
(ފޮޓޯ ކްރެޑިޓްސް: ރޯމާ ނިއުސް)
މިޞްރުގައި ޣައިރު ޤާނޫނީ ޖަމާޢަތެއް ކަަމަށް ކަނޑައަޅާފައިވާ އިޚުވާނުލް މުސްލިމީންގެ ހަތިޔާރު އެޅި ގޮފިން އެ ޤައުމުގެ ސަލާމަތީ އަދި އިޤްތިޞާދީ މަރުކަޒުތަކަކަށް ދޭން އުޅުނު ޙަމަލާތަކެއް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ނާކާމިޔާބުކޮށްލައިފިއެވެ. މިޞްރުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޙަމަލާ ރޭވުމުގައި އިސްކޮށް ޙަރަކާތްތެރިވީ ހަސްމު މޫވްމަންޓާ ގުޅުންހުރި ބައެއް ކަމަށެވެ. އެއީ އިޚުވާނުލް މުސްލިމީންއާ ގުޅުންހުރި ޖަމާއަތެކެވެ. އެ ވުޒާރާއިން ބުނީ ހަސްމު މޫވްމަންޓުން މިޞްރުގައި އަލުން ޙަރަކާތްތެރިވުމަށާއި އަދާވާތްތެރި ޢަމަލުތައް ހިންގުމަށް ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ޖަމާޢަތުން ރޭވީ، ކަމާބެހޭ އިދާރާތަކުން ހޯދަމުންދާ މީހެއް އަވަށްޓެރި ޤައުމަކުން މިޞްރާއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގެއް ހުރަސްކޮށް އެ ޤައުމަށް އެތެރެކުރާށެވެ. އެގޮތަށް ކަންތައް ކުރުމުގެ ބޭނުމަކީ، ހަސްމު މޫވްމަންޓަށް ނިޞްބަތްވާ އެ މީހާ މެދުވެރިކޮށް މިޞްރުގެ ސަލާމަތީ މަރުކަޒުތަކާއި އިޤްތިޞާދީ މަރުކަޒުތަކަށް ޙަމަލާދިނުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ބަޔާނުގައި އިތުރަށް ބުނީ އެ ރޭވުމުގެ ފަހަތުގައި ތިބި ހަސްމު މޫވްމަންޓުގެ އިސްވެރިން މިޞްރުގެ ޤައުމީ ސަލާމަތީ ކަންތައްތަކާބެހޭ އިދާރާއިން ދެނެގަނެފައިވާ ކަމަށެވެ. އޭގެ އިތުރުން މިޞްރުގެ ވެރިރަށް، ޤާހިރާގައި ހުންނަ ބޫލާޤް އަވަށުގައި ކުރިއަށް ގެންދިޔަ ސަލާމަތީ ޙަރަކާތެއްގައި އެ ޖަމާޢަތުގެ އިތުރު ބަޔަކު ހޯދާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އެ ބަޔާނުގައި އިތުރަށް ބުނީ މިޞްރުގެ ސަލަމަތީ ބާރުތަކުން ހަސްމު މޫވްމަންޓުގެ ހަނގުރާމަވެރިން ފިލައިތިބި ތަން ރޭޑުކޮށްފައިވާ ކަމަށެވެ. ސަލާމަތީ ބާރުތަކުން އެ ސަރަޙައްދަށް ދިޔުމުން އެ ޖަމާޢަތުގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ބަޑިޖަހަން ފަށާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އެއާއެކު ސަލާމަތީ ބާރުތަކަށް އެ މީހުންގެ ޙަމަލާތަކަށް ރައްދުދޭން ޖެހުނު ކަމަށް ބުނެފައިވެއެވެ. ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރި ޙަމަލާތަކުގައި ދެ ހަނގުރާމަވެރިންނާއި އެ ސަރަޙައްދުން ދިޔަ އާއްމުންގެ މީހަކު ވަނީ މަރުވެފައެވެ. އާއްމުންގެ މީހާ ސަލާމަތްކުރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފުލުހަކަށް ވެސް ޒަޚަމްވެފައިވެއެވެ.
ދާޚިލީ ވުޒާރާއިން ބުނީ މި ކަން ހިނގާފައި ވަނީ ހަސްމު މޫވްމަންޓުން އެ ޖަމާޢަތުގެ ހަނގުރާމަވެރިން އަވަށްޓެރި ޤައުމެެއްގެ ހަނަފަސް ސަހަރާއެއްގައި ތަމްރީނުތައް ހަދަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިޔޯއެއް މީސްމީޑިޔާގައި ޙިއްޞާކޮށްފައިވާ ދުވަސްވަރެއްގައި ކަމަށެވެ. އެ ވީޑިޔޯގައި މިޞްރަށް ޙަމަލާ ދޭނެކަމުގެ އިންޒާރު ދީފައިވެއެވެ. ހަސްމު މޫވްމަންޓަކީ އިނގިރޭސިވިލާތާއި އެމެރިކާއިން ވެސް ނިރުބަވެރި ޖަމާޢަތެއް ކަމަށް ކަނޑައަޅާފައިވާ ޖަމާޢަތެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
