
ފްރާންސްގެ 21 އަހަރުން ދަށުގެ ފޯވާޑް ހޫގޭ އެކިޓިކޭ ގަތުމަށް ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލްއިން ހުށަހެޅުމުން، ނިއުކާސަލްގެ ހުށަހެޅުން ބަލައިނުގަންނަން ފްރަންކްފަޓުން ނިންމައިފިއެވެ. މިކަން މި ގޮތަށް ކުރީ މައިގަނޑު ދެ ސަބަބަކާ ހުރެ އެވެ. ފުރަތަމަ ސަބަބަކީ މަދުވެގެން 80 ނުވަތަ 90 މިލިއަން ޕައުންޑަށް ކުޅުންތެރިޔާ ވިއްކާލަން އޭނާގެ ކުލަބުން ބޭނުންވުމެވެ. ދެ ވަނަ ސަބަބަކީ އިނގިރޭސި މި ދެ ކުލަބުގެ ތެރެއިން އެކިޓިކޭ ދާން ބޭނުންވަނީ ލިވަޕޫލަށް ކަމަށްވާތީ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފްރާންސްގެ ސީނިއާ ގައުމީ ޓީމަށް އަދި ކުޅެފައިނުވާ 23 އަހަރުގެ އެކިޓިކޭ ގަތުމަށް ލިވަޕޫލުން މިހާރު ވަނީ 70 މިލިއަން ޕައުންޑާއެކު އިތުރު ބޯނަސްތަކެއް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް މި ކަމާމެދު ފްރޭންކްފަޓުން އަދި ގޮތެއް ނުނިންމަ އެވެ. ހުސްވި ސީޒަނުގައި 22 ގޯލު ޖެހި ކުޅުންތެރިޔާ ގަތުމަށް ލިވަޕޫލުން އަވަސްވެ ގަތީ އެ ކުލަބުގެ ފޯވަޑް ލައިން ވަރުގަދަ ކުރުމަށެވެ. މިގޮތުން އެންމެ ފުރަތަމަ ގަންނަން ބޭނުންވީ ނިއުކާސަލްގެ ފޯވަޑް އެލެގްޒެންޑާ އިސާކެވެ. ނަމަވެސް އެކިޓިކޭ އަށް މިސްރާބު ބަދަލުކޮށްލީ 100 މިލިއަން ޕައުންޑް ދިނަސް އިސާކް ނުވިއްކާނެ ކަމަށް ނިއުކާސަލްއިން ބުނުމުންނެވެ.
އަންނަ މަހު އިނގިރޭސި އައު ސީޒަން ފެށުމުގެ ކުރިން ލިވަޕޫލުގެ ދެ ފޯވަޑަކު މަދުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ ނަޕޯލީ އާއި ސައޫދީ އަރަބިއާގެ ކުލަބުތަކުން ބޭނުންވެގެން އުޅޭ އުގުރުއޭގެ ފޯވަޑް ޑްރަވިން ނޫނޭޒް އާއި ކާރު އެކްސިޑެންޓެއްގައި މަރުވި ޕޯޗުގަލްގެ ފޯވަޑް ޑިއޯގޯ ޖޮޓާ އެވެ. އިނގިރޭސި ލީގު ދިފާއު ކުރުމަށް ލިވަޕޫލުން ކުރަމުންދާ މަސައްކަތުގައި އެ ކުލަބުން މިހާތަނަށް 200 މިލިއަނާ ގާތްކުރާ އަދަދަކަށް މި ސީޒަނުގައި ހަރަދުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
