
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމަށް އެފްއައިވީބީ ވޯލްޑް ކޮލިފިކޭޝަނުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ކާވާ އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. މުބާރާތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ލަތީފް ވިދާޅުވީ މިމުބާރާތަކީ އެފްއައިވީބީ ވޯލްޑް ކޮލިފިކޭޝަނަށް ހުޅުވިފައިވާ ދޮރެއްކަމަށާ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އޭވީސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި އެމުބާރާތުގެ އެއްވަނަ ޓީމަށް ވޮލީގެ އެންމެ ބޮޑު މުބާރާތްކަމަށްވާ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕުން ޖާގައެއް ޔަގީންވެގެންދާނެކަމަށް ލަތީފްވަނީ ހާމަކުރައްވާފައެވެ.
“މިމުބާރާތަކީ ކާވާގެ ތާރީޚުގައިވެސް ވަރަށް މުހިންމު މުބާރާތެއް. މިމުބާރާތް މުހިންމުވެގެން މިދާ ސަބަބަކީ އެފްއައިވީބީ ވޯލްޑް ކޮލިފިކޭޝަންއަށް ކޮލިފިކޭޓިން ޕާތުވޭއެއްގެ ގޮތުގައި މިމުބާރާތް ހިމެނިގެންދާތީ. އެހެންވީމާ މި ކާވާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމު މިކޮލިފައިވަނީ އޭވީސީ ޗެމްޕިއަންސް ލީގަށް. އަދި އޭވީސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕަށް މި ކޮލިފައިވަނީ. އެހެންވީމަ މިމުބާރާތުގެ މުހިންމުކަން އެނގިގެން މިދަނީ” ލަތީފް ވިދާޅުވިއެވެ. އެހެންކަމުން މިމުބާރާތުން ޖާގަ ހޯދާފައިވާ ދިވެހި ދެޓީމުކަމަށްވާ ދިވެހި ސިފައިންގެ ކުލަބާ އެޗްޑީސީއަށްވެސް އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕުން ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ހުޅުވިފަވާކަމަށް ލަތީފް ހާމަކުރެއްވިއެވެ. ލަތީފް ވިދާޅުވީ ދިވެހި ދެޓީމުންވެސް މިމުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ހަތަރު ޓީމެއް ވާދަކުރާނެއެވެ. އެއީ ނޭޕާލް، ސްރީލަންކާ، ކިރިގިސްތާނުގެ އިތުރުން ކަޒަކިސްތާނެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ވަރުގަދަ ޓީމުތަކެއްކަމަށާ ވަކިން ޚާއްސަކޮށް ކަޒަކިސްތާނުން ދައްކަމުން އަންނަ ކުޅުން ތަފާތުކަމަށް ލަތީފްވަނީ ވިދާޅުވެފައެވެ. މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފަވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.
ހަ ދުވަހުގެ މުއްދަތަށް ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ވާދަކުރާ ޓީމުތައް ރާއްޖެ އައުމަށްފަހު މިހާރުވަނީ ފަރިތަކުރުންތައް ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
