
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި ސަރުކާރުން ވެރިކަމަށް އައިރު ގައުމުގައި ޑޮލަރު ނެތް ކަމަށާއި “ޑޮލަރު ކައި ހުސްކޮށްފައިވާ” ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ޑޮލަރު ހުސްކޮށްފައި އޮތުމުން، ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުރަންޖެހުނު ކަމަކީ “ސޮވެރިން ޑިވަލޮޕްމަންޓް ފަންޑް ތަޅު އެޅުވުން” ކަމަށެވެ. އެގޮތުން ސޮވެރިން ޑިވަލޮޕްމަންޓާ ބެހޭ ގާނޫނެއް ވުޖޫދުކޮށް، ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް އޭގައި އަތް ނުލެވޭގޮތް ހެއްދެވި ކަމަށް ވިދާޅުވިއެވެ.
“ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް އަތް ނުބޭނޭ ގޮތް، ރައީސް މުއިއްޒަށް ހައްދަވަން ޖެހުނީ ލޮބުވެތި ދިވެހި ރައްޔިތުންގެ ހައްގުގައި. އޭގެ ލޯނު ނަގާފައި ކުރީ ސަރުކާރުން ހުރީ، އެކަމަކު ހަމަ އެބޭފުޅުން މިހާރު ވިދާޅުވަނީ ޑޮލަރުގެ މައްސަލަ ހައްލުނުވާ ކަމަށް” ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިއިރު ގައުމުގެ ހާލަތު އޮތްގޮތް އެމްޑީޕީން ހަނދާން ނެތޭ ކަމަށެވެ. އަދި ގައުމު އެހާލަތަށް ވައްޓާލީވެސް އެޕާޓީން ކަމަށް ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އިގްތިސާދު ހަމަމަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމުގެ މަސައްކަތް ފެށިކަން ފާހަގަކުރައްވާ ޝުޖާއު ވަނީ ދުންފަތުގެ ގާނޫނު ތަންފީޒު ކުރިކަމަށް ވިދާޅުވިއެވެ.
ޖަލްސާގައި ޝުޖާއު ވިދާޅުވީ ޕީއެންސީން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރައްވާ ޕާޓީގެ ހަރަކާތް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށްް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ދާއިރާގެ ގޮނޑިތައް ކާމިޔާބު ކުރާނީ އެ ޕާޓީން ކަމަށް ވިދާޅުވިއެވެ. ޝުޖާއު ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ފާޑުވިދާޅުވެ ޖަލްސާގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ޕީއެންސީ މެމްބަރުންނަކީ ވަގުން ކަމަށް އެންމެ ގިނައިން ވިދާޅުވާ އެއް ބޭފުޅަކީ އެމަނިކުފާނު ކަމަށް ތުހުމަތު ކުރެއްވިއެވެ. ޕީއެންސީން ވައްކަން ނުކުރާނެ ކަމަށާއި އެއީ ޕާޓީގެ ސިޔާސަތު ނޫން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ޕާޓީ ވެރިކަމެއް ހިންގުމަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
