
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޢިރާޤުގެ ކުރުދިސްތާނުގައި ހުންނަ ގިނަ ތެޔޮ ދަނޑުތަކަކަށް ޑްރޯން ޙަމަލާތަކެއް އަމާޒުވުމާ ގުޅިގެން އެ ދަނޑުތަކުގައި ތެޔޮ އުފެއްދުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ. ކުރުދިސްތާނުގެ ސަރަޙައްދީ ސަރުކާރު، ކުރުދިސްތާން ރީޖަނަލް ގަވަމަންޓް، ކޭއާރުޖީން ބުނީ ތިން ދުވަހުގެ މަތިން ދީފައިވާ ޑްރޯން ޙަމަލާތަުގައި ތެޔޮ ދަނޑުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަަމަށެވެ. އެ ޙަމަލާތައް ދިނީ ކޮން ބައެެއްކަން ސާފުނުވާއިރު މިހާތަނަށް އެއްވެސް ޖަމާޢަތަކުން އެ ޙަަމަލާތަކުގެ ޒިންމާ ނަގާފައެއް ނުވެއެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.
ކޭއާރުޖީގެ ޤުދުރަތީ ވަޞީލަތްތަކާގުޅޭ ވުޒާރާއިން ބުނީ ބޮން އަޅައި ޑްރޯންތަކެއް ބޭނުންކޮށްގެން ދީފައިވާ ނިރުބަވެރި ޙަމަލާތަކެއް ކުރުދިސްތާނުގެ ދުހޮކް ޕްރޮވިންސުގައި ހުންނަ ތަވްކޭ އާއި ޕެޝްކަބޫރާއި ޢައިން ސިފްނީ ތެޔޮ ދަނޑުތަކަށް ދީފައިވާ ކަމަށެވެ. އެ ޙަމަލާތައް ދީފައި ވަނީ އިޤްތިޞާދީ ބިނާރަށް ގެއްލުން ދިނުމަށާއި ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ އާންމުންނަށް ނުރައްކާ ކުރިމަތިކުރުވުމަށް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. ކުރުދިސްތާނުގެ ތެޔޮ ކުންފުންޏެއްކަމަށްވާ ގަލްފް ކީސްޓޯން ޕެޓްރޯލިއަމް (ޖީކޭޕީ)ން ބުނީ ކުރުދިސްތާނުގެ އެންމެ ބޮޑު އެއް ތެޔޮ ދަނޑުކަމުގައިވާ ޝައިޚަން ދަނޑުގައި އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތް، އެ ސަރަޙައްދުގައި ދެމުންދާ ޙަމަލާތަކުގެ ސަބަބުން މެދުކަނޑާލާފައިވާ ކަމަށެވެ. މަސައްކަތް ހުއްޓާލުމަށް ނިންމާފައި ވަނީ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ޖީކޭޕީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް ޙަމަލާތަކުގައި އެ ކުންފުނީގެ އެއްވެސް ހަރު މުދަލަކަށް ގެެއްލުން ލިބިފައި ނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ޖީކޭޕީން ކުރިދިންސްތާނުގައި ތެޔޮ އުފެއްދުމުގެ މަސައްކަތް ކުރަނީ ކުރުދިސްތާނުގެ ސަރަޙައްދީ ސަރުކާތާ ގުޅިގެންނެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޕްރޮޑަކްޝަން ޝެއަރިންގ ކޮންޓްރެކްޓް (ޕީއެސްސީ)ގެ ދަށުން، ތެޔޮ ހޯދައި އުފެއްދުމުގެ މަސައްކަތުގެ 80 އިންސައްތަށް އެ ކުންފިނުން ޚަރަދުކުރާ ގޮތަށެވެ. އެ ގޮތުން ތެޔޮ ވިއްކައިގެން ލިބޭ ފައިދާއިން ސަރުކާރުގެ ޙިއްޞާއަށްވާ ބައި ނެގުމަށް ފަހު، ފައިދާގެ 80 އިންސައްތަ ލިބެނީ ތެޔޮ ކުންފުންޏަށެވެ. ދޫހޮކް ޕްރޮވިންސުގެ ޒައްޚޯ ސަރަޙައްދުގައި ހުންނަ ތައުކޭ އަދި ޕެޝްކަބީރު ތެޔޮ ދަނޑުތައް ހިންގާ ނޯވޭގެ ގޭސް އަދި ތެޔޮ ކުންފުންޏެއް ކަމަށްވާ ޑީއެންއޯއިން ބުނީ އެ ކުންފުނިން ކުރަމުންދިޔަ މަސައްކަތް ވެސް ވަގުތީގޮތުން މެދުކަނޑާލައިވާ ކަމަށެވެ. މަސައްކަތް މެދުކަނޑާލީ ގޮވުންތަކެއްގެ ސަބަބުން ކަމަށާއި، އެ ޙަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށެވެ. ތެޔޮ ދަނޑުތަކަށް ލިބިފައިވާ ގެއްލުންތައް މިހާރު ވަޒަންކުރަމުންދާ ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަކަށް ތެޔޮ އުފެއްދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޙަމަލާ އަމާޒުވި ތިންވަނަ ތެޔޮ ދަނޑުކަމުގައިވާ ޢައިން ސިފްނީއަކީ އެމެރިކާގެ ހަންޓް އޮއިލް ކުންފުނިން ހިންގާ ތެޔޮ ދަނޑެކެވެ. އެ ދަނޑަށް ލިބިފައިވާ ގެއްލުމުގެ ތަފްޞީލް ހާމަކޮށްފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
