
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑްގެ ފައި ދުޅަވެ، ކަނާތުގައި ފާރުގަނޑުތަކެއް ލާފައިވާ ކަން ހާމަވުމާ އެކު، އޭނާއަށް ނާރުގެ ބައްޔެއް ޖެހިފައިވާ ކަން ވައިޓް ހައުސުން ކަށަވަރު ކޮށްދީފިއެވެ. ޓްރަމްޕްގެ ފައި ދުޅަވެފައިވާ ކަމާއި، ކަނާތުގައި ފާރުގަނޑުތަކެއް ހުރި ކަން ފުރަތަމަ ފާހަގަ ކުރެވުނީ، ރަސްމީ ބައްދަލުވުމެއްގައި ނަގާފައިވާ ފޮޓޯތަކަކުންނެވެ. އެ ފޮޓޯތަކުން ފެންނަނީ، ޓްރަމްޕްގެ ތަނބިކައްޓާ ގުޅޭ ހިސާބު ވަރަށް ބޮޑަށް ދުޅަވެފައިވާ މަންޒަރެވެ. އަދި، އަތުގައި ހުރި ފާރުގަނޑުތައް ވަންހަނާ ކުރުމަށް މޭކަޕް ފަދަ ސާމާނު ބޭނުން ކޮށްފައިވާ ކަން ވެސް ފޮޓޯތަކުން ހާމަވެގެން ދިޔައެވެ. މި ކަމާ ގުޅިގެން އުފެދުނު ސުވާލުތަކަށް ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވަނީ ޖަވާބު ދެއްވާފައެވެ. އަދި، ޓްރަމްޕްގެ ޑޮކްޓަރުގެ ސިޓީއެއް ނޫސްވެރިންނަށް އިއްވަވާފައެވެ.
ލެވިޓް ވިދާޅުވީ، ޓްރަމްޕަށް ދިމާވެގެން އުޅޭ ޞިއްޙީ މައްސަލައަކީ ސީރިއަސް މައްސަލައެއް ނޫން ކަމުގައެވެ. އަދި، ފައި ދުޅަވުމަކީ ޢާންމުކޮށް ގިނަ ބަޔަކަށް ކުރިމަތިވާ ނާރުގެ ބައްޔެއްގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ކަމުގައެވެ. ލެވިޓް ވިދާޅުވީ، ޓްރަމްޕްގެ އަތުގައި ފާރުގަނޑެއް ހެދިފައި ވަނީ، ގިނަ އަދަދެއްގެ ބަޔަކާ ސަލާމް ކުރާތީ ކަމުގައެވެ. ޓްރަމްޕްގެ ފައި ދުޅަވެ، އަތުގައި ފާރުގަނޑެއް ލާފައިވާ މަންޒަރު ފެންނަ ފޮޓޯތައް ޢާންވުމާ އެކު، އޭނާއަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމުގެ އަޑުތައް އިންޓަރނެޓުގެ މަންސަތަކުގައި ފެތުރިގެން ދިޔައެވެ. އަދި، އެ ފޮޓޯތަކަކީ ނުރައްކާތެރި ބައްޔެއްގެ ހެކި ކަމުގައި އިންޓަރނެޓުގެ ފޯރަމްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބުނަމުން ދިޔައެވެ. ނަމަވެސް، ލެވިޓް މި ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ޓްރަމްޕް ބައްލަވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ޑޮކްޓަރު ޝޯން ބާބަރާބެލާ ވިދާޅުވީ، އޭނާއަށް ޖެހިފައި ވަނީ “ކްރޯނިކް ވީނަސް އިންސަފިޝެންސީ” ކިޔާ ނާރުގެ ބައްޔެއް ކަމުގައެވެ. އަދި، އުމުރުން 70 އަހަރުން މަތީގެ ގިނަ އަދަދެއްގެ ބަޔަކަށް ކުރިމަތިވާ ޞިއްޙީ ހާލަތެއް ކަމަށާއި، އެއީ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އޮތް ހާލަތެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޓްރަމްޕްގެ އުމުރަކީ 79އެކެވެ.
ބާބަރާބެލާ ވިދާޅުވީ، ގިނަ ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި، ޓްރަމްޕްގެ ޞިއްޙަތަށް ނުރައްކާވާ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެފައި ނުވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. އަދި، ހިތާއި ކިޑްނީގެ އެއްވެސް ބައްޔެއްގެ އަލާމަތްތައް ފެންނަން ނެތް ކަން ވެސް އޭނާ ކަށަވަރު ކޮށްދެއްވިއެވެ. ލެވިޓް ވިދާޅުވީ ފައި ދުޅަވުމާ ގުޅިގެން އެއްވެސް އުނދަގުލެއް ވާ ކަމުގެ ޝަކުވާ ޓްރަމްޕް ކުރައްވާފައިވާ ނުވާ ކަމުގައެވެ. “ޓްރަމްޕްގެ ޞީއްޙީ ހާލުކޮޅު ހުރީ ވަރަށް ރަނގަޅަށް،” ލެވިޓް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
