
މިދިޔަ އާދީއްތަ ދުވަހު ނިމުނު ފީފާ ކުލަބު ވޯލްޑް ކަޕުގައި އާއްމުކޮށް ނުފެންނަ މަންޒަރެއް ވަނީ ފެނިގެން ގޮސްފަ އެވެ. ޗެމްޕިއަންކަން ހޯދި ޗެލްސީގެ ކުޅުންތެރިންނާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރޫޕް ފޮޓޯ ނަގައި، މަޖާކުރަން ސްޓޭޖުގައި މަޑުކުރެއްވީއެވެ. ފުޓްބޯޅައިގެ އަމަލުކުރާ އުސޫލަކީ އަދި ފީފާއިން އަމަލު ކުރާ ގޮތަކީ ޗެމްޕިއަންކަން ހޯދާ ޓީމަށް ތަށި ދިނުމަށް ފަހު މުބާރާތުގެ ޝަރަފުވެރި މެހުމާން ކުޅުންތެރިން އުފާފާޅު ކުރުމަށް ދޫކޮށްލުމެވެ. ނަމަވެސް ރައީސް ޓްރަމްޕް އަމަލު ކުރެއްވީ މިއާ މުޅިން ތަފާތު ގޮތަކަށެވެ. މުބާރާތުގެ ތަށި ޗެލްސީގެ ކެޕްޓަނަށް ހަވާލު ކުރުމަށް ފަހު ސްޓޭޖުން ދުރަށް ވަޑައިނުގެން ފޮޓޯ ނަންގަވަން ހުންނެވީ އެވެ.
ޓްރަމްޕަކީ އާދަޔާ ހިލާފު ކަންކަން ކުރެއްވުމުގައި އަރާ ހުންނަވާ ރައީސެކެވެ. ކުރިން އަންގާފައި އޮންނަ ގޮތްތަކާ ވެސް އޭނާ ހިލާފު ވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން ދެކެގަތުމަކީ އެއްގޮތަކަށް ވެސް ލަފާ ކުރަން ފަސޭހަ ކަމެއް ނޫނެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ތަށި ޓްރަމްޕަށް ހަވާލުކުރެއްވުމަށްފަހު މަޑުމަޑުން ދުރަށް ވަޑައިގަންނަވަމުންދިޔަ އެވެ. އަދި އޭނާއާއެކު ވަޑައިގަތުމަށް ޓްރަމްޕަށް އިންފަންޓީނޯ އަތުގެ އިޝާރާތުން އަންގަވަމުން ގެންދެވި އެވެ. ނަމަވެސް އިންފަންޓީނޯ އަށް ބަލާލުމެއް ވެސް ނެތި ޓްރަމްޕް ސްޓޭޖުގައި މަޑުކުރެއްވުމުން ޗެލްސީގެ ކެޕްޓަނާއި ކުޅުންތެރިން ވެސް ތިބީ ދެން ހަދަންވީ ގޮތް ނޭނގި ހުއްޓުން އަރާފަ އެވެ. މިހެންވެ އެންމެ ފަހުން ކައިރިއަށް ޖެހިލައްވާފައި ތަށި އުފުލާލުމަށް ވިދާޅުވީ ވެސް އިންފަންޓީނޯ އެވެ. އޭނާ އަށް ވެސް ޓްރަމްޕްގެ މިޒާޖު ހުންނަވާ ގޮތުން ސްޓޭޖް ދޫނުކުރައްވާނެކަން އެނގިވަޑައިގަތީ އެވެ. ކުޅުންތެރިން ތަށި އުފުލާލައި އުފާފާޅޫ ކުރަން ފެށުމުން ޓްރަމްޕް ސްޓޭޖް ދޫނުކުރައްވައި ޗެލްސީގެ ކުޅުންތެރިންނާއެކު ހުންނެވުމުން އެންމެ ފަހުން އިންފަންޓީނޯ ވެސް ގޮސް އޭނާ އާއި ބައިވެރިވެވަޑައިގަތެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ބުނީ އޭނާ ހީކުރީ ތަށި ހަވާލުކޮށްފައި ޓްރަމްޕް ވަޑައިގަންނަވާނެ ކަމަށް ކަމަށެވެ. “އެ މީހުން (ފީފާއިން) ބުނީ އަހަރެން ގާތުގައި އޭނާ ވަޑައިގެން ތަށި ދެއްވާނެ ކަމަށް. އަދި އެއަށް ފަހު ސްޓޭޖުން ދުރަށް ވަޑައިގަންނަވާނެ ކަމަށް. މިހެންވެ އަހަރެން ހީކުރީ އޭނާ ސްޓޭޖުން ފައިބައިވަޑައިގަންނަވާނެ ކަމަށް. އެކަމަކު އޭނާ ބޭނުންވީ މަޑުކުރައްވަން،” ޖޭމްސް ބުންޏެވެ.
ޗެލްސީގެ ކުޅުންތެރިން ތަށި އުފުލާލުމުން ޓްރަމްޕް ކޮންމެވެސް ވާހަކައެއް ކުޅުންތެރިންނާ ދެއްކި އެވެ. ޖޭމްސް ބުނީ އޭނާ އާއި އެހެން ކުޅުންތެރިންނާ މުހާތަބް ކުރައްވައި ޓްރަމްޕް މަރުހަބާ ވިދާޅުވީ ކަމަށެވެ.
“އޭނާ ހަމައެކަނި މަރުހަބާ ކިޔުއްވީ އަހަންނާއި އަހަރުމެން ޓީމަށް. ދެން ވިދާޅުވީ އުފާފާޅު ކުރުމަށް،” ޖޭމްސް ވިދާޅުވި އެވެ.

ޓްރަމްޕް އަތުން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އިނާމް ލިބުނު ޗެލްސީގެ ފޯވަޑް ކޯލް ޕަލްމާ ބުނީ އޭނާ އަށް އެނގިފައި އޮތީ ޓްރަމްޕް ތަށި ދެއްވާނެކަން އެކަނި ކަމަށެވެ. “އޭނާ ސްޓޭޖް މަތީގައި އަހަރުމެން ތަށި އުފުލައި އުފާފާޅޫ ކުރާއިރު މަޑުކުރައްވާނެ ކަމެއް ނޭނގެ. ހަމަ ތެދެއް، އަހަރެން ހުރީ ވާނުވާ ނޭނގިފައި (އޭނާ ހުންނެވުމުން)،” ޕަލްމާ ވިދާޅުވި އެވެ. ޗެލްސީން ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރީ ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީ 3-0 އިން ބަލިކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
