
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޕަންޖާބް ޕުރޮވިންސުން 63 މީހުން މަރުވެ، ވިއްސާރައާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 159އަށް އުފުލިއްޖެއެވެ. ޕާކިސްތާނަށް މޫސުމީ ވިއްސާރަ ފެށިފައި ވަނީ ޖޫން މަހުގެ ފަހުކޮޅުއެވެ. ޕަންޖާބް ޕްރޮވިންސުގެ އޮފިޝަލުން ބުނީ، މިއީ ތާރީޚުގައި ވެސް މޫސުމީ ވިއްސާރައިގެ ސަބަބަބުން އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވި އަހަރު ކަމުގައެވެ.
މޫސުމީ ވިއްސާރައާ ގުޅިގެން މަރުވި މީހުންގެ އަދަދު 159އަށް އުފުލިފައިވާއިރު، ޕަންޖާބްގެ އޮފިޝަލުން ބުނީ އިތުރު 300އެއްހާ މީހުންނަށް އަނިޔާވެ، ފަރުވާ ދޭން ޖެހުނު ކަމުގައެވެ. މެދުނުކެނޑި ބޯކޮށް ވާރޭވެހުމާ ގުޅިގެން ޕަންޖާބްގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ. ޕަންޖާބްގެ އޮފިޝަލުން ބުނީ، އެންމެ ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލިފައި ވަނީ ގެދޮރުގެ ފުރާޅު ވެއްޓުން ފަދަ ހާދިސާތަކުގައި ކަމުގައެވެ. ވިއްސާރައިގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ރަށްތަކުގެ ތެރޭގައި ޕަންޖާބް ޕްރޮވިންސުގެ ވެރިރަށް ލާހޯރް ހިމެނެއެވެ. އެ ރަށުން މަރުވި މީހުންގެ އަދަދު 15އަށް އަރައެވެ. އަދި، ފައިޞަލްއާބާދުން ވެސް ނުވަ މީހަކު މަރުވިއެވެ. ޕަންޖާބްގެ އޮފިޝަލުން ބުނީ އެ ދެ ރަށުގެ އިތުރުން ދަނޑުވެރިކަމަށް މަޝްހޫރު އޯކާރާއާއި ސާހީވާލްގެ އިތުރުން ޕާކްޕަތަނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ.
ޕާކިސްތާންގެ ޕުރޮވިންސްތަކުގެ ކާރިސާތަކާ ބެހޭ އިދާރާ، ޕްރޮވިންޝަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (ޕީޑީއެމްއޭ)ން ބުނީ ޖޫން މަހަށް ފަހު ކުރަމުންދާ ވިއްސާރައިގައި ޕަންޖާބުން އެކަނިވެސް 103 މީހުން މަރުވެ، އިތުރު 393 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމުގައެވެ. އަދި، 120 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ އަދަދެއްގެ ނައަމްސޫފި މަރުވެފައިވާ ކަމުގައެވެ.
ޕާކިސްތާންގެ ކާރިސާތަކާ ބެހޭ ޤައުމީ އިދާރާ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނީ، ޖޫން 25ވަނަ ދުވަހަށް ފަހު މޫސުމީ ވިއްސާރައާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 159އަށް އުފުލިފައިވާ ކަމުގައެވެ. އަދި، 1,000އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާ ކަމުގައެވެ. މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހެމުން ދިޔުމާ ގުޅިގެން ޕާކިސްތާންގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ޖެހްލަމް ކޯރުގެ ފެންގަނޑު ބޮޑުވެ، ބަންޑުންވެދާނެ ކަމުގެ އިންޒާރު ކޮށްފައެވެ. އެންމެ ބޮޑު ނުރައްކަލެއް އޮތީ އުތުރުގެ މަންގަލާއަށް ކަމުގައި ވެސް އެ އިދާރާއިން އިންޒާރު ކުރިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
