
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓްރޭޑްމާރކް ބިލަކީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދަން މުހިންމު ބިލެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން ޓްރޭޑްމާރކްގެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މި ބިލަކީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމާރކާ ގުޅިގެން އެ ޓްރޭޑްމާރކްގެ ވެރިފަރާތައް ލިބޭ ޙައްގުތަކުގެ ދާއިރާ ބަޔާންކުރުމާއި ޓްރޭޑްމާރކްގެ ޙައްގަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ޓްރޭޑްމާރކް ބިލާ ގުޅޭގޮތުން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ނުގެނެވި ލަސްވެފައިވާ ބިލެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް، އިތުބާރު އުފެއްދުމަށް ނުހަނު ބޭނުންތެރި އަދި މުހިންމު ބިލެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި ބިލު ފާސްވެ ޤާނޫނު ވުޖޫދުވުމާއެކު ރާއްޖޭގެ ވިޔަފާރީގެ މާޙައުލަށް ވިޔަފާރިތަކުންކުރާ އިތުބާރު އިތުރުކޮށްދޭނެ ކަމަށެވެ. އަދި މިއީ، ފިކުރީމުދަލުގެ ހައްޤުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުން ދޭ އަހްމިއްޔަތު ހާމަކޮށްދޭ ބިލެއް ކަމަށާއި ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދުމަށްވެސް މި ބިލު މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޓްރޭޑްމަރކްގެ ބިލަކީ 2040ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގައި މުހިންމު ފިޔަވަޅެއް ކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު ވިދާޅުވިއެވެ.
Excited to present the Trademark Bill to People’s Majlis! This long-overdue legislation strengthens our business environment, protects IP rights, and boosts investor confidence – a crucial step toward the President Dr @MMuizz’s Maldives Vision- A developed nation by 2040…
— Mohamed Saeed (@em_saeed) July 16, 2025
ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލުގައިވާގޮތުން، ރަޖިސްޓްރީ ކުރާ ޓްރޭޑްމަރކްގެ ވެރިފަރާތެއްގެ ހުއްދައާ ނުލައި އެ މަރކަކާއި އެއްގޮތް ނިޝާނެއް ނުވަތަ އެ މަރކް ނިސްބަތްވާ މުދަލާއި ޚިދުމަތާ އެއްގޮތް އެއްޗެއް ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުން އަރާނެފަދަ ހާލަތެއްގައި އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ޙައްގު ޓްރޭޑްމަރކް ރަޖިސްޓްރީ ކުރާ ފަރާތައް ލިބޭނެއެވެ. މި ބިލުގައި ޓްރޭޑްމަރކް ރަޖިސްޓްރީ ކުރާ ފަރާތައް ލިބިގެންވާ ޙައްގުތައް ބޭނުން ނުކުރެވޭނެ ދާއިރާތައްވެސް ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ. މި ބިލުގައިވާގޮތުން ރާއްޖޭގައި ޓްރޭޑްމަރކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ޓްރޭޑްމަރކްގެ ޙައްގަކަށް އަރައިގެންފައިވާކަން ސާބިތުވާނަމަ އެ ޓްރޭޑްމަރކެއްގެ ވެރިފަރާތައް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ކޯޓަށް ކަނޑައެޅިދާނެ ކަމަށްވެސް ވަނީ ބިލުގައި ހިމަނާފައެވެ. އަދި ޓްރޭޑްމަރކާ ގުޅޭ ޙައްގަށް އަރައިގަތުން ހުއްޓުވައި އެ ޙައްގުތައް އަނބުރާ ހޯދަން ހިނގާ ޚަރަދު ހޯދައިދޭންވެސް ކަނޑައެޅިދާނެ ކަމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން މި ބިލުގައި ރާާއްޖޭގައި ކައުންޓަރފީޓްކުރުން ނުވަތަ ޓްރޭޑްމަރކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުންވެސް ވަނީ މަނާކޮށްފައެވެ. މިފަދަ އަމަލެއް ކޮށްފި މީހަކަށް 100،000 ރުފިޔާ އާއި 2000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މި ބިލު ފާާސްކޮށް، ތަސްދީގު ކުރުމާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމަރކްތައް އަލުން ރަޖިސްޓްރީކުރަން 12 މަސް ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރެވިއްޖެނަމަ އެ ޓްރޭޑްމަރކްތައް އުވާލެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީވެސް ބިލު ތަސްދީގު ކުރައްވާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ފަހުންނެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
