
ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހުޅުލޭގައި އުޅަނދު ޕާކްކުރާ އުސޫލަށް ވަގުތީ ގޮތުން ބަދަލު ގެނެސްފިއެވެ. ހުޅުލޭގައި މިވަގުތު ދެފަޅީގައި އުޅަނދުތައް ދަނީ ޕާކް ކުރަމުންނެވެ. އެއީ އިރުމަތީފަޅި ނުވަތަ ބްރިޖް ހައިވޭ ދިމާލުން އޮންނަ ޕާކިން ޒޯނާއި، ހުޅަނގު ފަޅީގައި މިވަގުތު އާންމުކޮށް މުވައްޒަފުންނާއި އެއާޕޯޓަށް ދާ އާންމުން ބޭނުން ކުރާ ޕާކިން ޒޯނެވެ. މި ދެ ޕާކިން ޒޯންގެ ތެރެއިން ހުޅަނގު ފަރާތުގައި ހުރި ޕާކިން ޒޯން ވަގުތީ ގޮތުން ބަންދުކުރަން ވަނީ ނިންމާފައެވެ. މި ބަދަލުތައް ގެންނަނީ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު ހުޅުލޭގެ ހުޅަނގު ފަރާތުގެ ޕާކިން ޒޯނުގައި ބާއްވަން ނިންމުމާއި ގުޅިގެންނެވެ.
ވެލާނާ އެއަޕޯޓު ހިންގަމުންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން އިރުމަތީ ޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ އެއްވެސް އުޅަނދެއް ޕާކް ކުރުމަކީ މަނާ ކަމެއްކަމަށާއި އޭގެ ބަދަލުގައި އެތަން ބޭނުން ކުރާނީ ސައިކަލު ޕާކް ކުރުމަށް އެކަނިކަމަށެވެ. މި ތާރީހުގެ ކުރިން މި ޕާކިން ޒޯނުގައި ޕާކުކޮށްފައިވާ ހަތަރުފުރޮޅުލީ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކުން އެ އުޅަނދުތައް ނެގުމަށްވެސް އެމްއޭސީއެލްއިން ވަނީ އެދިވަޑައިގެންފައެވެ. އަދި އުޅަނދުތައް ނުނަގާނަމަ ފުލުހުން މެދުވެރިކޮށް ހަތަރު ފުރޮޅުލީ އުޅަނދުތައް ނަގާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅަނގު ފަރާތު ޕާކިން ޒޯނުގައި އެއްވެސް އެއްގަމު އުޅަނދެއް ޕާކް ކުރުންވަނީ މަނާކޮށްފައެވެ. އެމްއޭސީއެލްއިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހަވީރު 6:00 ފަހުން ފުލުހުންގެ އެހީގައި، އެ ސަރަހައްދުން އުޅަނދުތައް ނަގާ ހުސްކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ. އެމްއޭސީއެލްއިން ވިދާޅުވީ ޕާކިން ޒޯނުތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެކަމަށެވެ. މި ބަދަލާ ގުޅިގެން މި ޕާކިން ޒޯނުތަކުގައި ޕާކުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
ވެލާނާ އެއަޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް މިހާރު ވަމުންދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ. އެގޮތުން އެ ސަރަހައްދުގެ މަގުތައް ހެދުމާއި ޓާމިނަލް ސަރަހައްދުގެ ލޭންޑް ސެކޭޕިން މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ރަސްމިއްޔާތަށް އެމްއޭސީއެލްއިން ދަނީ ތައްޔާރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
