
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގެ އަލް-ސްވަޔިދާ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެ ޤައުމުގެ އަސްކަރިއްޔާގެ ސިފައިންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވެއްޖެއެވެ. ސްވަޔިދާއަށް ސޫރިޔާގެ ސިފައިން ފޮނުވާފައި ވަނީ އެ ސަރަޙައްދުގައި ދިރިއުޅޭ ދްރޫޒީ ދީނުގެ މީހުންނާއި ބަދަވީންނާ ދެމެދު ހިނގަމުން ދިޔަ ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް ހުއްޓުވުމަށެވެ. ޔަހޫދީ ފައުޖުން ސޫރިޔާގެ ސިފައިންނަށް އަމާޒުކޮށް ޙަމަލާ ދޭން ފަށާފައި ވަނީ ދްރޫޒީންގެ ދިފާޢުގައި ކަމަށް ބުނެއެެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ސޫރިޔާގެ ސިފައިންގެ ތެރެެއިން ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައިވާއިރު، ޖުލައި 13އިން ފެށިގެން ހިނގަމުން ދިޔަ ހަމަނުޖެހުންތަކުގައި ޖުމުލަ 300އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނެވެ. އޭގެ ތެރޭގަައި ޝަހީދު ކޮށްލާފައިވާ ބަދަވީ ދަރިކޮޅުގެ މުސްލިމުން ވެސް ހިމެނެއެވެ. ދްރޫޒީންނަކީ ސޫރިޔާގެ އިތުރުން ލުބްނާނާއި އިސްރާއީލުގައި ދިރިއުޅޭ ބައެކެވެ.
ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ތުރުކީވިލާތުގައި ހުންނަވާ އެމެރިކާގެ ސަފީރު ތޮމަސް ބަރާކެވެ. “ހަތިޔާރު ތިރިކޮށް އެއްބައިވަންތަ ސޫރިޔާއެއް ބިނާ ކުރުމަށް ދްރޫޒީންނާއި ބަދަވީން އަދި ސުންނީންނަށް [މުސްލިމުންނަށް] އަޅުގަނޑުމެން ގޮވައިލަން،” ބަރާކް ވިދާޅުވިއެވެ. ސޫރިޔާއަށް ދެމުން ދިޔަ ޙަމަލާތައް މެދުކަނޑައިލަން ޔަހޫދީން އެއްބަސްވެފައި ވަނީ ތުރުކީވިލާތާއި އުރުދުންގެ އެއްބާރުލުމާ އެކު ބޭއްވި މަޝްވަރާތަކަކަށް ފަހުގައި ކަމުގައި އޭނާ ވިދާޅުވިއެވެ. ސްވަޔިދާގެ އިތުރުން ވެރިރަށް ދިމިޝްޤަށް ވެސް ޖުލައި 16ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދިޔައީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސޫރިޔާގެ ސަރުކާރު އޮފީސްތައް ހިންގާ އިމާރާތްތަކަށެވެ. ޔަހޫދީންގެ ބޭނުމަކަށްވީ، ބަދަވީންނާއި ދްރޫޒީންނާ ދެމެދު ހިނގަމުން ދިޔަ ހަމަނުޖެހުންތައް ކޮންޓުރޯލު ކުރުމަށް ފޮނުވި ސިފައިން އެ ސަރަޙައްދުން ބޭލުމެވެ.
ސްވަޔިދާގައި ދެ ދުވަހުގެ މުއްދަތަކަށް ހަރަކާތްތެރިވުމުގެ ފުރުޞަތު ސޫރިޔާގެ އަސްކަރިއްޔާއަށް ދޭނެ ކަމުގައި ޖުލައި 18ވަނަ ދުވަހު ޔަހޫދީން ބުންޏެވެ. އެޗްޓީއެސްގެ ސަރުކާރުން ބުނީ، ސްވަޔިދާއާއި ސޫރިޔާގެ ދެކުނުގެ ސަރަޙައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓުރޯލުކޮށް، ސުލްޙަ ޤާއިމު ކުރުމަށް އެ ޤައުމުގެ ދާޚިލީ ވުޒާރާގެ ޚާއްޞަ ފައުޖެއް ފޮނުވާނެ ކަމުގައެވެ. ހުކުރު ދުވަހު ވެސް ޔަހޫދީ ފައުޖުން ސޫރިޔާގެ ސިފައިންނަށް އަމާޒުކޮށް އިތުރު ޙަމަލާތަކެއް ދީފައިވެއެވެ.
ޔަހޫދީ ފައުޖުން ސޫރިޔާއަށް ޙަމަލާ ދީފައި މި ވަނީ، އެ މީހުން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ ބިންތަކުގައި ދިރިއުޅޭ ދްރޫޒީ ދީނުގެ މީހުންގެ އެދުމުގެ މަތިންނެވެ. ޔަހޫދީ ފައުޖުގައި ދްރޫޒީ ދީނުގެ ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ކުރެއެވެ. ސޫރިޔާގެ ދެކުނުގައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގެ ފުރުޞަތު ސޫރިޔާގެ އަސްކަރިއްޔާއަށް ނުދޭނެ ކަމުގައި ޔަހޫދީން ވަނީ ބުނެފައެވެ. ސޫރިޔާގެ ސިޔާދަތީ މިނިވަން ކަމަށް އަރައިގަނެ، ޔަހޫދީން ނިރުބަވެރި ޙަމަލާތަކެއް ދީފައި މި ވަނީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާ އެކު ގާތް ގުޅުންތަކެއް ޤާއިމު ކުރުމަށް އެޗްޓީއެސް ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢު މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާ، ސީރިޔަން ނެޓްވަރކް ފޯ ހިޔުމަން ރައިޓްސުން ބުނީ، ސްވަޔިދާގައި ހިންގާފައިވާ ހަމަނުޖެހުންތަކުގައި 321 މީހުން މަރުވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ދްރޫޒީ ހަނގުރާމަވެރިންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ބަދަވީ މުސްލިމުން ވެސް ހިމެނެއެވެ. ސޫރިޔާގެ ކުއްލިހާލަތްތަކާ ބެހޭ ވުޒާރާއިން ބުނީ، ހަމަނުޖެހުންތަކުގައި 500އެއްހާ މީހުން ޒަޚަމުވެ، ފަރުވާ ދޭން ޖެހުނު ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
