
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ ގުޅުން އޮތް މާލީ އިދާރާތަކާ އެކު ފައިސާގެ އަދި ވިޔަފާރީގެ މުޢާމަލާތު ހިންގުން އެ ޤައުމުގެ މަރުކަޒީ ބޭންކުން މަނާކޮށްފިއެވެ. މިއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުއްސުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. މި ފިޔަވަޅާ އެކު، ލުބްނާންގެ ސަރުކާރުން މި ވަނީ ޙިޒްބުاللهގެ މާލިއްޔަތަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުވާފައެވެ. ލުބްނާންގެ މަރުކަޒީ ބޭންކުން ނެރެފައިވާ ސަރކިޔުލާގައި ބުނެފައި ވަނީ، ޙިޒްބުاللهއާ ގުޅުން އޮތް މާލީ އިދާރާތަކާ އެއްވެސް މުޢާމަލާތެއް ހިންގުން އެ ޤައުމުގެ ބޭންކުތަކާއި މާލީ ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކާއި ކުންފުނިތަކަށް މަނާ ކޮށްފައިވާ ކަމުގައެވެ. ޙިޒްބުاللهއާ ދެކޮޅަށް އެ ޤައުމުގެ ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި މި ވަނީ، ޔަހޫދީ ފައުޖުން އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.
ޙިޒްބުاللهގެ އިސް މެންބަރުން ޝަހީދު ކޮށްލުމުގެ ނަމުގައި ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 12 މީހުން ޝަހީދު ކޮށްލިއެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. މިއީ، 2024ވަނަ އަހަރުގެ ނޮވެންބަރު މަހު ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުން ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. 2023ގެ އޮކްޓޫބަރުން ފެށިގެން 2024ގެ ނޮވެންބަރާ ދެމެދު ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމައާ ގުޅިގެން ޙިޒްބުاللهއަށް އަސްކަރީ އަދި މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި، ލުބްނާންގެ މަރުކަޒީ ބޭންކުގެ އަމުރާ އެކު އެ ޖަމާޢަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެގެން ދާނެ ކަމުގައި އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ލުބްނާގެ މަރުކަޒީ ބޭންކުން ބުނީ، ޙިޒްބުاللهއާ ގުޅުން އޮތް މާލީ އިދާރާއެއް ކަމުގައިވާ އަލް-ޤަރްޟު އަލް-ޙަސަން ޖަމުޢިއްޔާއާ އެކު މާލީ މުޢާމަލާތު ހިންގުން، އެ ޤައުމުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ހުރިހާ ބޭންކަކާއި މާލީ އިދާރާތައް، އަދި ކުންފުނިތަކަށް މަނާ ކޮށްފައިވާނެ ކަމުގައެވެ.
މެދުއިރުމައްޗަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު، ތޮމަސް ބަރާކް ވަނީ ލުބްނާންގެ މަރުކަޒީ ބޭންކުގެ މި ނިންމުމަށް މަރުޙަބާ ދަންނަވާފައެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި، މިއީ ލުބްނާންގެ ސަރުކާރުން “ހެޔޮ މިސްރާބަކަށް” އަޅާފައިވާ ފިޔަވަޅެކެވެ. ޙިޒްބުاللهގެ މާލީ އިދާރާތަކާ އެކު މުޢާމަލާތު ކުރުން ލުބްނާންގެ މަރުކަޒީ ބޭންކުން މަނާކޮށްފައި މި ވަނީ، ހުސްވި ހަފުތާގައި ބަރާކް އެ ޤައުމަށް ވަޑައިގަންނަވައި، މުހިންމު މަޝްވަރާތަކެއް ބޭއްވި ފަހުންނެވެ. އަލް-ޤަރްޟް އަލް-ޙަސަން ޖަމުޢިއްޔާއަކީ 2007ވަނަ އަހަރުން ފެށިގެން އެމެރިކާގެ މާލީ ވުޒާރާއިން ފިޔަވަޅު އަޅާފައިވާ ޖަމުޢިއްޔާއެކެވެ. އެއީ، އިސްލާމީ ޝަރީޢާގެ އުސޫލުތަކުގެ ދަށުން ލޯނާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 1984ވަނަ އަހަރު އުފައްދާފައިވާ މާލީ އިދާރާއެކެވެ. ހުސްވި އަހަރު ޔަހޫދީ ފައުޖުން ލުބްނާންގެ ވެރިރަށް ބައިރޫތާއި ބޮޑެތި އެހެން ރަށްތަކަށް ދީފައިވާ ޙަމަލާތަކުގައި އެ ޖަމުޢިއްޔާގެ މަރުކަޒުތަކަށް ބޮންއަޅައި، ބޮޑެތި ގެއްލުންތަކެއް ދިނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
