
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން މަސައްކަތްކުރަމުން ދަނީ ސޫރިޔާގައި ބައިބައިވުން އުފެއްދުމަށް ކަމަށް ތުހުމަތުކޮށް، ސޫރިޔާގެ މީސްމަދު ދުރޫޒީން ހިމާޔަތްކޮށް އެ މީހުންނަށް ރައްކާތެރިކަން ދޭނެ ކަމަށް އެ ޤައުމުގެ އިންތިޤާލީ ރައީސް އަޙްމަދު އަލްޝަރާޢު ވައުދުވެއްޖެއެވެ. މިދިޔަ ހަފްތާގެ ތެރޭގައި ސޫރިޔާގެ އައްސުވައިދާގައި، އެ އަވަށުގައި ދިރިއުޅޭ މީސްމަދު ދުރޫޒީންނާއި ބަދަވީންނާ ދެމެދު ވަނީ ބޮޑެތި ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތައް ހިންގަން ފަށައިފައެވެ. އެއާއެކު ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ވަނީ ސުވައިދާއަށް ސިފައިންނާއި ބަރުހަތިޔާރު ފޮނުވައިފައެވެ. އެއީ އެ ހަމަނުޖެހުންތައް ކޮންޓުރޯލު ކުރުމަށެވެ.އެއާއެކު ޔަހޫދީން ވަނީ ދުރޫޒީންގެ ހިމާޔަތުގައި ކަމަށް ބުނެ އެ ސަރަައްދަށް ވައިގެ ޙަމަލާތައް ދީފައެވެ. އޭގެ ފަހުން ހަމަނުޖެހުންތައް ކޮންޓްރޯލްކޮށްފައި ވަނީ އެމެރިކާގެ އެހީތެރިކަމާއެކު ޤާއިމުކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެއާއެކު ސަރުކާރުގެ ސިފައިން ވަނީ ސުވައިދާއިން ފައިބާފައެވެ.
ހަމަނުޖެހުންތައް ހުއްޓާލުމަށް އެއްބަސްވުމެއް ޤާއިމުކުރި ނަމަވެސް ބަދަވީން ވަނީ އަނެއްކާ ވެސް ދުރޫޒީންނަށް އަމާޒުކޮށް ޙަމަލާތައް ދޭން ފަށާފައެވެ. އެ މީހުން ބުނީ ހަމަނުޖެހުން ހުއްޓާލުމަށްވީ އެއްބަސްވުން އެ މީހުންނަށް ނިޞްބަތް ނުވާ ކަމަށެވެ. އަދި އެ އެއްބަސްވުން ނިޞްބަތް ވަނީ ހަމައެކަނި ސަރުކާރުގެ ސިފައިންނަށް ކަަމަށެވެ. އެއާއެކު އެ ސުވައިދާ ސަރަޙައްދުގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށުން އެކަށީގެންވެއެވެ. ބަދަވީން މަސައްކަތްކުރަމުން ދަނީ ދުރޫޒީންގެ ބެލުމުގެ ދަށުގައި ހުރި އެ މީހުުންގެ މީހަކު މިނިވަންކުރުމަށް ކަމަށް ބަދަވީންގެ އަސްކަރީ ކޮމާންޑަރަކު ވަނީ ބުނެފައެވެ.
ސޫރިޔާގެ ވަންހަތަކުގެ މެދުގައި ބަދަލުކުރަމުންދާ ޙަމަލާތަކުން ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމުގައި ޝަރާޢުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދައްކުވައިދެއެވެ. ސޫރިޔާގެ ރައްޔިތުންނާ މުޚާތަބުކޮށް ޖޫން މަހުގެ 17ވަނަ ދުވަހު ޝަރާޢު ބުނީ މި ޙާލަތުގައި ޔަހޫދީން މަސައްކަތް ކުރަމުންދަނީ ސޫރިޔާގައި ބައިބައިވުން އިތުރުކުރުމަށް ކަމަށެވެ. ޔަހޫދީންނަކީ އަބަދު ވެސް ސޫރިޔާގެ ހަމަޖެހުން ނަގައިލުމުގެ މަޤްޞަދުގައި އެ ޤައުމަށް ޙަމަލާދޭ ބައެއް ކަމަށް ވެސް ޝަރާޢު ވަނީ ފާހަގަކޮށްފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަރުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުގެ ފަހުން، ޤައުމުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ޔަހޫދީން ވަކިން ޚާއްޞަކޮށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޝަރާޢު އިތުރަށް ބުނީ ދުރޫޒީންނާއި އެ މީހުންގެ ހަައްޤުތައް ޙިމާޔަތްކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ބޭރުގެ ނުފޫޒުގައި ދުރޫޒީން ޖެހުނަ ނުދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. ދުރޫޒީންނާ ދެކޮޅަށް ޙަމަލާދެމުންދާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
