
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ހުޅުމާލޭގައި ފުލުހުން ފަށައިފިއެވެ. ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް، މި މަހު 16 ވަނަ ދުވަހު ފަށާފައިވަނީ ހުޅުމާލެ ފޭސް 1 ގައެވެ. މި ހަރަކާތް ހުޅުމާލެ ފޭސް 2 ގައި މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ. ހުޅުމާލެ އަވައްޓެރި ފުލުހުން ކުރިއަށް ގެންދާ މި ހަރަކާތުގައި، ހެނދުނު އޮފީސްތަކަށާއި ސްކޫލުތަކަށް ދަތުރުކުރާއިރު އަދި އެކި ވަގުތު ތަކުގައި އެކި މަގުތަކަށް ފުލުހުން ނުކުމެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ފޯރުކޮށްދެމުންދާނެއެވެ. އަދި އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރު ސިފަކޮށްދީ ތިމާއާއި އަނެކުންގެ ސަލާމަތަށް ބަލައިގެން އުޅަނދު ދުއްވުމަށް ބާރުއަޅައި އެހެން ހުރިހާ އެއްޗަކަށް ވުރެ ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދެމުންދާނެއެވެ.
މީގެ އިތުރުން، ދުވެލި މަޑުކުރުމަށާއި ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދިނުމަށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ވެސް މައުލޫމާތު ހިއްސާކުރަމުންދާނެއެވެ. މި ހަރަކާތަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި ސަމާލުކަމެއް ލިބެމުންދާކަން ފުލުހުން ފާހަގަ ކުރައްވައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
މީގެ ކުރިން ފުލުހުން މިފަދަ ޑެމޯ އެކްސިޑެންޓްތައް ދައްކާލަމުން ދިޔައީ އެކިއެކި ރޯޑްޝޯތަކާއި އިވެންޓްތަކުގައެވެ. ނަމަވެސް އެންމެ ފަހުން މިވަނީ މަގުތަކަށް ނުކުމެފައެވެ. މަގުތަކަށް ނުނިކުންނަންވީ ސަބަބެއް ނެތެވެ. އެކްސިޑެންޓްތައް ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުންވެސް އެކަން ހާމަވެއެވެ.
މީގެ އިތުރުން ފުލުހުންގެ ތަފާސްހިސާބުތަކުންވެސް އެކްސިޑެންތައް ހިނގާ މިންވަރު ސާފުކޮށްދެއެވެ. މިއަހަރުގެ ޖޫންމަހުގެ ނިޔަކަށް 1000އަށް ވުރެ ގިނަ އެކްސިޑެންތައް ހިނގާފައިވާއިރު މި އެކްސިޑެންޓްތަކުގައި ސީރިއަސް އަނިޔާތަކެއް ލިބި ބައެއް މީހުން ދުނިޔެ ދޫކޮށްފައިވެއެވެ. އަދި ދުއްވާ އުޅަނދުތަކައްވެސް ގެއްލުން ލިބެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
އެކްސިޑެންޓްތައް މަދު ކުރުމަށް ހުޅުމާލޭގެ މަގުތަކަށް މި ފަހުން ވަނީ ގިނަ ބަދަލުތަކެއް ވެސް ގެނެސްފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ތަޖުރިބާކޮށް އެކަމުގެ ރަނގަޅު ނަތީޖާ ފެނިފައިވާ, ރައުންޑްއެބައުޓްތައް ހެދުން ހިމެނެއެވެ. އަދި ފުލުހުން މަގުތަކުގައި ފޯރިމަރާވަރު ވަނީ އިތުރު ކޮށްފައެވެ. ފަހަކަށްއައިސް ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، މީގެ ތެރެއިން ބައެއް އެކްސިޑެންޓަކުގައި މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ. އެހެންކަމުން ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެކުގައި މަސައްކަތްކޮށްގެން މަގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ވަކިން ޚާއްސަކޮށް ދުވެލި މަޑުކުރުމަށާއި، މަގުމަތީގެ ޤަވާއިދުތަކަށް ވެހިކަލް ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެއުޅޭ މީހުންވެސް މިހާރަށްވުރެ ބޮޑަށް ސަމާލުވެ ހޭލުންތެރިވާންޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
