
މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބެންޖެހޭ އާމްދަނީގެ ތެރެއިން 2022 ވަނަ އަހަރުގެ ނިޔަލަށް 477 މިލިޔަން ރުފިޔާ ނުލިބިވާކަމަށް އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާ ކުރަނީ އިމްޕޯޓު ޑިއުޓީން ނުލިބިވާ ފައިސާއެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން ހެދި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 2020، 2021 އަދި 2022 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކަސްޓަމްސް މެދުވެރިކޮށް ލިބެން ޖެހޭ އާމްދަނީގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ މިހާތަނަށް ލިބިފައި ނުވެއެވެ. އަދި އަހަރުން އަހަރަށް މިޢަދަދު އިތުރުވަމުންދާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކާށް ބަލާއިރު، 2022 ވަނަ އަހަރުގެ ނިޔަލަށް ނުލިބިވާ ފައިސާގެ ޖުމްލަ 477،915،625ރ އަށް އަރައެވެ. އޭގެ ތެރެއިން 83.3 އިންސައްތަ ނުވަތަ 398,154,111ރ އާކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނުލިބިވާ ފައިސާއެވެ. މީގެ އިތުރުން ޖޫރިމައިނާގެ ގޮތުގައި 77,226,371ރ ނުލިބިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ. އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ނުލިބިވާއިރު، 2022 ވަނަ އަހަރުގެ ނިޔަލަށް ނުލިބިވާ ފައިސާގެ ތެރެއިން 322,676,331ރ އަކީ 3 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފައިސާއެވެ.

އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުގައި، ފައިސާ ހޯދުމަށް ކަސްޓަމްސްގެ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވެއެވެ. ނަމަވެސް ފައިސާ ހޯދުމުގައި އެއިދާރާއަށް ގިނަ ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން ކޯޓުން ހުކުމް ކުރުމަށްފަހު ހުކުމް ތަންފީޒުނުވެ ފައިސާ ނުލިބިވާ މައްސަލަތައް ހިމެނެއެވެ. އަދި އެފައިސާ ހޯދުމަށް ޝަރީއަތަށް ހުށަހެޅުމާއި ގޮތެއް ނުނިމި މައްސަލަ ދިގުލައި ގޮސްފައިވާކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތަށްވެސް 160,674,686ރ ނުލިބިވެއެވެ.
މީގެ އިތުރުން ކަސްޓަމްސްގެ ޤަވާއިދުވާ ގޮތަށް، ވަގުތީގޮތުން ރާއްޖެ އެތެރެކުރެވޭ މުދާ، ޤަވާއިދާއި ޚިލާފަށް ރާއްޖެއިން ފޮނުވާލުމުން ނުވަތަ ކަނޑައެޅޭ މުއްދަތުގައި އަނބުރާ ނުފޮނުވާނަމަ އެ މުދަލައް ޑިއުޓީ ދައްކަން ޖެހެއެވެ. އެގޮތުން 2022 ވަނަ އަހަރު މިގޮތަށް އިމްޕޯޓް ޑިއުޓީ އަދި ޖޫރިމައިނާގެ ގޮތުގައި 225,975,902ރ ނުލިބިވެއެވެ. ކަސްޓަމްސްއާއި ހަވާލާދީ އޮޑިޓް ރިޕޯޓުގައިވާގޮތުން ވަގުތީ ގޮތުން ބޭނުން ކުރުމަށް އެތެރެކުރާ މުދާ ނުވަތަ އިޤްތިޞާދީ މަންފާއެއް ލިބޭ މަސައްކަތަކަށް އެތެރެ ކުރާ މުދަލަށްވާ ފައިސާ ހޯދުމުގައި، މުދާ އެތެރެކުރާ ފަރާތްތަކާއި މުޢާމަލާތް ކުރުމުގެ ދަތިތަކެއް ހުރި ކަމަށް ބަޔަންކުރައްވާފައިވެއެވެ. މީގެ އިތުރުން ޑިއުޓީ ދައްކަން ޖެހޭ ހާލަތެއް މެދުވެރިވެގެން އެކަން ވުޒާރާތަކުން އެކަށީގެންވާ މުއްދަތުގައި އަންގަމުން ގޮސްފައި ނުވާކަން ވަނީ ފާހަކުރައްވާފައެވެ.
އޮޑިޓަރ ޖެނެރަލް ވަނީ މިކަންކަން އިސްލާހުކުރުމަށް ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ކުރިއަށް ގެންދިއުމަށް ލަފާ ދެއްވާފައެވެ. އަދި ނުލިބިވާ ފައިސާ ހޯދުމަށް ތަންފީޒީ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމަށްވެސް އޮޑިޓަރ ޖެނެރަލް ވަނީ ކަސްޓަމްސްއަށް ލަފާދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
