
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ އިސް އޮފިޝަލުންތަކެއް ޝަހީދު ކޮށްލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއްދީ 12 މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އަލް-ބިޤާޢު ވާދީގެ ވާދީ ފަރާ ކިޔާ ސަރަޙައްދެއްގައި ހުރި ރެފިއުޖީ ކޭމްޕަކަށެވެ. ވާދީ ފަރާއަކީ، ލުބްނާންގެ އިރުމަތީގައި އޮންނަ ސަރަޙައްދެކެވެ. ލުބްނާންގެ ދައުލަތުގެ މީޑިޔާއިން ބުނީ، ވާދީ ފަރާގައި ހުންނަ ރެފިއުޖީ ކޭމްޕަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ 12 މީހުންގެ ތެރޭގައި ގިނައީ ސޫރިޔާގެ ރެފިއުޖީން ކަމުގައެވެ. މި ގޮތުން، ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ސޫރިޔާގެ ހަތް ރެފިއުޖީން ހިމެނޭއިރު، އެ ޙަމަލާތަކުގައި އިތުރު އަށް މީހަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ވެސް ލުބްނާންގެ ޤައުމީ ނޫސް އޭޖެންސީން ރިޕޯޓު ކުރިއެވެ.
ޔަހޫދީން ލުބްނާނަށް ޙަމަލާ ދީފައި މި ވަނީ ޙިޒްބުاللهއާ އެކު ހަދާފައިވާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށެވެ. ދެ ފަރާތުގެ ދެމެދުގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި، އަމަލު ކުރަން ފަށާފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. ނަމަވެސް، ޔަހޫދީން ދަނީ މެދުކެނޑުމެއް ނެތި އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފެށުމާ އެކުގައެވެ. އެ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދޭން ފެށުމާ އެކު، ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމަށް ވެސް ޢުދުވާނެއް ހިންގަން ފަށާފައެވެ. އެ ޢުދުވާންތައް މެދުކަނޑައިލާފައި ވަނީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ އެކުގައެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން، ލުބްނާންގެ ރަށްތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ރަށްތަކުން ފައިބަން ޖެހޭނެއެވެ. ނަމަވެސް، އެއްބަސްވުމާ ޚިލާފަށް ލުބްނާންގެ ދެކުނުގެ ރަށްތަކުގައި ޔަހޫދީ ސިފައިން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، މެދުކެނޑުމެއް ނެތި ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
