
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް ބޭރުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި މިފްކޯއާއި އިނގިރޭސިވިލާތުގެ ޕްރިންސަސް ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް ފަރުހަތު ޝަހީރުއެވެ. ޕްރިންސަސް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ގްރޫޕްގެ ޗީފް ޕަރޗޭސިންގ އޮފިސަރ ނީލް ބޮހަނަމްއެވެ.
މިފްކޯއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މިފްކޯއާއި ޕްރިންސަސް ގްރޫޕާ ދެމެދު ދިގުމުއްދަތަކަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަށްގެންދާނެކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ ވަކި މިންގަނޑަކަށް، ފިނުކުރި ކަނޑު މަހާއި ފެލިވަރުގައި ބަންދުކުރާ ދަޅުމަހުގެ ބާވަތްތައް އެ ކުންފުނިން ގަންނާނެކަމަށްވެސް މިފްކޯއިން ވިދާޅުވެއެވެ. މީގެއިތުުރުން މަސް ގަތުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށާއި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށްވެސް މި އެއްބަސްވުމުގެ ދަށުން މަގުފަހިވެެގެންދާނޭކަމަށް މިފްކޯއިން ވިދާޅުވެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވާ ބޭރުގެ މާކެޓްތަކަށް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގަނޑުކުރި މަހާއި ދަޅުގައި ބަންދުކުރި މަސް މިހާރުވެސް ގިނަ އަދަދަކަށް ބޭރުގެ ޤައުމުތަކަށް އަންނަނީ އެކްސްޕޯޓްކުރަމުންނެވެ. މި މަސައްކަތް ކުރިއަށްދާއިރު، ރާއްޖޭގައި މަހުން އުފައްދާ ބާވަތްތަކުގެ މިންވަރު 3 ގުނަ އިތުރުކުރުމަކީ ސަރުކާރުގެ ޢަމާޒެވެ. އެ އަމާޒަށް ވާސިލުވުމަށް ރާއްޖޭގައި މަސް ބަންދުކުރާ ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، އަދި އުފައްދާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
