
(ފޮޓޯ ކްރެޑިޓްސް: ރާއްޖެ ބޮޑީ ބޯޑީބޯޑިން)
އަންނަ އޮގަސްޓް މަހު ފުވައްމުލައް ސިޓީގައި ބާއްވަން އުޅުނު ބޮޑީބޯޑިން މުބާރާތް މާލެގައި ބާއްވާގޮތަށް ބަދަލުކޮށް، އެކަން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިއުލާންކޮށްފިއެވެ. އެމްބީބީއޭއިން މިއަދު ބުނީ އެ މުބާރާތް މާލެއަށް ބަދަލުކޮށްފައިވާކަމަށާއި އެ މުބާރާތް ކުރިޔަށްދާނީ އޮގަސްޓް 5-8 އަށް ވަރުނުލާ ރާޅުގަނޑުގައި ކަމަށެވެ. މި މުބާރާތް ކުރިޔަށް ގެންދަން ހަމަޖައްސާފައިވަނީ ލަބެރާ ބޮޑީ ބޯޑިން ޗެލެންޖުގެ ނަމުގައެވެ. މިއީ ލަބެރާގެ ބޮޑީ ބޯޑިންގ ޗެލެންޖް ބާއްވާ ހަތަރުވަނަ ފަހަރެވެ.
އެމްބީބީއޭއިން ބުނީ މި މުބާރާތާއި ގުޅޭ މައުލޫމާތު އެތުލީޓުންނާއި ހިއްސާކުރުމަށް 4 އޮގަސްޓްގައި ބައްދަލުވުމެއް ބާއްވާނެ ކަމަަށެވެ. ފުވައްމުލަކުގެ ބަދަލުގައި މާލެއަށް މުބާރާތް ބަދަލުކުރި ސީދާ ސަބަބެއް އެމްބީބީއޭއިން ހާމަކޮށްފައެއް ނުވެއެވެ. ލަބެރާ ބޮޑީ ބޯޑިން ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު މިހަރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިއަދުން ފެށިގެން 26 ޖުލައިގެ ނިޔަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަަށް އެމްބީބީއޭއިން ބުނެއެވެ.
ގައުމީ ބޮޑީ ބޯޑިންގ ލީގުގައި ހިމެނޭ ފުރަތަމަ މުބާރާތް ބާއްވާފައިވަނީ މިދިޔަ މަހުއެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
