
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފޯޅަވަހި ނުވަތަ ޗާގޯސް ހޯދުމަށް ދިވެހިރާއްޖެއިން މަސައްކަތްނުކުރާ ކަމަށް ސަފީރު ގީލާ އަލީ ވިދާޅުވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ، ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ޔޫރަޕިއަން ޕާލަމެންޓުންގައި ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ވިދާޅުވިކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުންދާތީއެވެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓުގައި ސަފީރު ޤީލާ އަލީއާއި ސުވާލުކުރެވުނީ ޗާގޯސް ނުވަތަ ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރުމާއި ގުޅޭގޮތުންކަމަށެވެ. އަދި އެކަމަނާގެ ޖަވާބުގައި ރާއްޖެއިން ފޯޅަވަހި ހޯދަން މަސައްކަތް ނުކުރާކަމަށް ނުވަތަ އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށްވެސް ވިދާޅުވެފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ، އެމެރިކާގެ އަސްކަރީ މަރުކަޒެއް އެ ތަނުގައި ހުރުމާއި މެދު ސުވާލުކުރެއްވުމުން ސަފީރު ދެއްވި ޖަވާބުގައި، ވިދާޅުވެފައިވަނީ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް މާކުރިއްސުރެ ޤާއިމުވެފައި ހުންނަކަމަށެއެވެ. އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ޙައްޤުތައް ދޫކޮށްލާފައިވަނީ 2022ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި ކަމަށް ޚާރިޖީ ވަޒީރުގެ ޕޯސްޓްގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ އޭރުގެ ސަރުކާރުން އެކަން ކޮށްފައިވަނީ ސިއްރު ސިޓީ އަކުންކަމަށް ވިދާޅުވިއެވެ. އެކަން ދިވެހި ރައްޔިތުންނަށް އޮޅުވައިނުލެވޭނެ ކަންވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
