
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ ޒުވާނުން އިސްވެ އުފައްދާފައިވާ ސިޔާސީ ޕާޓީ، ނޭޝަނަލް ސިޓިޒެން ޕާޓީ (އެންޕީސީ)ން އިންތިޒާމު ކޮށްގެން ބޭއްވި ހިނގައިލުމެއް ހަމަނުޖެހުންގަނޑަކަށް ބަދަލުވެ، ހަތަރު މީހުން މަރުވެއްޖެއެވެ. އެންޕީސީން މުޒާހަރާ ބާއްވާފައި ވަނީ ބަންގްލަދޭޝްގެ ދެކުނުގައި އޮތް ގޯޕާލްގޮންޖުގައެވެ. ބަންގްލަދޭޝްގެ މީޑިޔާތަކުން ބުނީ، ހަމަނުޖެހުންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާ ކަމުގައެވެ. ހުސްވި އަހަރު ވެސް ބަންގްލަދޭޝްގެ ޒުވާނުން އިސްވެ، ބޮޑު މުޒާހަރާތަކެއް ބޭއްވިއެވެ. އެ މުޒާހަރާތަކާ ގުޅިގެން އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް އިސްތިޢުފާ ދެއްވުމަށް ފަހު، ޤައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވިއެވެ. އެއީ، ހުސްވި އަހަރުގެ އޮގަސްޓު މަހުއެވެ. އެ ހާދިސާއަށް ފަހު ވެރިކަން ކުރަމުންދާ ވަގުތީ ސަރުކާރުން ވަނީ ޒުވާނުން ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ގިނަ ވަޢުދުތަކެއް ވެފައެވެ. ނަމަވެސް، އެ ކަންކަން ތަންފީޒު ކުރުމުގައި ލަސްތަކެއް ހުރުމަކީ ޒުވާނުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރުގެ މަޤާމު ފުރުއްވަމުން ގެންދަވަނީ ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސެވެ. ގޯޕަލްގޮންޖްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޔޫނުސް ވިދާޅުވީ، އެންޕީސީން ބޭއްވި މުޒާހަރާގެ ބައިވެރިންގެ އިތުރުން ފުލުހުންނާއި ނޫސްވެރިންނަށް ވެސް ބަޔަކު ޙަމަލާ ދީފައިވާ ކަމުގައެވެ. އަދި، އެއްގަމު އުޅަނދުފަހަރާއި ޢާންމުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފައިވާ ކަމުގައެވެ. “ހުސްވި އަހަރު ބޭއްވި މުޒާހަރާތަކަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ސުލްޙަވެރި ހިނގައިލުމަށް ހުރަސް އެޅުމަކީ ޒުވާނުންގެ ޙައްޤުތަކަށް އަރައިގަތުމަށް ހިންގާފައިވާ ފިނޑި، ދަށުދަރަޖައިގެ އަމަލެއް،” ސޯޝަލް މީޑިޔާގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޔޫނުސް ވިދާޅުވިއެވެ. ޒުވާނުންނާއި ފުލުހުންގެ އިތުރުން ނޫސްވެރިންނަށް ދީފައިވާ ޙަމަލާތަކުގެ ފަހަތުގައި އޮތީ ޙަސީނާގެ އަވާމީ ލީގް ޕާޓީ ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ގޯޕާލްގޮންޖުގައި ހިނގި ހަމަނުޖެހުުންތަކުގައި ހަތަރު މީހުން މަރުވެފައިވާ ކަމުގައި ބަންގްލަދޭޝްގެ ބައެއް މީޑިޔާތަކުން ރިޕޯޓު ކޮށްފައިވާއިރު، އެހެން މީޑިޔާތަކުން ބުނީ މަރުވެފައިވާ މީހުންގެ އަދަދު ނުވައަކަށް އުފުލިފައިވާ ކަމުގައެވެ. ބަންގްލަދޭޝްގެ ފުލުހުންނާއި ހަސްފަތާލުތަކުން ހަމަނުޖެހުންތަކުގައި މަރުވި މީހުންނާއި ޒަޚަމުވި މީހުންގެ އަދަދުތައް ސާފު ކޮށްދީފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
