
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ މިހާތަނަށް 50 އަށްވުރެ ގިނަ ކުޅިވަރުގެ ޕްރޮޖެކްޓުތައް ނިންމާ ރައްޔިތުންނާ ހަވާލުކުރެވިއްޖެކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުޅިވަރު ވަޒީރު އިތުރަށް ވިދާޅުވީ މިއަހަރަކީ ކުޅިވަރުގެ ވުޒާރާއިން އެންމެ ގިނަ މަޝްރޫޢުތައް ނިންމާ ހަވާލުކުރާނެ އަހަރަށްވެގެންދާނެކަމަށެވެ. މިގޮތުން ކުޅިވަރުގެ ވުޒާރާއިން މިހާތަނަށް ނިންމާފައިވާ 50 އަށްވުރެ ގިނަ މަޝްރޫއުތަކުގެ ތެރޭގައި ކުޅިވަރުގެ އެކި ވަސީލަތްތައް ހިމެނޭކަމަށް ވަޒީރު ރާފިޢު ހާމަކުރެއްވިއެވެ.
“ކުޅިވަރުގެވެސް އެކި ވަސީލަތްތައް އަޅުގަނޑުމެން މިހާރުވެސް މިހާތަނަށް އައި އިރުގައި ފަންސާހަށްވުރެ ގިނަ ޕްރެޖެކްޓު އެއްކޮށް ނިންމާ ރައްޔިތުންނާވަނީ ހަވާލުކޮށްފަ، އަދި އިރާދަކުރެއްވިއްޔާ މިއަހަރުވެގެންދާނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ވުޒާރާއިން މިހާތަނަށް އެންމެ ގިނަ މަޝްރޫޢުތައްކޮށް އެ މަޝްރޫޢުތަކަށް ހައްލު ގެނެސްދޭ އަހަރަކަށް” ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަގުނަ މަސައްކަތްތައް ކުރައްވަމުންނެވެ. މިގޮތުން މިއަހަރުގެ މޭމަހުގެ ތެރޭގައި ހުއްޓިފައިހުރި ބައެއް ކުޅިވަރު މަޝްރޫއުތައް ނިންމުމަށް ސަރުކާރުގެ ފަރާތުން ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާވެސް ވަނީ ހަވާލުކޮށްފައެވެ.
ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް ނިންމާ ރައްޔިތުންނާ ހަވާލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން މި މަޝްރޫއުތައް ނިންމުމުގެ މަސައްކަތް ސަރުކާރުން މިދިޔަ އަހަރު ފަށާފަވާއިރު، މި މަޝްރޫއުތަކުގެ ބޮޑުބައެއް މިހާރުވަނީ ނިންމާ ހަވާލުކޮށްފައެވެ. އަދި މި މަސައްކަތްތައް ވީހާވެސް އަވަހަށް ހަރުދަނާ ގޮތެއްގައި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކުޅިވަރާ ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙާއެކު މިބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ މިއަހަރުގެ މޭމަހުގެ ތެރޭގައި ތަސްދީގުކުރައްވާފައެވެ. އިސްލާހުކުރެވުނު ކުޅިވަރު ގާނޫނުގެ ދަށުން ހެދިގެންދާ ޤައުމީ ކުޅިވަރު ފަންޑަށް ޖަމާކުރެވޭ ފައިސާއިން، ފަންޑުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ފަންޑުން ކުރެވޭ ހޭދައިގެ މިންވަރު އިތުރުކުރުމަށް، ޤާނޫނު ހުއްދަކުރާ މިންވަރަކުން އިންވެސްޓްކުރުމަށްވަނީ ހަމަޖެހިފައެވެ.
“ޤައުމީ ކުޅިވަރު ފަންޑު”ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްޤީކުރުމަށާއި، ދިވެހި ކުޅިވަރު ޖަމާޢަތް ނުވަތަ ކުޅިވަރު ޢާއިލާ ބާރުވެރިކުރުވުމުގެ މަޤްޞަދުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
