
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާސް)
ޗައިނާގެ ދެކުނުގެ ސަރަޙައްދުތަކާއި ހޮންގ ކޮންގ އަށް ބާރުގަދަ ތޫފާނެއްގެ އެންމެ މަތީ އިންޒާރާ އެކު، ސްކޫލްތައް ބަންދުކޮށް، އެތައް ސަތޭކަ ފްލައިޓްތަކާއި އެހެނިހެން ދަތުރުފަތުރުގެ ޚިދުމަތްތައް ހުއްޓުމަކަށް އައިސްފިއެވެ. ‘ވިފާ’ގެ ނަމުން ނަން ދީފައިވާ ތޫފާނު މިހާރު އޮތީ ހޮންގ ކޮންގ ގެ 60 ކިލޯމީޓަރު ބޭރުގައި ކަމަށާއި އެ ތޫފާނު ދަތުރުކުރަމުންދަނީ ޗައިނާގެ ދެކުނަށް ކަމަށް މޫސުމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. އެ ތޫފާނުގައި 73 މޭލުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކޮށް، ހޮންގ ކޮންގއަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.
ހޮންގ ކޮންގގެ އެއަރޕޯޓް އޮތޯރިޓީން ބުނީ، މިއަދު އެކަނިވެސް 500 އެއްހާ ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށެވެ. ޗައިނާގެ ހައިނާން ޕްރޮވިންސް އާއި ގުއަންޑޮންގް ޕްރޮވިންސްގައި އެންމެ މަތިން ސަމާލު ނެރެފައިވާކަމަށް ޗައިނާ ދަޢުލަތުގެ ނޫސް އެޖެންސީ ޒިންހުއާ އިން ބުންޏެވެ. އަދި ޝެންޒެން، ޒުހައި، އަދި މަކާއޯ ސިޓީތަކުން މިއަދުގެ ހެނދުނުގެ ވަގުތުގައި ތާވަލުކޮށްފައިވާ ހުރިހާ ފްލައިޓުތަކެއް ވަނީ ކެންސަލްކޮށް ނުވަތަ ފަސްކޮށްފައެވެ. ހޮންގ ކޮންގގައި ސަރުކާރުން ހިންގާ ވަގުތީ ހިޔާތަކުގައި 200 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ހިމާޔަތް ހޯދައިގެން ތިބިއިރު، ވައިގަދަވެގެން ގަސްތައް ވެއްޓުމުގެ ގިނަ ރިޕޯޓުތައް ލިބެމުންދާކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.
އަދި ހުރިހާ ސްކޫލްތަކާއި ޑޭކެއާ ސެންޓަރުތަކުގައި ހުކުރު ދުވަހުގެ ކްލާސްތައް ވެސް ކަމާބެހޭ ފަރާތްތަކުން މެދުކަނޑާލިއިރު، ރޭލު ދަތުރުތައް ވެސް ވަނީ މަދުކޮށްފައެވެ. ހޮންގ ކޮންގއަށް މިސްރާބު ޖެހުމުގެ ކުރިން، މި ތޫފާނުގެ އަސަރު ވަނީ ފިލިޕީންސަށް ވެސް ކޮށްފައެވެ. މިގޮތުން، ފިލިޕީންސްގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން 400 އަށް ވުރެ ގެއަށް ގެއްލުންތައް ލިބިފައިވާއިރު، 43،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާވަހިކަން ހޯދަން މަޖުބޫރުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
