެ މީހުން ވަނީ ރައްކާތެރިކަން ހޯދުމުގެ އުއްމީދުގައި ޣައްޒާގެ މެދުތެރޭ ސަރަޙައްދުތަކަށް ގޮސްފައެވެ. އެ ގޮތުން ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ވަނީ އެ ސަރަޙައްދަށް ޖަމާވެފައެވެ. ނަމަވެސް ޔަހޫދީންގެ އިންޒަރުތަކާއި ޙަމަލާތަކަށްފަހު ގިނަ ޢާއިލާތަކަކުން މިހާރު ވަނީ އެ ސަރަޙައްދު ދޫކޮށް ދާން ފަށައިފައެވެ. ދީރުލް ބަލާޙްއަށް ޔަހޫދީ އަސްކަރިއްޔާއިން ޙަމަލާ ދޭން ފެށުމާއެކު ޔަހޫދީ ރަހީނުންގެ ޢާއިލާތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔަހޫދީން ދީރުލް ބަލާޙަށް ދޭ ޙަމަލާތަކުގައި ޔަހޫދީ އަސީރުން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޢާއިލާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދީ 88 މީހުން ޝަހީދުކޮށްލައިފައެވެ. ޝަހީދުވި މީހުންގް ތެރެއިން 67 މީހުންނަކީ އދން ކާބޯތަކެތި ބަހާ ލޮރީއެއްގެ އިންތިޒާރުގައި އެ ސަރަޙައްދަށް އެއްވެ ތިބި މީހުންނެވެ. އޭގެ އިތުރުން އުތުރު ޣައްޒާގައި ދިން ޙަމަލާއެއްގައި އެތައް ބަޔަކަށް ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙާތާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ޖޫން މަހުގެ 19ވަނަ ދުވަހު ވެސް އެ ސަރަޙައްދުން 36 މީހުން ޝަހީދުކޮށްލާފައިވާއިރު، ދެކުނުގެ އެހީބަހާ މަރުކަޒެއް ކައިރީގައި އިތުރު ހަ މީހުން ޝަހީދުކޮށްލާފައިވެއެވެ. ފަލަސްޠީނުގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ކާބޯތަކެތި ނުލިބުމުގެ ސަބަބުން ޣައްޒާގެ ގިނަ ރައްޔިތުން ބަނޑަށް ޖެހި މަރުވުމާ ވަނީ ގާތްވެފައެެވެ. ފަލަސްޠީނުގެ ޞިިއްޙީ އިދާރާތަކުން ބުނީ ބަނޑުހައިހޫނުކަމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާ ކަމަށެވެ. ކާބޯތަކެތި ނުލިބުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ ގައިގައި ހަކަތައާއި ބުންވަރު ނެތްއިރު، ބޯއެނބުރުމާއި ވަރުބަލިކަން ފަދަ އުނދަގޫތަކާ ދަނީ ކުރިމަތިލަމުންނެވެ.
އދން ވެސް ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދާ ކަމަށް ބުނެ، ޣައްޒާއަށް ކާބޯތަކެތި އެތެރެކުރުމަށް ޔަހޫދީން ހުރަސްއަޅާފައި އޮތް އޮތުން ވީ އެންމެ އަވަހަކަށް ނިމުމަކަށް ގެނައުމަށް ޔަހޫދީންނަށް ގޮވާލައިފައެވެ. ފުށް ފަދަ ކޮންމެހެން ބޭނުންވާ ބާވަތްތައް މިހާރު އެއްވެސް ވަރަކަށް ޣައްޒާއިން ނުލިބޭއިރު، ހަށިގަނޑަށް ބޭނުންވާ ބައިތައް ފުރިހަމައަށް ނުލިބުމުގެ ސަބަބުން މެދުވެރިވާ މެލްނިއުޓްރިޝަން ޙާލަތު ކުރިމަތިވެ 71 ކުޑަކުދިން މިހާތަށް ޝަހީދުވެފައިވާ ވެއެވެ. މެލްނިއުޓްރިޝަންގެ އަލާމާތް 60،000 މީހުންގެ ކިބައިން ފެންނަމުންދާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ބަނޑުހައިހޫނުކަމުގެ ސަބަބުން 18 މީހުން ޝަހީދުވެފައިވެއެވެ.
ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 58،000މީހުން ޝަހީދުކޮށްލައިފައިވެއެވެ. ޢުދުވާން ހުއްޓައިލުމާ ގުޅޭގޮތުން ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ނުސީދާ މަޝްވަރާތައް ކުރިއަށްދާއިރު، ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ޔަހޫދީން ދީރުލް ބަލާޙަށް ޙަމަލާ ދޭން ފެށީ ޔަހޫދީން ބޭނުންވާ ފަދަ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމަކަށް ޙަމާސުން އެއްބަސްކުރުވުމަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ މަޤްސަދުގައެވެ.
About Post Author
މާދަމާ ނިއުސް
ތަފާތު 3 ވޯޓެއް، ކޮންމެ ވޯޓެއްގައިވެސް ރައްޔިތުންގެ އަޑު އިއްވުން މުހިންމު!
(ފޮޓޯ ކްރެޑިޓްސް: އިލެކްޝަންސް ކޮމިޝަން) ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އަދި ލޯކަލް ކައުންސިލް އިންތިޚާބަކީ ރައްޔިތުންގެ މަންދޫބުން ހޮވުމަށް ބާއްވާ...
“އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވަން ޚާއްސަ މަޖިލީހުގައި މަޝްވަރާކޮށްފައިވޭ”
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ކުރިން މަޝްވަރާކޮށްފައި ނުވާ ކަމަށް ދެކެވޭ ވާހަކަތައް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު...
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާޢީދު
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތަޢީދުކުރާކަން، މިދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއިން ހާމަކޮށްފިއެވެ....
ގަލްފު ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) އީސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ހާރިޖީ...
އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ؛ އީދު ހަވީރު 3 ދުވަހަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ ކަމަށާއި އަދި އީދު ހަވީރުގެ ހަރަކާތްތައް ތިން ދުވަހަށް ކުރިޔަށް ގެންދަން...
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މި މަހުގެ 18ގައި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ) މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި މަހުގެ 18 ވާ ހޯމަ ދުވަހުގެ ރޭ...
