
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ވާދަވެރިން އެޅި ޓާމިނަލެއް ނެތް ކަމަށާއި މިލްކުވެރިކަމަށް ދައުވާ ވެސް ނުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ އިދިކޮޅުން އާ ޓާމިނަލް އަޅަން ފެށީ އިރުމަތީ ފަރާތުގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް މިހާރު ޓާމިނަލް ތަރައްގީ ކުރީ ހުޅަނގު ފަރާތުގައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމީހުން މިލްކުވެރިކަމަށް ދައުވާ ކުރާނެ ޖާގައެއް މިއަދު ނެތް ކަމަށް ވިދާޅުވިއެވެ.
“އިދިކޮޅުން އަޅަން ފެށި ޓާމިނަލްގެ ފައުންޑޭޝަންތައް ނަގާ އުކާލީ ކައްޗަށް އެޅި ބިންގަލެއްގެ މަތީގައި ރާއްޖޭގެ އިގްތިސާދު ބިނާކުރަން މިވެރިކަމުން ބޭނުންނުވާތީ” މަތީން ވިދާޅުވިއެވެ. ކުރިން އޮތް މުސްކުޅި ރަންވޭ އެ ތަނުގައި ބާއްވާ، އެތައް އަހަރެއް ވަންދެން ބޭރު ބަޔަކު ލައްވާ އިދިކޮޅުން އެއާޕޯޓް ހިންގަން މަސައްކަތް ކުރި ކަމަށް މަތީން ވިދާޅުވިއެވެ. މުސްކުޅި ރަންވޭއަށް އޭރު ޖެއްސުނީ އަށް ފްލައިޓް ކަމަށާއި ނަމަވެސް މިހާރު 21 ފްލައިޓް ޖެއްސޭ ކަމަށް ވިދާޅުވިއެވެ. މަތީން ވިދާޅުވީ ފަތުރުވެރިކަން ފުޅާކޮށް، އިގްތިސާދު ފުޅާކުރުމަކީ ޕީއެންސީގެ ވިސްނުމެއް ކަމަށާއި އިދިކޮޅުގެ ވިސްނުމަކީ ހަނި ވިސްނުމެއް ކަމަށެވެ.
“އެބޭފުޅުންގެ ވިސްނުމުގައި ދިވެހިންނަކީ ކަމެއްވާ ބައެެއް ނޫން، އެއާޕޯޓެއް ވެސް ނުހިންގޭނެ، ބޭރު ބަޔަކު ގެންނަން ޖެހެނީ އެއާޕޯޓް ހިންގަންވެސް. އެވަރުގެ ހަނި ވިސްނުމެއް ދިވެހިންނާ މެދު ގެންގުޅުނީ، އެއީ އެމީހުންނާ އަޅުގަނޑުމެންގެ ތަފާތަކީ” މަތީން ވިދާޅުވިއެވެ. މަތީން ވިދާޅުވީ އެމީހުން މިހާރު ޖަހާ ހިސާބު ދިމާނުވާ ކަމަށާއި އިގްތިސާދު ފުޅާކުުރުމުގެ ވާހަކަ ދެއްކުމުގެ ޖާގަ އިދިކޮޅަށް ނެތް ކަމަށެވެ. ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، ސެޕްޓެމްބަރު، 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި އެންމެ އެންމެ ފުރަތަމަ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އެ އަހަރުގެ ނޮވެމްބަރު މަހު ވަޑައިގެންނެވީ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތްތައް ބައްލަވާލެއްވުމަށެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރާ ހަވާލާ ދެއްވައި ރައީސް ޑރ. މުއިއްޒު އޭރު ވިދާޅުވީ އާ ޓާމިނަލްގެ ނިމިފައިވަނީ %54 ކަމަށެވެ. އެކަމަކު، ދޮޅު އަހަރެއްހާ ދުވަހުގެ މަސައްކަތުން މަޝްރޫއުގެ %100 ފުރިހަމަ ކުރުމާ ގާތަށް މިހާރު ވަނީ ގޮސްފައެވެ. ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރާ އެންމެ ރީތި އެއް ޓާމިނަލަކަށް މި ޓާމިނަލް ވާނެއެވެ. މި ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ހުރިހާ ބަޔަކާ ވެސް އެކީގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފުރިހަމަވެ، އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާއިރު، މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް އަންނާނެ ބޮޑު ކުރިއެރުމެކެވެ. މި މަޝްރޫއު ފުރިހަމަވެ، ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެ ދުވަހަކަށް މިހާރު ވަނީ އިންތިޒާރުކުރެވެން ފަށައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
