
(ފޮޓޯ ކްރެޑިޓްސް: ދަ މޯލްޑިވްސް ޖާރނަލް)
ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ މައްސަލަ އިތުރުވެ، އެކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި ލަސްވުމުގެ ސަބަބުން ގައުމަށް ނޭދެވޭ އަސަރު ކުރަން ފަށާފައިވާކަން ފާހަގަކުރެވިއްޖެއެވެ. ހައުސިން ސްކީމްތައް ހިންގަނީ ދަރަނީގެ ފައިސާއިން ކަމަށްވާއިރު، ކުލި ނުލިބުމުން އެޗްޑީސީގެ ހަރަދުތައް ފޫބެއްދުމަށް އާންމުންގެ ޓެކްސް ފައިސާއިން ހަރަދުކުރަން ޖެހެއެވެ. މިހާތަނަށް އެޗްޑީސީއަށް 894 މިލިއަން ރުފިޔާގެ ކުލި ނުލިބިފައިވާއިރު، މީގެ ތެރެއިން 628 މިލިއަން ރުފިޔާއަކީ ހިޔާ ފްލެޓްތަކުން ނުލިބި ހުރި އަދަދެވެ. ހުޅުމާލޭގައި އެޗްޑީސީން ބަލަހައްޓާ 8,511 ފްލެޓުގެ ތެރެއިން 5,099 ފްލެޓުން ކުލި ނުދައްކާކަމަށް ރިޕޯޓްކޮށްފައިވެއެވެ. މިއީ ޖުމްލަ ފްލެޓްތަކުގެ 60 އިންސައްތައެވެ.
މިކަން ހައްލުކުރުމަށް ސަރުކާރުން ފިޔަވަޅު ނާޅާ ބޮޑު ސަބަބަކީ، ފްލެޓް ލިބިފައިވާ މީހުންނަކީ ވޯޓުލާ މީހުންގެ ބޮޑު ނިސްބަތެއްކަމުން، ސިޔާސީ ގޮތުން ލިބިދާނެ ގެއްލުމަކަށް ބިރުގަތުމެވެ. އިންތިހާބުތަކާ ދިމާކޮށް ޖޫރިމަނާތައް މާފުކުރުމާއި ލުއިތައް ދިނުމުން ގާނޫނަށް ތަބާނުވާ ފަރާތްތަކަށް ފައިދާވާކަމަށް ބައެއް ގާނޫނީ ވަކީލުން ފާހަގަކުރެއެވެ.
ގަވާއިދުން ކުލި ދައްކާ ފަރާތްތަކުން ބޮޑެތި ޝަކުވާތައް ކުރަމުންދާއިރު، އެފަރާތްތަކަށް ވަކި ފައިދާއެއް ނުލިބޭކަމާއި، ފްލެޓްތަކުގެ މެއިންޓެނެންސާއި ސެކިއުރިޓީ ބެލެހެއްޓުމުގައިވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، ގާނޫނުތައް ތަންފީޒުކުރަން ޖެހޭކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އޭގެތެރޭގައި:
- ފައިސާ ދެއްކުމުގެ ކަންކަން ބޭންކިން ނިޒާމުގެ ތެރެއަށް ވައްދައި، ކުލި ނުދައްކާ ފަރާތްތަކަށް ބޭންކިން ލޯނުފަދަ ފެސިލިޓީތައް ހޯދަން ދަތިވާނެ ގޮތް ހެދުން.
- އެޗްޑީސީއަކީ މާލީ އިދާރާއެއް ނޫން ކަމަށްވާއިރު، އެޗްޑީސީގެ ދަށުން މާލީ ހިދުމަތްދޭ އިދާރާއެއް އުފައްދައި، އެމްއެމްއޭއިން ބަލަހައްޓައި، ކްރެޑިޓް އިންފޮމޭޝަން ބިއުރޯއަށް މި މައުލޫމާތު ވެސް ވައްދައިގެން ކުލި ނުދައްކާ މީހުންގެ ކްރެޑިޓް ސްކޯ ދަށްވާނެ ގޮތް ހެދުން.
ކޮންމެ އިންތިހާބަކާ ދިމާކޮށް ވޯޓު ހޯދުމަށް ކުލި ނުދައްކާ މީހުންނަށް ލުއި ގޮތްތައް ދިނުމުގެ ސަގާފަތް އޮތް ނަމަވެސް، މިކަމަށް ހައްލެއް ނުހޯދޭ ނަމަ ދައުލަތަށް ލިބޭ ގެއްލުން އިތުރުވެ، މުޅި ގައުމުގެ މާލީ ނިޒާމަށް އަސަރު ކުރާނެ ކަމަށް އިންޒާރު ދީފައިވެއެވެ. އެހެންކަމުން، މިއީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
