
ވަރަށް ގިނަ ޓީމުތަކުން އޭނާ ލައްވައި ކުޅުވަން ވެގެން ގުޅި ކަމަށާއި އެ އޮފާތައް ދޫކޮށްލީ އޭސީ މިލާނުން ފުރުސަތު ލިބުމުން ކަމަށް ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފި އެވެ. އޭނާ ސޮއި ކުރީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އުމުރުން މިހާރު 40 އަހަރުގެ މޮޑްރިޗް ފާއިތުވެދިޔަ 13 އަހަރު ކުޅުނި ސްޕޭނުގެ ރެއާލް މެޑްރިޑަށެވެ. އެ ކުލަބުގައި ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި މިޑްފީލްޑަރު ބުނީ އޭސީ މިލާނަކީ ދުނިޔޭގެ ބޮޑު ކުލަބެއް ކަމަށެވެ. ނަމަވެސް ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ މިލާނަށް ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ އެވެ. އެއީ އިޓާލިއަން ލީގުގެ ނަތީޖާތައް ދަށްވުމުންނެވެ.
“އަހަރެން މި ކުލަބަށް މިއީ އުފަލުން. އަހަރެން ބޭނުންވީ ޔޫރަޕުގައި ވާދަވެރި މުބާރާތްތަކުގައި ކުޅެން. މިލާނުގެ ޕްރޮޕޯސަލް ލިބުމާއެކު އަހަރެން އެހެން ހުރިހާ ހުށަހެޅުންތަކެއް ދޫކޮށްލިން،” މޮޑްރިޗް ބުންޏެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅެ، އަދި އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެ އަހަރު ޔޫރަޕާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި މޮޑްރިޗް ބުނީ އޭނާ ކުޑައިރު އިޓާލިއަން ލީގު ވަރަށް ގިނައިން ބަލައި ހެދި ކަމަށެވެ. އަދި މިލާނަކީ އޭނާ ކުޑައިރު ވަރަށް ސަޕޯޓްކުރި ކުލަބެއް ކަމަށެވެ. ސަބަބަކީ އޭނާ އައިޑޮލް އެއްގެ ގޮތުގައި ދެކެމުން އައި ކްރޮއޭޝިޔާގެ ކުރީގެ ކުޅުންތެރިޔާ ބޮބާން މިލާނުގައި ކުޅެމުންދިއުން ކަމަށެވެ. އުމުރުން 40 އަހަރުވާއިރު ވެސް އެންމެ މަތީ ފަންތީގައި ކުޅެވެނީ އެ ކަމަށް ހުރި ޝައުގެއްގެ ބޮޑު ކަމުން ކަމަށް ވެސް މޮޑްރިޗް ބުންޏެވެ.
“އަހަރެން އަދިވެސް ކާމިޔާބު ހޯދަން ބޭނުން. އަހަރެންގެ ހަށިގަނޑު އަދިވެސް ތައްޔާރު އެކަމަށް. އަހަރެންގެ ވިސްނުމާއި އުއްމީދަކީ ވެސް ކާމިޔާބު ހޯދުން. ދެން އަހަރެން ފުޓްބޯޅަ ކުޅުމަށް ލޯބި ކުރަން. މިއީ އަހަރެން ކުރިއަށްދާން ބާރު ލިބޭ ސަބަބަކީ،” މޮޑްރިޗް ބުންޏެވެ. އޭނާ އަދި ބުނީ މިލާނަކީ ކާމިޔާބު ޓީމަކަށް މިލާން އިތުރު ކާމިޔާބީތައް ހޯދަން ޖެހޭ ކަމަށެވެ. އަދި އޭނާ މި ކުލަބާ ގުޅުނީ ވެސް އެކަމަށްޓަކައި ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
