
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންގެ ކްރެޑިޓާބެހޭ މަޢުލޫމާތު މަރުކަޒީ ބޭންކު އެމްއެމްއޭގައި ޤާއިމުކޮށްފާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އާއްމުކޮށްފިއެވެ. އެޗްޑީސީން ވިދާޅުވީ މި ބަދަލުތަކަކީ ދެފުށްފެންނަ ގޮތެއްގައި ކުންފުނީގެ ކަންކަން ބައްޓަންކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއްކަމަށެވެ. އެޗްޑީސީން ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަރުކަޒީ ބޭންކު، އެމްއެމްއޭގައި ޤާއިމުކޮށްފަވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި ކުންފުނިން ބައިވެރިވެފަވާކަމަށެވެ. އެގޮތުން މަރޗް 2025އިން ފެށިގެން އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންގެ ކްރެޑިޓާ ބެހޭ މަޢުލޫމާތު ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގެ ޤަވާއިދާ އެއްގޮތުގެމަތިން ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އަޕްޑޭޓްކުރަމުންދާކަމަށެވެ.
މިއީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި، ކުންފުނީގެ މާލީ ޤާބިލުކަން އިތުރުކޮށް ކުންފުނިން އާއްމު ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކާ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަޅާފަވާ މުހިންމު ފިޔަވަޅެއްކަމަށް އެކުންފުނިން ވިދާޅުވެފައެވެ. އެޗްޑީސީ ވިދާޅުވީ މިބަދަލާއެކު، އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންނަށް އެއްވެސް އެހެން މާލީ އިދާރާއަކުން ކްރެޑިޓެއް ދޫކުރުމުގެ ކުރިން، ނުވަތަ ރީސްޓްރަކްޗަރ ކުރުމުގެ ކުރިން، ނުވަތަ އާކުރުމުގެ ކުރިން، ނުވަތަ އިތުރުކޮށްދިނުމުގެ ކުރިން، ސިސްޓަމްގައިވާ މަޢުލޫމާތައް ބިނާކޮށް، މާލީ އިދާރާތަކުން އެފަރާތްތަކުގެ ކްރެޑިޓް އިވްލުއޭޓްކުރަމުން ގެންދާނެއެވެ.
އެހެންކަމުން ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުން އެކަމަށް ސަމާލުވޭ، ޤަވައިދުން ފައިސާ ދެއްކަމުން ގެންދިއުމަކީ މުހިންމު ކަމެއްކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
