
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެކުވެރި ދައުލަތްތައް (އދ)ން ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އިދާރާ (އުންރްވާ)ން ފަލަސްޠީނުގެ ޣައްޒާގައި ހިންގާ ކުލިނިކުތަކުގައި ތިބި ކޮންމެ 10 ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކަށް މެލްނިއުޓްރިޝަންގެ ޞިއްޙީ ހާލަތު ކުރިމަތިވެފައިވާ ކަން އެ އިދާރާއިން ހާމަކޮށްފިއެވެ. މެލްނިއުޓްރިޝަނަކީ ޞިއްޙަތަށް ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ޞިއްޙީ ހާލަތެކެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން މި އަހަރުގެ މާރިޗު މަހުގެ 2ވަނަ ދުވަހަށް ފަހު ޣައްޒާގެ ފުރަބަންދު އޮތީ ހަރުކަށި ކޮށްފައެވެ. އަދި، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އެއާ އެކު، ޣައްޒާގެ ކުޑަކުދިން ވަނީ ފައިދާހުރި ކާނާއިން މަޙްރޫމުވެފައެވެ.
“މެލްނިއުޓްރިޝަންގެ ހާލަތު ޣައްޒާގައި އިތުރުވަމުންދާ ކަމުގައި އަޅުގަނޑުމެންގެ ޞިއްޙީ ޓީމުތަކުން ބުނޭ، ޚާއްޞަ ގޮތެއްގައި މީގެ ހަތަރު މަސް ކުރިން، މާރިޗު 2ވަނަ ދުވަހު ފުރަބަންދު ހަރުކަށި ކުރުމާ އެކު ހާލަތު ވަނީ ގޯސްވެފައި،” އުންރްވާގެ ތަރުޖަމާނު ޖޫލިޔެޓް ތޫމާ ވިދާޅުވިއެވެ. 2024ވަނަ އަހަރުގެ ޖަނަވަރީ މަހަށް ފަހު ފަސް އަހަރުން ދަށުގެ 240,000 ފިރިހެން އަދި އަންހެން ކުދިންގެ ޞިއްޙީ ހާލަތު އުންރްވާން ވަޒަން ކޮށްފައިވާ ކަމުގައި ތޫމާ ވިދާޅުވިއެވެ. ޣައްޒާ ޤަތުލުޢާންމު ފެށުމުގެ ކުރިން މެލްނިއުޓްރިޝަންގެ ހާލަތަކީ ޣައްޒާއިން ޢާންމުކޮށް ފެނިފައިވާ ހާލަތެއް ނޫން ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
“އަޅުގަނޑާއި ވާހަކަދެއްކި ނަރުހަކު ބުނީ، މެލްނިއުޓްރިޝަންގެ ހާލަތަކީ ފޮތްތަކާއި ޑޮކިޔުމެންޓްރީތަކުން ނޫނީ މީގެ ކުރިން ދުވަހަކުވެސް އަޑުއަހާފައި ނުވާ ހާލަތެއް ކަމުގައި. ބޭސް، ފައިދާހުރި ސާމާނު، ގައިންތާހިރުވުމަށް ބޭނުންވާ ސާމާނު، އަދި ތެޔޮ ދަނީ ހަލުވިކަމާ އެކު ހުސްވަމުން،” ތޫމާ ވިދާޅުވިއެވެ. މާރިޗު 19ވަނަ ދުވަހަށް ފަހު ޔަހޫދީން ވަނީ މަދު އަދަދެއްގެ ކާބޯތަކެތި ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް، އެ ކަން ކުރުމުގެ ފުރުޞަތު އޮތީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖިއެޗްއެފަ)ށް އެކަންޏެވެ. އެއީ، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އެއާ އެކު، އދއާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް ވަނީ ފެޔަށް ޖައްސާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
