
އެމްއެމްޕީއާރުސީގެ އަމާޒު މިހާރު ބަދަލުކޮށްފައިވަނީ ރަމްޒީ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ނަތީޖާފެންނަ ގޮތަށްކަމަށް އެކޯޕަރޭޝަންގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާސް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ އަހަރީ އާންމު ޖަލްސާގައި ދެއްކެވި ވާހަކައިގައި، އެމްއެމްޕީއާރުސީގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާސް، ވަނީ އެ ކުންފުނީގެ މާލީ ޙާލަތަށާއި ހިންގުމުގެ އޮނިގަނޑަށް ތާރީޚީ ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.
ޣިޔާސްގެ ވާހަކައިގައި، ފާއިތުވި އަހަރު ކުންފުނިން ހާސިލްކޮށްފައިވާ މުހިންމު ލަނޑުދަނޑިތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ހިންގުމުގެ ޚަރަދު %10 ކުޑަކުރެވި، ޓްރޭޑް ޝޯތަކަށް ކަނޑައަޅާފައިވާ ޚަރަދު %80 އިން %34 އަށް ދަށްކުރެވިފައިވާ ކަމަށާއި، މީގެ ސަބަބުން ހަރުދަނާ، އަދި އަސަރުފޯރުވަނިވި މަސައްކަތްތަކަށް ފައިސާ ޚަރަދުކުރުމަށް ފުރުސަތުލިބިފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ފާއިތުވި 10 އަހަރާ ޚިލާފަށް، ރަމްޒީ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ނަތީޖާފެންނަ، ލަނޑުދަޑިތަކަށް ބަރޯސާވެ ކުރެވޭ މަސައްކަތްތަކަށް ކުންފުނީގެ އަމާޒު ބައްޓަންކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރުސީ މިހާރު ހިންގަމުންދަނީ ޒަމާނީ، ޑޭޓާއަށް ބިނާކޮށް އަދި ސްޓްރެޓެޖިކް ފަތުރުވެރިކަމުގެ ބޯޑެއްގެ ގޮތުގައިކަން ޗެއަރޕާސަން ޢަބްދުﷲ ޣިޔާސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން މައިގަނޑު މާކެޓުތަކުގައި ވަރުގަދަ ކުރިއެރުންތަކެއް ހާސިލުވެފައިވާކަން ރިޕޯޓުކުރައްވަމުން، ކުރިން %39އަށް ދަށްވެފައިވާ އިންޑިއާ މާކެޓަށް މިހާރު %4ގެ ކުރިއެރުމެއް ލިބިފައިވާކަމަށާއި، ވިލާތާއި އޭޝިއާއިން ދިވެހިރާއްޖެ ގޫގުލްގައި ކުރާ ސާރޗްތައް 1000% އަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

“ދިވެހިރާއްޖެ މިހާރު ވަނީ ހަމައެކަނި ދުނިޔޭގެ ދަތުރުފަތުރުގެ ޗާޓުގައި ހިމެނިފައެއް ނޫނެވެ – އަޅުގަނޑުމެން މިތިބީ އެންމެ ކުރީ ސަފުގައެވެ. އަދި ކުރިއަށް އޮތް 6 މަސްދުވަސް އިތުރަށް އަސަރުފޯރުވަނިވި ގޮތެއްގައި ފާހަގަކުރެވޭނެއެވެ. އައު ޕާޓްނަރޝިޕްތަކާއި ވިސްނުންތެރި ކެމްޕޭންތައް މިހާރުވެސް ވަނީ ފެށިފައެވެ،” ޣިޔާސް ވިދާޅުވިއެވެ.
މިމަސައްކަތްތަކުގެ ދުވެލި ބާރުކުރުމަށާއި ލަނޑުދަނޑިތައް ހާސިލްކުރުމަށް މާލީ އެހީތެރިކަންދިނުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މި ސަރަޙައްދަށް ބަލާއިރު، ރާއްޖެއާއި ވާދަވެރިން މީހުންގެ މަންޒިލްތައް ޕްރޮމޯޓްކުރުމަށް މާބޮޑަށްވެސް އިތުރު ބަޖެޓުތައް ކަނޑައަޅަމުންދާކަމަށް ޣިޔާސް ވިދާޅުވިއެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއިން ޚަރަދުކުރަނީ އަޅުގަނޑުމެންގެ މައިގަނޑު ވާދަވެރިންގެ ތެރެއިން އެންމެ މަދު މިންވަރުކަމަށް ވިދާޅުވިއެވެ. ވޭތުވެދިޔަ 20 އަހަރު ތެރޭގައި، ރާއްޖޭގެ ވާދަވެރިން މަންޒިލް މާކެޓްކުރުމަށް ޚަރަދުކުރާ މިންވަރަށް ރާއްޖެއިން ޚަރަދުކޮށްފައި ނުވާކަމަށް އެމްއެމްޕީއާރުސީގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
