
(ފޮތޯ ކްރެޑިޓްސް: ރައީސް އޮފީސް)
ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށް ރާއްޖެއިންކުރާ ދަތުރުގައި އިނގިރޭސި ވިޔަފާރިތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބިޒްނަސް ފޯރަމްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭއާއި އިނގިރޭސިވިލާތުގެ ގުޅުމަށް 60 އަހަރު ފުރުމާއި ގާތްވެފައިވާއިރު، ދެ ޤައުމުގެ ގުޅުން އޮތީ ވަރަށް ބަދަހިކޮށްކަމަށެވެ. ޚާއްސަގޮތެއްގައި ވިޔަފާރިއާއި އިޤްތިޞާދީގޮތުން ދެ ޤައުމުގެ ގުޅުން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ މައި ދެ ސިނާޢަތްކަމުގައި ފަތުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވާ، އޭގެއިން ރާއްޖެއަށް މަންވާ ލިބިގަތުމުގައި އިނގިރޭސިވިލާތުގެ ދައުރު ބޮޑުކަމަށެވެ. އެގޮތުން ރާއްޖޭގެ މަތީފަންތީގެ ފަތުރުވެރިކަން ފައްކާކުރުމުގައި އެ ޤައުމުގެ ދަޢުރު ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖެއަށް އެންމެ ގިނައިން ފަތުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ޔޫކޭއިން 180،000 އަށްވުރެ ގިނަ ފަތުވެރިން ޒިޔާރަތްކުރިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއިން މިހާރު ހޯދަމުންދާ ތަރައްޤީގެ ބައިވެރިވެ، ރާއްޖޭގައި ހުރި އިޤްތިޞާދީ ފުރުޞަތަކަށް އިންވެސްޓްކުރުމުގެ ދަޢުވަތު، އިނގިރޭސިވިލާތުގެ ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކަށް ދެއްވާކަމަށެވެ. މީގެތެރޭގައި މަސްވެރިކަމާ ފަތުރުވެރިކަމުގެ އިތުރުން، އިޖާދީ ގޮތުން އެކި ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުޞަތުތައްވެސް ރާއްޖޭގައި ވަރަށް ފުޅާކަން ރައީސް ފާހަގަކުރެއްވިއެވެ.
“ކުރިމަގުގައި ރާއްޖެ ކުރިއަރުވަން ބޭނުންވާ ވަރަށް ގިނަ ދާއިރާތަކުން ވަނީ ފުރުޞަތު ހުޅުވިފައި. އެގޮތުން ކްރިއޭޓިވް އިންޑަސްޓްރީ، އިންފްރާސްޓްރަކްޗަރަލް ޑިވެލޮޕްމަންޓް، ހިއުމަން ކެޕިޓަލް އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާތައް ހިމެނޭ. އޭގެ ބައިވެރިއަކަށްވުމަށް ވިޔަފާރިތަކަށް ދަޢުވަތު އަރުވަން.” ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ 2030 ވަނަ އަހަރަށްދާއިރު، އުފެއްދުންތެރިކަމުގެ ސިނާޢަތް ޖީޑީޕީގައި ޙިއްސާކުރާ މިންވަރު %15 އަށް އިތުރުކުރުމަކީ ސަރުކާރުގެ ޢަމާޒުކަމަށެވެ. އެހެންކަމުން މި ދާއިރާ ކުރިއެރުވުމުގައި އިންވެސްޓްމަންޓްތަކާއި، ފުރުޞަތުތަކާއި އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި ރާއްޖެއަށް އެހީތެރިކަން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. މީގެއިތުރުން ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ، ސަރުކާރުގެ ތަޞައްވުރާ އިންވެސްޓްމަންޓް ފުރުޞަތުތައް އިނގިރޭސި ވިޔަފާރިތަކާ ޙިއްސާކުރެއްވިއެވެ. އަދި އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތުގައި މެރިކަލްޗަރ ވިޔަފާރިފަދަ ކަންކަން ފުޅާކުރުމުގައި ޒަމާނީ އީޖާދީ ގޮތްތައް ރާއްޖެއަށް ގެންނަން ބޭނުންވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
މީގެއިތުރުން ސަރުކާރުން، ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްޤީކޮށް އާ ޕެސެންޖަރ ޓަރމިނަލް ހުޅުވިގެންދިއުމަކީވެސް، ރާއްޖޭގެ ވައިގެ ދަތުރުފަތުގެ ސިނާޢަތް ފުޅާވެ ވިޔަފާރީގެ ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ކުރިމަގު ބިނާކުރުމުގައި ޕްރައިވެޓް ސެކްޓަރ ވަރަށް މުހިންމު ރޯލެއް އަދަކުރަމުންދާކަމަށެވެ. އަދި މިދިޔަ އަހަރު ވުޖޫދަށް އައި ފޮރިން އިންވެސްޓްމަންޓް ޤާނޫނާއެކު، ވިޔަފާރީގެ އުސޫލުތައް ހަރުދަނާވެ، އިންވެސްޓަރުންނަށް ރައްކާތެރިކަން ރާއްޖޭގައި ކަށަވަރުވެގެންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
