
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ބަދަވީންނަށް ދުއްތުރާކޮށް، އެ ސަހަރުން އެ މީހުން ފައްސައިލުމަށް، އެ މީހުންގެ 117 ކަންބަޅި މަރާލައި، އެތައް ސަތޭކަ ކަންބަޅިއެއް ވަގަށް ނަގައިފިއެވެ. ޔަހޫދީ ވަޒަންވެެރިން މި ފަދަ އަމަލެއް ހިންގާފައި މި ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސަްޡީނުގެ ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ވަޒަންވެރިންނާއި ސަލާމަތީ ބާރުތަކުން ދެމުންދާ ޙަމަލާތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އދން މި ހަފްތާގެ ތެރޭގައި ފާހަގަކޮށްފައިވަނިކޮށެވެ. ޔަހޫދީން މަރާލައިފައި ވަނީ އަލްޣައުރުން އުރުދުނީގައި ދިރިއުޅޭ ޢަރަބް އަލް-ކަޢާބިނާ ވަންހައިގެ ބަދަވީންގެ ޖަނަވާރުތަކެވެ.ވަޅިންނާއި ބަޑިން ދީފައިވާ ޙަމަލާގައި ސަލާމަތްވި މަދު ކަނބަޅިއަށް ފަރުވާ ދިނުމަށް ޖަނަވާރުންނަށް ޚާއްޞަ ޑޮކްޓަރުން ވަނީ އެ ސަރަޙައްދަށް ގޮސްފައެވެ. ސަލާމަތްވި ކަނބަޅިތަކަށް ޝޮކެއް ޖެހިފައިވާ ކަމަށް ބެލެވެއެވެ.
ޢަރަބް އަލް ކަޢާބިނާގައި ދިރިއުޅޭ ސަލީމް ސަލްމާން މުޖާހިދު ބުނީ އެ ޙާމަލާ ދީފައި ވަނީ ގިނަ ޢަދަދެއްގެ ޔަހޫދީ ވަޒަންވެރިން ގުރޫޕުތަކަށް ބެހިލައިގެން، ވަރަށް ރޭވުންތެރިކަމާއެކުގައި ކަމަށެވެ. އެ ޙަމަލާ ދިންއިރު ޔަހޫދީ ފައުޖުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. ޔަހޫދީ ވަޒަންވެރިން ބަދަވީންގެ ގޭގެ ދޮށަށް ދިޔުމުން، އެ މީހުންގެ ބޭނުމަކީ ކޮބައިތޯ ސަލީމް ސުވާލުކުރުމުން އެ މީހުން ޙަމަލާދިން ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ޔަހޫދީ އަސްކަރިއްޔާއިން އޭނާ ހައްޔަރުކޮށް، ބިޑިއަޅުވާފައިވާ ކަމަށް ވެސް ސަލީމް ވަނީ ބުނެފައެެވެ. ސަލީމް ބުނީ ވަޒަންވެރިންގެ އެހެން ގުރޫޕުތަކުން ދެން ކަނބަޅިތަކަށް ޙަމަލާދިން ކަމަށެވެ. އެ ކަނބަޅިތަކަކީ ޢަރަބް އަލް-ކަޢާބިނާގެ މުޖުތަމަޢުގެ ދެމިއޮތުމަށް ކޮންމެހެން މުހިންމު ޖަނަވާރުތަކެކެވެ. ފަލަސްޠީނުގެ ވަޒީޜު މުއައްޔަދު ޝައުބާން ވަނީ ވަޒަންވެރިން ދިން ޙަމަލާ ކުށްވެރިކޮށް، އެއީ އެ ސަރަޙައްދުން ފަލަސްޠީނުގެ ރައްޔިތުން ފައްސާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދީފައިވާ ޙަމަލާއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
މި ޙަމަލާގެ ސަބަބުން ޢަރަބް އަލް ކަޢާބިނާގައި ދިރިއުޅޭ ޢާއިލާއަކުން ވަނީ އެހެން ސަރަޙައްދަކަށް ޙިޖުރަކުރުމަށް ނިންމައި އެ މަސައްކަތް ފަށާފައެވެ. ބަދަވީއެއް ކަމަށްވާ ޠާރިޤު ކަޢާބިނާ ބުނީ ޔަހޫދީންގެ ބިރުދެއްކުމާއި ދުއްތުރާތަކަށް ދެން ކެތެއް ނުކުރެވޭނެ ކަމަށެވެ. އެ މީހުން ތިބީ ހަތިޔާރު ހިފައިގެން ކަމަށާއި، ހިމާރާއި ކަންބަޅި ވަގަށް ނަގާކަމަށާއި ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަޙައްދަށް އައިސް އާއްމުންނާ ދިމާލަށް ބަޑިޖަހާ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ޢައިލާއާއި އޭނާގެ ކަންބަޅިތަކާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ނިންމާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އދން މި ހަފްތާގެ ތެރޭގައި ބުނީ ހުޅަނގު އައްސޭރީގެ ސަރަޙައްދުތައް ފަލަސްޠީނުގެ ރައްޔިތުން ރެކޯޑު ޢަދަދަކަށް ދޫކޮށް ދަމުންދާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. މިއީ، މީގެ ގާގްގަނޑަކަށް 60 އަހަރު ކުރިން ޔަހޫދީން ހުޅަނގު އައްސޭރި އިސްތިއުމާރު ކުރި ފަހުން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ޙާލަތު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އދގެ އިންސާނީ ހައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހުން ވެަސް ވަނީ މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް، ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް 757 ޙަމަލާ ދީފައިވާ ކަމަށް ބުނެފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލައިިއިރު 13 އިންސައްތަ އިތުރު ޢަދަދެކެވެ. ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޔަހޫދީން ދެމުންދާ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް ފެށުނު ފަހުން ޔަހޫދީ ސަލާމަތީ ބާރުތަކާއި ވަޒަންވެރިންގެ ޙަމަލާތަކުގައި ހުޅަނގު އައްސޭރީގައި މިހާތަނަށް 964 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އިރުމަތީ ޤުދުސްގައި ދީފައިވާ ޙަމަލާތައް ވެސް ހިމެނެއެވެ. ވަޒަންވެރިން ޖުލައި މަހުގެ 11ވަނަ ދުވަހު ދީފައިވާ ޙަމަލާއެއްގައި ފަލަަސްޠީނާއި އެމެރިކާއާ ދެ ޤައުމަށް ނިޞްބަތްވާ ޒުވާނަކު ވަނީ ޝަހީދު ކޮށްލައިފައެވެ. ޔަހޫދީ ދައުލަތަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު، މައިކް ހަކަބީ ވަނީ އޭނާ ޝަހީދުވި ޙަމަލާއަކީ ޖިނާއީ އަދި ނިރުބަވެރި ޙަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި، އެ ހާދިޘާއޭބެހޭ ފުރިހަމަ ތަހުޤީޤެއް ކުރުމަށް ގޮވާލައްވައިފައެެވެ.
މިދިޔަ އަހަރުގެ ތެރޭގައި އދގެ އެންމެ މަތީ ކޯޓުން ވަނީ ހުޅަނގު އައްސޭރި ހިމެނޭ ގޮތަށް، ފަލަސްޠީނުގެ ސަރަޙައްދުތަކަށް ޔަހޫދީން އަތްގަދަކޮށް އިސްތިއުމާރު ކުރުމަކީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށާއި އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ވަޒަންވެރިން ވީ އެންމެ އަވަހަކަށް އެ ތަންތަން ދޫކޮށް ދާންޖެހޭ ކަމަށް ބުނެފައެެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
