
(ފޮޓޯ ކްރެޑިޓްސް: ޝިންހުއާ)
ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ ޤައުމުތަކަށް ޙަމަލާ ދިނުމުގެ ނިޔަތެއް ރަޝިޔާއިން ނުގެންގުޅުނު ނަމަވެސް، ޔޫކްރެއިނު ހަނގުރާމަ އިތުރަށް ގޯސްކުރަން ހުޅަނގުގެ ޤައުމުތަކުން މަސައްކަތް ފުޅާކޮށްފިނަމަ އެކަމަށް ރައްދު ދިނުމުގެ ގޮތުން، އިސްވެ ޙަމަލާދިނުން ނޫން ގޮތެއް ނޯންނާނެކަމަށް، ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެދްވެދޭވް ވިދާޅުވެއްޖެއެވެ. މެދްވެދޭވް މި އިންޒާރު ދެއްވާފައިވަނީ، ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއަށް 50 ދުވަހުގެ މުހުލަތެއް ދެއްވާފައިވަނިކޮށެވެ. ރަޝިޔާ ނުހުއްޓުވައިފިނަމަ، ކައިރި މުސްތަޤުބަލެއްގައި ނޭޓޯ ނޫނީ އެމެރިކާއިން ވާގިވެރިވާ ޤައުމަކަށް ވެސް ރަޝިޔާއިން ޙަމަލާދޭނެކަމަށް ބުނެ ހުޅަނގު ޤައުމުތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް މެދްވެދޭވް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި، ރަޝިޔާއިން އިސްވެ ޙަމަލާއެއް ދޭނީ، މަސްރަހު އިތުރަށް ގޯސްކުރަން ހުޅަނގުގެ ޤައުމުތަކުން މަސައްކަތް ކުރާނަމަ، އޭގެ ރައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. މެދްވެދޭވްގެ ޚިޔާލުފުޅަކީ، އެ މަނިކުފާނުގެ އަމިއްލަ ޚިޔާލުފުޅު ކަމަށާއި، ނަމަވެސް، ހުޅަނގުގެ ޤައުމުތަކުން މަސްރަހު ބޮޑު ކުރިމަތިލުމަކަށް ބަދަލުކުރަން އުޅޭކަމަށް ވިދާޅުވި ވާހަކައަށް ރަޝިޔާ ސަރުކާރުން ވަނީ ތާޢީދުކޮށްފައެވެ. 50 ދުވަހުގެ ތެރޭގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ރަޝިޔާއިން އިންކާރު ކޮށްފި ނަމަ، އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ. އަދި، ޔޫކްރެއިނަށް ގިނަ އަދަދެއްގެ ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަށް ނިންމަވާފައިވާ ކަން ވެސް އޭނާ އިޢުލާނު ކުރެއްވިއެވެ.
ޓްރަމްޕްގެ އެ އިންޒާރާ ގުޅޭ ކަންކަން ބަލަމުން އަންނަ ކަމަށް ރަޝިޔާ ސަރުކާރުން ވަނީ ބުނެފައެވެ. ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިނަށް އަރާފައި ވަނީ، ނޭޓޯއާ ގުޅުމަށް ޔޫކްރެއިނުން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓައިނުލުމުންނެވެ. ރަޝިޔާއިން ޤަބޫލު ކުރާ ގޮތުގައި، އެ ޤައުމުގެ ދެމިއޮތުމާއި ކުރިމަގަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ނޭޓޯއެވެ. އަދި، ޔޫކްރެއިނަށް ނޭޓޯގެ މެންބަރު ކަން ދީފި ނަމަ، ޔޫކްރެއިން ބޭނުން ކޮށްގެން ރަޝިޔާއަށް ޙަމަލާ ދިނުމުގެ ފުރުޞަތު ނޭޓޯއަށް ލިބިގެންދާނެއެވެ.
ރަޝިޔާގެ ރައީސްކަން 2008 އިން 2012 އަށް ކުރެއްވި މެޑެވެޑޭވް އަކީ ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ޗެއަރމަންގެ ނައިބެވެ. އޭނާގެ އިންޒާރަކީ، ރަޝިޔާގެ ސިޔާސީ އިސް ފަރާތްތަކުގެ މެދުގައި ވިސްނުން ހުރި ގޮތުގެ އިޝާރާތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
