
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އައިސްލޭންޑުގެ ރޭކްޔަނެސް ޕެނިންސުލާ ސަރަޙައްދުގައި ހުންނަ އަލިފާން ފަރުބަދައެއް އަނެއްކާ ވެސް ގޮވައިފިއެވެ. މިއީ 800 އަހަރުވަންދެން އެއްވެސް ގޮވުމެއް ނެތި އެ ސަރަޙައްދުގެ އަލިފާން ފަރުބަދަތައް އޮތުމަށްފަހު، 2021ވަނަ އަހަރު އެ އަލިފާން ފަރުބަދަތައް އަލުން ‘ހޭލި’ ފަހުން ގޮވާ މި ފަދަ 12 ވަަނަ ގޮވުމެވެ. އައިސްލެންޑުގެ މޫސުމާބެހޭ އިދާރާއިން ބުނީ ބިމު އަޑީގައި އުފެދިފައިވާ ދިޔާ އަލިފާން، އަލިފާން ފަރުބަދައިގެ އެތެރޭގައި އުފެދިފައިވާ ގާތްގަނޑަކަށް 700މީޓަރާއި 1،000 މީޓަރުގެ ދިގު ކެނޑުމެއް މަތިން އަރައި، ގޮވާފައިވާ ކަމަށެވެ. އެއާއެކު ދިޔާ އަލިފާނުގެ ކޯރުތައް ވަނީ އެ އަލިފާން ފަރުބަދަ މަތިން ފައިބަން ފަށައިފައެވެ. މި ގޮވުން ގޮވާފައި ވަނީ އެ ކަން ހިނގަން އުޅޭކަމުގެ މާ ބޮޑު އިޝާރާތެއް ނުފެނި ކަމަށް އެ އިދާރާއިން ބުނެއެވެ. އެއްވެސް ބިނާރަކަށް ގެއްލުން ލިބޭނެ ކަމަށް މި ވަގުތަށް ނުބެލެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. ޖިޕީއެސުން ބެލިބެލުންތަކާއި ބިމުގެ ފަސްގަނޑަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް، މިއީ ނިސްބަތުން ކުޑަ ގޮވުމެއް ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ރޭކްޔަނެސް ސަރަޙައްދުގައި ކުރާ މަތިންދާ ބޯޓު ދަތުރުތަކަށް އަސަރުކޮށްފައިވާ ކަމަށް ފެނިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ފަރުބަދަ އޮންނަ ސަރަޙައްދާ މާ ދުރުނޫން ސަރަޙައްދެއްގައި ހުރި ސްޕާއަކާއި ގްރިންޑަވިކް ކިޔާ އަވަށަކުން މީހުން ހުސްކޮށްފައިވާ ކަމަށް އައިސްލޭންޑުގެ އިދާރާތަކުން ބުނެއެވެ.
މީގެ ކުރިން 4،000އެއްހާ މީހުންގެ އާބާދީއެއް އޮތް ގްރިންޑަވިކް އަވަށުގައި މިހާރު ދިރިއުޅެނީ މަދު ޢަދަދެއްގެ މީހުންނެވެ. އެ އަވަށުގެ އާބާދީ ކުޑަވުމަށް މެެދުވެރިވީ، 2023ވަނަ އަހަރުގެ ތެރޭގައި އަލިފާން ފަރުބަދައެއް ގޮވުމުން އެ އަވަށުން މީހުން ހުސްކުރަން ޖެހުމުންނެވެ. އެ އަވަށުގެ ގިނަ ރައްޔިތުން އެ އަވަށް ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަ ކުރީ އެ ސަރަޙައްދާ ހަމައަށް އަލިފާނުގެ ކޯރުތައް ފޯރަފާނެ ކަމުގެ ބިރަށާއި، އަލިފާން ފަރުބަދަތައް ގޮވުމުގެ ކުރިން ބިންހެލުން އައުން ފަދަ ކަންކަމުން ރައްކާތެރިކަން ހޯދުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
