
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން މެލޭޝިޔުާއަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި ޢަައްޔަނުކުރުމަށް ހުށަހަޅާފައިވާ ނަމާމެދު ހިތްހަމަނުޖެހިގެން މެލޭޝިޔާގެ ރައްޔިތުން މުޒާހަރާކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގަެ ތެރޭގައި ވަނީ ލިޔުންތެރިޔާ އަދި ސިޔާސީ ކަންކަމުގައި ފާޑުކިޔައި އުޅޭ ޝަހުސިއްޔަތެއް ކަމަށްވާ ނިކް އެޑަމްސް މެލޭޝިޔާއަށް ކަނޑައަޅާ އެމެރިކާގެ މަންދޫބުގެ ގޮތުގައި ހަމަޖެއްސުމަށް ހުށަހަޅުއްވައިފައެވެ. އޮސްޓްރޭލިޔާއަށް އުފަން އެޑަމްސްއަކީ މިހާރު އެމެރިކާގެ ރަށްވެެއްސެކެވެ. އޭނާއަކީ މީސްމީޑިޔާގައި ނުފޫޒުގަދަ، ބަސްވިކޭ، އަދި ޒުވާން ފިިރިހެނުންގެ މެދުގައި މަޝްހޫރުކަން ހޯދަމުންދާ ބޭފުޅެކެވެ.
ނިކް އެޑަމްސްއާމެދު މެލޭޝިޔާގެ ރައްޔިތުން ހިތްހަމަނުޖެހިފައި ވަނީ އޭނާއަކީ އިސްލާމް ދީނަށް ވަރަށް ބޮޑަށް ފާޑުކިޔައި، ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ހިތްވަރުދޭ މީހަކަށް ވީތީއެވެ. އެ ކަމާ ހިތްހަމަނުޖެހި އެ ޤައުމުގެ ބައެއް ރައްޔިތުން ވަނީ މެލޭޝިޔާގައި ހުންނަ އެމެރިކާގެ އެމްބަސީ ދޮށަށް އެެއްވެ މުޒާހަރާކޮށްފައެވެ. މެލޭޝިޔާގެ ރައްޔިތުން ޚާރިޖީ މަޤާމަކަށް ޢައްޔަނުކުރާ ބޭފުޅަކާ ދެކޮޅަށް އަޑުއުފުލާފައި މި ވަނީ އެމެރިކާގެ ފަރާތުން މެލޭޝިޔާއަށް ފިއްތުންތަކެއް ކުރިމަތިވެފައިވާ ނާޒުކު ދުވަސްވަރެއްގައެވެ. އެމެރިކާއިން ވަނީ ގިނަ ޤައުމުތަކަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑެތި ޢަދަދުތަކުން ޓެކްސް ނެގުމަށް ނިންމާފައެވެ. އެ ގޮތުން މެލޭޝިޔާއިން އެތެރެކުރާ މުދަލުން ވެސް 25 އިންސައްތައިގެ ޓެރިފެއް ނެގުމަށް ނިންމާފައިވާއިރު، އެ ނިންމުމަށް ބަދަލުގެނެވޭނެ ފަދަ އެދެވޭ ވިޔަފާރީގެ ހުށަހެޅުންތަކެއް ހުށަހެޅުމަށް އެމެރިކާއިން ވަނީ އޮގަސްޓު މަހުގެ 1ވަނަ ދުވަހާ ހަމައަށް މުހުލަތެއް ދީފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާޙިމް ވިދާޅުވީ މިހާރު އޮތް މަރުޚަލާއަކީ އެޑަމްސް ޢައްޔަނުކުރުމާ ގުޅޭގޮތުން ނިންމުމެއް ނިންމުމަށް އަދި މާ އަވަސް މަރުޚަލާއެއް ކަމަށާއި، ގޮތެއް ނިންމެވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުަރައްވާނެ ކަމަށެވެ. ނަމަވެސް އެމެރިކާއާއި މެލޭޝިޔާއާ ދެމެދު އޮންނަ ރަނގަޅު ގުޅުން ދަމަހައްޓަން މެލޭޝިޔާއިން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މެލޭޝިޔާގެ ވެރިކަންކުރާ އިއްތިޙާދުގެ ޒުވާނުން ކުރަމުންދާ މުޒާހަރާގެ ބައިވެރިން ވަނީ ޓްރަމްޕް ހުށަހަޅުއްވާފައިވާ ނަން ބަދަލުކުރެއްވުމަށް އެދި ކުއަލަ ލަމްޕޫރުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ލިޔުމެއް ހުށަހަޅައިފައެވެ. އެ ލިޔުމުގައި ބައިބައިވުން އިތުރުވެ ފިތުނަ އުފެދޭގޮތަށް އެޑަމްސް ވާހަކަދައްކަވާ ކަމަށް ފާހަގަކޮށްފައިވެއެވެ. އޭނާ ލިޔުއްވާފައިވާ ބައެއް ލިޔުންތަކަކީ މެލޭޝިޔާގައި ތަފާތު ޘަޤާފަަތްތަކަށް ނިޞްބަތްވާ މީހުން ދިރިއުޅޭއިރު، އެ ޤައުމުގެ ރައްޔިތުންނަށް ބޭއިޚްތިރާމުވާ ގޮތަށް ލިޔެފައިވާ ލިޔުންތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.
މެލޭޝިޔާގެ ރައްޔިތުންގެ ތެރޭގައި ގިނައީ މުސްލިމު މެލޭ މީހުންނެވެ. ޗައިނާއަށް ނިޞްބަތްވާ ގިނަ ޢަދަދެެއްގެ މީހުން ވެސް މެލޭޝިޔާގެ އާބާދީގެ ތެރޭގައި ހިމެނޭއިރު، އިންޑިޔާއަށް ނިޞްބަތްވާ މީސްމަދު އާބާދީއެއް ވެސް އޮވެއެވެ. ބޮޑުވަޒީރު އަންވަރުގެ ޕީޕަލްސް ޖަސްޓީސް ޕާޓީގެ މެންބަރެއް ކަމަށްވާ މުޙައްމަދު އިޒުއަން އަޙްމަދު ޤާސިމް ބުނީ ޤައުމަކަށް ކަނޑައަޅާ ސަފީރެއްގެ މަސައްކަތަކީ ދެ ޤައުމު ގުޅުވައިދޭ ބުރިޖެއްގެ ދައުރު އަދާކުރުން ކަމަށެވެ. އެމެރިކާއިން މެލޭޝިޔާއަށް ކަނޑައަޅާ މަންދޫބަކީ ދެ ޤަުއުމުގެ ދެމެދުގައި ޤާއިމުކުރާ ބުރިޖަށް ގެއްލުންދޭ މީހަކަށް ވުމަށް ނޭދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އެޑަަމްސް ޢައްޔަރުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ދެކޮޅުހެދުމަށް މެލޭޝިޔާގެ ސަރުކާރަށް ބައިނަލްއަޤްވާމީ ގޮތުން ލިބިފައިވާ ހައްޤުގެ ބޭނުން ހިފުމަށް ސަރުކާރަށް ގޮވާލައިފައެވެ. ޚަރިޖީ ގުޅުންތަކާގުޅޭ ގޮތުން ވިއެނާ ކޮންވެންޝަންގައި ބުނެފައި ވަނީ ޤައުމަކުން ހުށަހަޅާ ސަފީރެއް ޤަބޫލުކުރުމާއި ނުކުރުމުގެ އިޚްތިޔާރު ކޮންމެ ޤައުމަކަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި އެ ޤައުމަކުން ނިންމާ ނިންމުމަށް އެއްވެސް ސަބަބެއް ބަޔާން ކުރަން ނުޖެހޭ ކަމަށް ވެސް އެ މުއާހަދާގައި ބުނެފައިވެއެވެ. މެލޭޝިޔާ ސަރުކާރުގެ ތަރުޖަމާނު، ފަޙްމީ ފަޒީލް ވިދާޅުވީ އެޑަމްސް ޢައްޔަނުކޮށްފައިވާ ކަން ވަޒީރުންގެ މަޖިލީހަށް މިހާތަނަށް ރަސްމީކޮށް އަންގާފައިނުވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
