
(ފޮޓޯ ކްރެޑިޓްސް: އެމްއެސްއޭ)
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދިވެހި ސާފް ލީގު 2025 ގެ ފުރަތަމަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ މެންސް އޯޕަންގެ ޗެމްޕިއަންކަން އަޙްމަދު އާގިލް (އަންމަޑޭ) ހޯދައިފިއެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިސްމާއިލް ރަޝީދު އާއި ވާދަކޮށް 12.07 ގެ ނަތީޖާއަކުންނެވެ. އާގިލް މެންސް އޯޕަންގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި ކަޔާން އަބުދުالله އަރީފް ބަލިކޮށްގެންނެެވެ. އިސްމާއިލް ރަޝީދު ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި ސައްޔިދު ސަލާހުއްދީން ބަލިކޮށްގެންނެވެ.
މީގެ އިތުރުން މުލީކޮޅު ރާޅުގަނޑުގެ ޖޫނިއާ 18 އަހަރުން ދަށުގެ ފިރިހެން ކުދިންގެ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ސައްޔިދު ސަލާހުއްދީންނެވެ. އޭނާ މި ކެޓެގަރަިގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޔޫސުފް ކަޔާން ހަމްދާން ޒަކީ ބަލިކޮށް 18.00ގެ ނަތީޖާއަކުންނެވެ. ސައްޔިދު ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި އަހުމަދު ލުޒައިން ބަލިކޮށްގެންނެވެ. ކަޔާން ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި ޔާސިން އަހުމަދު ނާޝިދު ބަލިކޮށްގެންނެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި މުލީ ކައުންސިލް އަދި މ. އަތޮޅު ކައުންސިލުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މުލީކޮޅު ރާޅުގަނޑު މުބާރާތަކީ މިއަހަރުގެ ލީގުގެ ފުރަތަމަ އިވެންޓެވެ.
މި މުބާރާތުގައި ޖޫނިއަރ 18 އަހަރުން ދަށުގެ ފިރިހެން ޝޯޓް ބޯޑް އިވެންޓުގައި 21 އެތުލީޓުން ވާދަކުރިއެވެ. އަދި މެންސް އޯޕަން ޝޯޓް ބޯޑް އިވެންޓުގައި 22 އެތުލީޓުން ވާދަކުރިއެވެ. މުލީކޮޅު ރާޅުގަނޑަށް ފަހު މިއަހަރުގެ ލީގުގެ ދެވަނަ މުބާރާތް އޮންނާނީ ސެޕްޓެމްބަރުގައެވެ. ކެރަންޑޫގެ ނަމުގައި ކުރިޔަށް ގެންދަން ނިންމާފައިވާ މި މުބާރާތް އޮންނާނީ ލ. މާބައިދޫ މެޝިން ސާފް ބްރޭކްގައެވެ. ދިވެހި ސާފް ލީގުގެ ފައިނަލް އިވެންޓް، ރަންނަމާރި ޗެލެންޖު އޮންނާނީ ނޮވެމްބަރު މަހުގެ ކުރީކޮޅު މާލޭ ވަރުނުލާ ރާޅުގަނޑުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
