
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގެ ހުޅަނގުދެކުނުގައި އޮތް ސުވަޔިދާގައި ދިރިއުޅޭ ދުރޫޒީ ވަންހައިގެ މީހުންގެ ދިފާޢުގައި ކަމަށް ބުނެ، ޔަހޫދީ ފައުޖުން ސޫރިޔާގެ ސިފައިންނަށް އަމާޒުކޮށް އިތުރު ޢުުދުވާނީ ޙަމަލާތަކެއް ދީފިއެވެ. ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ސްވަޔިދާއަށް ސިފައިންނާއި ބަރުހަތިޔާރު ފޮނުވާފައި ވަނީ އެ ރަށުގައި ދިރިއުޅޭ ދުރޫޒީންނާއި ބަދަވީ ވަންހައިގެ މީހުންނާ ދެމެދު ހަމަނުޖެހުން ހިންގަން ފެށުމުން، އެ ހަމަނުޖެހުންތައް ކޮންޓުރޯލު ކުރުމަށެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ދުރޫޒީންގެ ދިފާޢުގައި ކަމަށް ބުނެ ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ސޫރިޔާގެ ސިފައިންނާއި އަސްކަރީ އުޅަނދުފަހަރަށް ކަމުގައެވެ. މަންޒަރު ފެނުނު މީހުން ބުނީ، އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ޔަހޫދީ ފައުޖުން ސްވަޔިދާގެ ހަތަރު ސަރަޙައްދަކަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އަދި، އެ ޙަމަލާތަކުގައި ސޫރިޔާގެ އަސްކަރިއްޔާގެ ޓޭންކުފަހަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ސާފު ނޫން ނަމަވެސް، އެންމެ ފަހުގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ވެސް މަންޒަރު ފެނުނު މީހުން ބުންޏެވެ.
ސްވަޔިދާއަކީ ޒަޔަނިސްޓު އިސްރާއީލާއި ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ސަރަޙައްދެކެވެ. އެ ސަރަޙައްދު އެޗްޓީއެސްގެ ބާރުގެ ދަށަށް ގެންދިޔުމަށް، ރައީސް އަޙްމަދު އަލް-ޝަރާޢުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ބަޣާވާތެއް ކޮށް އެޗްޓީއެސުން ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުން ބަދަހި ކުރުމަށް ޝަރާޢު ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ސްވަޔިދާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ މަސައްކަތްތަކަށް ހިޔަނި އެޅިގެންދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، އެ ހަމަނުޖެހުންތަކާ އެކު އެޗްޓީއެސްގެ ސަރުކާރަށް އޮތް އިތުބާރު ކުޑަ ކަން ސާފުވެގެން ގޮސްފައިވާ ކަމުގައި ވެސް އެ ފަރާތްތަކުން ސިފަ ކުރިއެވެ. މާރިޗު މަހު، ސޫރިޔާގައި ދިރިއުޅޭ އަލް-ޢަލަވިއްޔަތު ނުވަތަ އަލް-ޢަލަވީ ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށް ޙަމަލާދީ، ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައިވާ ކަން ވެސް އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.
އެޗްޓީއެސް ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ބުނީ، ސްވަޔިދާއަށް ދީފައިވާ ޙަމަލާތަކުގެ ޒިންމާ ޔަހޫދީން އުފުލަން ޖެހޭނެ ކަމުގައެވެ. އަދި އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ސިފައިންނާއި ޢާންމު ރައްޔިތުން ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަން ވެސް އެ ވުޒާރާއިން ހާމަކުރިއެވެ. ނަމަވެސް، އެ އަދަދުތައް ސާފުކޮށްދީފައެއް ނުވެއެވެ. އެ ވުޒާރާއިން ބުނީ، އެ ޤައުމުގެ ހުރިހާ ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމުގައެވެ. އޭގެ ތެރޭގައި ދުރޫޒީން ހިމެނޭ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
އެޗްޓީއެސްގެ ސަރުކާރުން ބުނީ، ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި ތިބި މީހުން ހޯދައި، ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގައެވެ. ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ޚާއްޞަ މަންދޫބު، ތޮމަސް ބަރާކް ވިދާޅުވީ، ސްވަޔިދާގައި ހިނގަމުންދާ ޙަމަނުޖެހުންތައް ކޮންޓުރޯލު ކުރުމަށާއި، ޔަހޫދީ ފައުޖުން ސޫރިޔާއަށް ދެމުންދާ ޙަމަލާތަކާ ގުޅޭ ގޮތުން ދެ ފަރާތާ އެކު ވެސް މަޝްވަރާ ކުރަމުންދާ ކަމުގައެވެ. އެމެރިކާގެ ނޫހެއް ކަމުގައިވާ އެކްސިޔޮސުން ބުނީ، ސޫރިޔާގެ ސިފައިންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައް ދިނުން ހުއްޓައިލުމަށް ޓްރަމްޕް ޒަޔަނިސްޓު އިސްރާއީލަށް އަންގަވާފައިވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
