
ސެނެގާލްގައި ހުރި ފަރަންސޭސިވިލާތުގެ އިސްތިޢުމާރީ ސިފައިންގެ މަރުކަޒު ސެނެގާލްގެ ސިފައިންނާ ޙަވާލު ކުރުމަށް ފަހު، ފަރަންސޭސި ސިފައިން އެ ޤައުމުން ފައިބައިފިއެވެ. ސެނެގާލުން ފަރަންސޭސި ސިފައިން ފައިބާފައި މި ވަނީ 200 ވަރަކަށް އަހަރަށް ފަހުއެވެ. އޭގެ ތެރެއިން ބޮޑު ބަޔެއްގައި ސެނެގާލްފެ ރައްޔިތުންގެ މައްޗަށް ފަރަންސޭސީން ހިންގާފައި ވަނީ އިސްތިޢުމާރީ ވެރިކަމެކެވެ. ސެނެގާލްގައި ތިބި ފަރަންސޭސި ސިފައިން އެ ޤައުމުން ފޭބުން ފާހަގަ ކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވިއެވެ. އަދި، އެ ރަސްމިއްޔާތުގައި ސެނެގާލްގައި ހުރި ފަރަންސޭސިވިލާތުގެ އަސްކަރީ މަރުކަޒުގެ ތަޅުދަނޑި ވަނީ ސެނެގާލްގެ އަސްކަރިއްޔާއާ ރަސްމީކޮށް ޙަވާލު ކޮށްފައެވެ. މިއާ އެކު، އެފްރިކާ ބައްރުގެ ހުޅަނގުގައި ފަރަންސޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް މި ވަނީ ބަންދުކޮށްފައެވެ.
ސެނެގާލްގައި ހުރި ފަރަންސޭސިވިލާތުގެ އަސްކަރީ މަރުކަޒު މި އަހަރު ބަންދު ކުރުމަށް ނިންމާފައިވާ ކަން ފުރަތަމަ އިޢުލާނު ކުރެއްވީ ރައީސް ބަސީރޫ ޜޮމާޔޭ ފޭޔޭއެވެ. ހުސްވި އަހަރު ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ސެނެގާލްގައި ފަރަންސޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ހުރުމަކީ ސެނެގާލްގައި ސިޔާދަތީ މިނިވަން ކަމަށް އޮތް ހުރަހެއްގެ ގޮތުގައި ޤަބޫލު ކުރައްވާ ކަމުގައެވެ. ސެނެގާލްގެ އިތުރުން ޗާޑާއި މާލީއާއި ބުރްކިނާ ފާސޯގެ އިތުރުން ނީޜޭގައި ހުރި ފަރަންސޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ވަނީ ބަންދުކޮށްފައެވެ. ޗާޑްގައި ހުރި ފަރަންސޭސި އަސްކަރީ މަރުކަޒު ބަންދު ކޮށްފައި ވަނީ 2024ވަނަ އަހަރުއެވެ. އެ ޤައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތައް ބަންދު ކުރި ނަމަވެސް، އެ ޤައުމުތަކުގެ ސިފައިން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގައި ފަރަންސޭސިވިލާތުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
