
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ނަޞްލު ހޭދަ ކުރުމަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހިންގަމުންދާ ޖަރީމާތައް ފުޅާކޮށްފައިވާކަމަށް، އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ބުނެފިއެވެ. “އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިންނާއި ސަލާމަތީ ބާރުތަކުން ފާއިތުވި ހަފްތާތަކުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރުމާއި ދުއްތުރާކުރުން ވަނީ ވަރުގަދަކޮށްފައި،” އޯޗީއެޗްއާރުސީގެ ތަރުޖަމާނު ތަމީން އަލް ޚީތާން ވިދާޅުވިއެވެ. އދ.އިން ބުނާ ގޮތުގައި، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޔަހޫދީން ވަނީ، ހުޅަނގު އައްސޭރީގައި ދިރިއުޅޭ 40،000 އަށް ވުރެ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ގެއްލުވާލައިފައެވެ.
ހުޅަނގު އައްސޭރިއަކީ ޒަޔަނިސްޓުންގެ އިސްރާއީލާއި އުރުދުނާ ދެމެދުގައި އޮތް 5,600އެއްހާ އަކަ ކިލޯމީޓަރުގެ ފަލަސްޠީނުގެ ބިމެކެވެ. ނަމަވެސް، 1967ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައަށް ފަހު ޔަހޫދީން ވަނީ އެ ބިމަށް ވެރިވެގަނެފައެވެ. އަދި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގެ ބިންތައް ފޮތިފޮތިކޮށް، އިތުރު ބިންތަކަށް އަތްގަދަ ކުރަމުންނެވެ. އަދި، އެ ތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ. އެ ބިމުގައި ދިރިއުޅޭ މުސްލިމުންގެ މައްޗަށް ޔަހޫދީން ދަނީ އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ.
2013 އާއި 2023 އާ ދެމެދު ހުޅަނގު އައްސޭރީގައި ވަޒަންވެރިވި ޔަހޫދީންގެ ޢަދަދު 38 އިންސައްތަ އިތުރުވެ، 374،000 އިން 517،000 އަށް އަރާފައިވާ ކަމަށް ހުޅަނގު އައްސޭރީގެ ސެޓްލްމަންޓް ކައުންސިލް، ޔެޝާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ޖެނުއަރީ މަހުން ފެށިގެން ފަލަސްޠީނުގެ ރައްޔިތުންނަށާއި މުދަލަށް 757 ޔަހޫދީ ވަޒަންވެރިން ޙަމަލާތައް ދީފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %13 އިތުރުވުމެއް ކަމަށް އޯއެޗްސީއެޗްއާރު އިން ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ވަޒަންވެރިންނާއި ނިރުބަވެރި ފައުޖުން ދިން ޙަމަލާތަކުގައި އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ 964 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
