
ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވަރިވެއްޖެއެވެ. އުމުރުން 55 އަހަރުގެ ސިޔާމް އާއި 23 އަހަރުގެ ޒާރާގެ ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެމްޑީއޭގެ މެމްބަރު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް (ވެލިދޫ އައްބާސް) ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާމް އާއި ޒާރާ ކައިވެނި ކުރެއްވީ އެކަކު އަނެކުން ދެކެ ލޯބިވެގެން ކަމަށެވެ. އަދި ކައިވެނި ރޫޅާލެއްވީ ވެސް ދެ ބޭފުޅުންގެ މެދުގައި ރީތި ގޮތުގައި މަޝްވަރާ ކުރެއްވުމަށް ފަހު، ސުލްހަވެރިކަމާއެކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ކުރި އެ ކައިވެންޏަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ބ. ކަމަދުއަށް އުފަން ނެށުންތެރިޔާ އާއި ސިޔާމްގެ އެ ކައިވެނި ވެފައިވަނީ މި ފަހުން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ކައިވެނި ޕާޓީއަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 10، ގައި ސިޔާމް އާއި ޒާރާ ކައިވެެނި ކުރީ ސިޔާމްގެ އޮޅުވެލިފުށި ރިސޯޓުގައެވެ. ކައިވެނީގެ ރަނެއްގެ ގޮތުގައި ކިޔާފައި ވަނީ 2024ރ. އެވެ. ސިޔާމްއަކީ ރާއްޖޭގެ އެންމެ މުއްސަނދިންގެ ލިސްޓުގައި ހިމެނޭ ބޭފުޅެކެވެ. ސިޔާމް މަޖިލީހަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނަކުން އެނގޭ ގޮތުގައި އަހަރެއްގެ ތެރޭގައި އޭނާއަށް ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު ލިބެއެވެ. އެއީ 539 މިލިއަން ދިވެހި ރުފިޔާއެވެ. ސިޔާމް، ޒާރާއާ ކައިވެނި ބައްލަވައިގެންނެވިއިރު ވެސް ހުންނެވީ މޮރޮކޯގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވެ. އެ ކައިވެނި އަދިވެސް އެ ގޮތުގައި ދެމިއެބައޮތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
