
ސްޕެއިންގެ ބާސެލޯނާގެ ލަމީން ޔަމާލްއަށް 18 އަހަރު ފުރުމާއެކު އޭނާގެ އެއްބަސްވުން އައުކޮށް، އެ ޓީމުގެ 10 ނަންބަރު ޖާޒީ ދީފިއެވެ. މިދިޔަ އާދީއްތަ ދުވަހު 18 އަހަރު ފުރުނު ޔަމާލް އަށް އޭގެ ތިން ދުވަސް ފަހުން ބާސެލޯނާގެ 10 ނަމްބަރު ޖާޒީ އެ ކްލަބުން ދީފައިވާއިރު މިއީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމް އަށް ފަހަރު ހޯދާފައިވާ ލިއޮނެލް މެސީ އެ ކްލަބުގައި ބޭނުންކުރި ޖާޒީ ނަމްބަރެވެ. 2031 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާ އާއިއެކު ޔަމާލް ހެދި އެއްބަސްވުމުގެ ދަށުން އޭނާއަށް މުސާރައިގެ ގޮތުގައި އަހަރަކު 15 މިލިއަން ޔޫރޯ އޭނާއަށް ލިބިގެންދާނެ އެވެ.
މިދިޔަ ސީޒަނުގައި އުމުރުން 17 އަހަރުގައި ބާސެލޯނާގައި ދެއްކި މޮޅު ކުޅުމާއިއެކު މުޅި ދުނިޔޭޣެ ސަމާލުކަން ހޯދާފައިވާ ލަމީން ޔަމާލް ވަނީ އޭނާއަށް 18 އަހަރު ފުރުނުއިރު ބާސެލޯނާއަށް ޖުމްލަ 106 މެޗު ކުޅެދީފަ އެވެ. މިއީ މި އުމުގައި ޔޫރަޕްގެ މަތީ ފަންތީގައި ކުޅުންތެރިއަކު މެޗުތައް ކުޅެފައިވާ އަދަދެއް ނޫނެވެ. ލަމީން ޔަމާލް ވަނީ އޭނާއަށް 18 އަހަރު ފުރުނުއިރު ލަލީގާގެ ޗެމްޕިއަންކަމާއި ކޮޕާ ޑެލްރޭގެ އިތުރުން ޔޫއެފާ ސްޕެއިން އާއިއެކު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ބާސެލޯނާގެ 10 ނަމްބަރު ޖާޒީ ލަމީން ޔަމާލް އަށް އެ ކްލަބުން ދީފައިވާއިރު މިއީ އެ ކްލަބުގެ ތާރީޚުގައިވެސް އެ ކްލަބަށް ކުޅުނު އެންމެ މަޝްހޫރު ކުޅުންތެރިން ބޭނުންކޮށްފައިވާ ޖާޒީ ނަމްބަރެވެ. އޭގެ ތެރޭގައި ލިއޮނެލް މެސީ, ޑިއެގޯ މެރެޑޯނާ, ރޮނާލްޑިނިއޯ, ރިވާލްޑޯ, ރޮމާރިއޯ, ރިކެލްމޭ އާއި ޕެޕް ގަޑިއޯލާ ފަދަ ކުޅުންތެރިން ހިމެނެ އެވެ.
ލަމީން ޔަމާލް ގެ މައިންބަފައިންނަށް ގޭގެ ކުލި ނުދެއްކި ތިބި ވަގުތުގައި އެ މީހުންނަށް އެހީތެރިވި ލަމީން އާއި ޔަމާލްގެ ނަން ދީފައިވާ ލަމީން ޔަމާލް އާއިއެކު ބާސެލޯނާ އިން ހަދާފައިވާ އެއްބަސްވުމުގައި ވާ ގޮތުން އެ އެއްބަސްވުމުގެ މުއްދަތުގައި އޭނާ އެހެން ކްލަބަކުން ގަންނަން ބޭނުންވެއްޖެނަމަ ބާސެލޯނާއަށް 1 ބިލިއަން ޔޫރޯގެ ފީއެއް ދައްކަން ޖެހޭނެ އެވެ. މިއީ ކުޅުންތެރިއެއްގެ ޓްރާންސްފާ ފީގެ ގޮތުގައި ކްލަބަކުން ނެގޭނެ އެންމެ މަތީ އަދަދެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
