
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އައު އަސްކަރީ ފައުޖެއް އުފައްދާފައިވާ ކަން ޕާކިސްތާގެ ސަރުކާރުން އިޢުލާނު ކޮށްފިއެވެ. ޕާކިސްތާންގެ ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޠަލާލް ޗޯދްރީ ވިދާޅުވީ، އަލަށް އެކުލަވައިލާފައިވާ ފައުޖަށް ދީފައިވާ ނަމަކީ، ‘ފެޑެރަލް ކޮންސްޓެބިޔުލަރީ’ ކަމުގައެވެ. އަދި، އެ ފައުޖު އެކުލެވިގެން ވަނީ ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ބެލެހެއްޓުމަށް މިހާރު ހަރަކާތްތެރިވަމުންދާ ޤައުމީ ސަލާމަތާ ބެހޭ ފައުޖުގެ ސިފައިން ކަމުގައެވެ. ޗޯދްރީ ވިދާޅުވީ، އައު ފައުޖުގެ އެންމެ މައިގަނޑު މަސްއޫލިއްޔަތަކީ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން މުޒާހަރާ ފަދަ ސަރުކާރާ ދެކޮޅު ހަރަކާތްތައް ރޫޅައިލައި، ހުއްޓުވުމެވެ. “މިއީ މުޅިން އައު ފައުޖެއް. މިއީ ވަރަށް ބާރުގަދަ ފައުޖެއް. މިއީ، ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ ފައުޖެއް،” ޗޯދްރީ ވިދާޅުވިއެވެ. އެ ފައުޖު އުފެއްދުމަށް ބޭނުންވާ ޤާނޫނީ އިސްލާޙުތައް ރައީސް އާޞިފް ޢަލީ ޛަރްދާރީ ތަސްދީޤު ކުރައްވާފައިވާ ކަން ވެސް ޗޯދްރީ ހާމަކުރެއްވިއެވެ.
އޭނާ މި މޭރުމުން ވިދާޅުވުމާ އެކު، ޕާކިސްތާންގެ އިދިކޮޅު ސިޔާސީ ޕާޓީތަކާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، މިއީ ސަރުކާރާ ދެކޮޅު އަޑުތައް ކަނޑުވައިލުމަށް ބާރުގެ ބޭނުން ކުރުމުގެ ގޮތުން އެކުލަވައިލާފައިވާ އައު ފައުޖެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އަސްކަރިއްޔާގެ އައު ފައުޖެއް އެކުލަވައިލާފައިވާ ކަން ޕާކިސްތާން ސަރުކާރުން ހާމަކޮށްފައި މި ވަނީ، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި)ން އެކި ކަންކޮޅުތަކުގައި ބިޔަ މުޒާހަރާތަކެއް ބޭއްވުމަށް ރާވަމުންދާ ދަނޑިވަޅެއްގައެވެ. އެއީ، ޚާން ހައްޔަރު ކުރި ދުވަހަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މުޒާހަރާތަކެއް ކަމުގައި ޕީޓީއައިން ބުންޏެވެ. އެ މުޒާހަރާތައް ފެށުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު 5ވަނަ ދުވަހުއެވެ.
ހުސްވި އަހަރު ވެސް ޕީޓީއައިން އިންތިޒާމު ކޮށްގެން ޕާކިސްތާންގެ މައި ރަށްތަކުގައި ބޮޑެތި މުޒާހަރާތަކެއް ބޭއްވިއެވެ. އަދި، އޭގެ ތެރެއިން ބައެއް މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގިއެވެ. 2023ވަނަ އަހަރުގެ އޮގަސްޓު މަހު ބޭއްވި މުޒާހަރާތަކާ ގުޅިގެން ވެރިރަށް އިސްލާމްއާބާދު ހުއްޓުމަކަށް ދިޔަ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. ފެޑެރަލް ކޮންސްޓެބިޔުލަރީގެ ނަމުގައި އައު ފައުޖެއް އެކުލަވައިލުމާ އެކު ޕީޓީއައިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެ ޕާޓީގެ ތަރުޖަމާނު ޒުލްފިޤާރް ބުޚާރީ ވިދާޅުވީ، އެ މައްސަލަ ޕީޓީއައިން ޕާކިސްތާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެ ކަމުގައެވެ. “މި އައު ފައުޖަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވައިލަން ބޭނުން ކުރާ އުކުޅަކަށް ހަދައިގެން ނުވާނެ، ޕީޓީއައިގެ އިސްވެރިންނާ ދެކޮޅަށް ސަރުކާރުން މީގެ ކުރިން ވެސް އެ ގޮތަށް އަމަލު ކޮށްފައިވޭ،” އޭނާ ވިދާޅުވިއެވެ.
ޕާކިސްތާންގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުން ވެސް ވަނީ އައު އަސްކަރީ ފައުޖާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. “ޤާނޫނު ހަދާ މަޖިލީހުގެ އެއްވެސް ބައިވެރިވުމަކާއި މަޝްވަރާއާ ނުލައި، ސަލާމަތީ އަދި ޤާނޫނު ތަންފީޒު ކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން ދިޔުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް،” އެ އިދާރާގެ ސެކްރެޓަރީ ޙާރިސް ޚަލީޤް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
