
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގެ ދެކުނުގައި އޮތް އަލް-ސުވަޔިދާގައި ހަރަކާތްތެރިވަމުން ދިޔަ އެ ޤައުމުގެ އަސްކަރިއްޔާގެ ސިފައިން އެ ސަރަޙައްދުން ފައިބަން ފަށައިފިއެވެ. ސުވަޔިދާއަކީ ދްރޫޒީން ނުވަތަ ދްރޫޒީ ދީނަށް އަޅުކަން ކުރާ މީހުން ދިރިއުޅޭ ސަރަޙައްދެކެވެ. އެ ސަރަޙައްދަށް ސޫރިޔާގެ އަސްކަރިއްޔާއިން ސިފައިން ފޮނުވާފައި ވަނީ، ދްރޫޒީ ދީނުގެ މީހުންނާއި ބަދަވީންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގަން ފެށުމުންނެވެ. ނަމަވެސް، ދްރޫޒީންގެ ދިފާޢުގައި ކަމަށް ބުނެ ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ އަސްކަރިއްޔާއަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަނީ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރަކުންނެވެ. ސޫރިޔާގެ އަސްކަރިއްޔާއިން ބުނީ، ސުވަޔިދާއަށް ފޮނުވާފައިވާ ސިފައިންނާއި ބަރުހަތިޔާރު އެ ސަރަޙައްދުން ބޭލުމުގެ މަސައްކަތް ފަށާފައި ވަނީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއްގެ ދަށުން ކަމުގައެވެ. އެ އެއްބަސްވުމާ އެކު، ސުވަޔިދާގައި ހިންގަމުން ދިޔަ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް އައިސްފައިވާ ކަމަށާއި، ހަމަނުޖެހުންތަކަށް ނިމުމެއް ގެނެވިފައިވާ ކަމުގައި ވެސް އަސްކަރިއްޔާއިން ބުންޏެވެ.
އެޗްޓީއެސް ސަރުކާރުގެ ދާޚިލީ ވުޒާރާއިން ވަނީ، އެ އެއްބަސްވުމުގެ މަޢުލޫމާތު ޢާންމު ކޮށްފައެވެ. އޭގައި އޮތީ، ސުވަޔިދާގައި ހިންގަމުން ދިޔަ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް ގެނެސް، ދްރޫޒީންނާއި ބަދަވީންނާ ދެމެދުގައި އުފެދިފައި އޮތް ދެބަސްވުންތަކަށް ހައްލު ހޯދުމަށް ދްރޫޒީ ދީނުގެ ޢިލްމުވެރިންގެ ބައިވެރިވުމާ އެކު ޚާއްޞަ ކޮމިޓީއެއް އެކުލަވައިލުމަށެވެ. އަދި، އެއްބަސްވުން ތަންފީޒު ކުރުމުގައި ދްރޫޒީންގެ އެއްބާރުލުން ހޯދުމަށެވެ. ދްރޫޒީންގެ ދިފާޢުގައި ކަމަށް ބުނެ ޔަހޫދީ ފައުޖުން ސޫރިޔާގެ އަސްކަރިއްޔާއަށް ދީފައިވާ ޙަމަލާތައް ދްރޫޒީ ދީނުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ކުށްވެރި ކޮށްފައެވެ. ދްރޫޒީ ދީނުގެ އިސް ޢިލްމުވެރިއެއް ކަމުގައިވާ ޝައިޚް ޔޫސުފް ޖަރްބޫޢު ބުނީ ބޭރުގެ ބާރަކުން ދްރޫޒީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ އެ މީހުން ދެކޮޅު ކަމުގައެވެ. “ސޫރިޔާގެ ދައުލަތަށް އޮތް އިތުބާރު ގެއްލުވައެއް ނުލާނަން،” އޭނާ ބުންޏެވެ.
“ސޫރިޔާގެ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުރިހާ ފަރާތެއްގެ މަސްލަޙަތު ޙިމާޔަތް ކުރެވިގެން ދާނެ،” ޖަބްރޫޢު ބުންޏެވެ. ސްވަޔިދާ ޕުރޮވިންސަކީ ސޫރިޔާގެ ދައުލަތުގެ ބަޔެއްގެ ގޮތުގައި ބަލައިގަތުމާ ގުޅޭ މާއްދާއެއް ވެސް އެއްބަސްވުމުގައި ވާ ކަން އޭނާ ފާހަގަ ކުރިއެވެ. ދްރޫޒީ ދީނުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން މިހާތަނަށް ކަށަވަރު ކުރަމުން ގޮސްފައި ވަނީ އެ މީހުން އަމިއްލައަށެވެ. ދްރޫޒީންގެ މައްޗަށް އެކުލެވިގެންވާ ހަތިޔާރު އެޅި ޖަމާޢަތްތައް ބޭނުން ކޮށްގެންނެވެ. ނަމަވެސް، 14 އަހަރަށް ފަހު ސޫރިޔާގެ އަހުލީހަނގުރާމަ ނިމުމަކަށް ގެނެވުމާ އެކު، އެ ގުރޫޕުތަކުން ވަނީ ސޫރިޔާގެ އަސްކަރިއްޔާއާ ގުޅި، ދައުލަތަށް ޚިދުމަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ނަމަވެސް، ދްރޫޒީ ދީނުގެ ބައެއް ޢިލްމުވެރިން ވަނީ އެޗްޓީއެސްގެ ސަރުކާރު ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އަދި، އެޗްޓީއެސްގެ އަތްދަށުން ސްވަޔިދާއާއި ދްރޫޒީ ދީނުގެ މީހުން ސަލާމަތް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ގޮވައިލާފައެވެ. އެ ޢިލްމުވެރިންނަށް ތަބާވާ ހަތިޔާރު އެޅި ގުރޫޕެއް ކަމުގައިވާ ‘މެން އޮފް ޑިގްނިޓީ’ން ބުނީ، ސްވަޔިދާއަށް އަރާފައިވާ ސިފައިންނާ ހަނގުރާމަ ކުރުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
