
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބޯއިންގް ކުންފުނިން އުފައްދާ ބައެއް މަރުކާތަކުގެ މަތިންދާބޯޓުތަކުގެ އިންޖީނުތަކަށް ތެޔޮ ފޯރުކޮށްދޭ ނިޒާމުގައި ބޭނުން ކުރާ މުހިންމު ސުވިޗުތަކުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަން ކަށަވަރު ކުރުމަށް ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އިންޑިޔާއާއި ދެކުނު ކޮރެޔާއިން އެ ޤައުމުތަކުގައި ޚިދުމަތްދޭ އެއަރލައިންތަކަށް އަންގައިފިއެވެ. މިއީ، އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ދާދިފަހުން ވެއްޓި، އެއިން ދަތުރު ކުރި ގިނަ އަަދަދެއްގެ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅެކެވެ. ހުސްވި ޖޫން މަހު ހިނގި ހާދިސާގައި އެއަރ އިންޑިޔާގެ މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 260 މީހުން މަރުވިއެވެ. ސަލާމަތްވީ އެންމެ މީހެކެވެ. އެ ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ހިންގަމުންދާއިރު، އެ މަތިންދާބޯޓު ވެއްޓެން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި އިންޖީނުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުން ކުރާ މައި ސުވިޗުތަކަށް މައްސަލައެއް ކުރިމަތިވުން ހިމެނޭ ކަމުގައި ބެލުމުގެ ފުރުޞަތު އޮތް ކަމުގައި ތަޙުޤީޤަށް އޮތީ ހާމަވެފައެވެ. ނަމަވެސް، ބޯއިންގް ކުންފުނީގެ އިތުރުން ވައިގެ އުދުހުންތަކާ ބެހޭ އެމެރިކާގެ އިދާރާ، ޔޫއެސް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)ން ވަނީ ބޯއިންގް މަރުކާގެ މަތިންދާބޯޓުތަކުގައި ބޭނުންކުރާ ފިޔުލް ސްވިޗުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭ ކަމުގައި ބުނެފައެވެ.
އެއަރ އިންޑިޔާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގެ ތަޙުޤީޤުގެ ވަގުތީ ހޯދުންތައް ހާމަ ކޮށްފައިވާއިރު، އެ މަތިންދާބޯޓުގެ ފިޔުލް ލޮކް ސްވިޗުތައް ނިވިފައިވާ ކަން ވަނީ ހާމަވެފައެވެ. އެ ކަން ހިނގާފައި ވަނީ، ރަންވޭއިން މަތިންދާބޯޓު އުދުއްސައިލި ވަގުތެވެ. އެ ސުވިޗު ނިވައިލީ ކީއްވެތޯ، އެ ވަގުތު މަތިންދާބޯޓުގެ އެއް ޕައިލެޓު، އަނެއް ޕައިލެޓާ ސުވާލު ކުރާ އަޑު، މަތިންދާބޯޓުގެ ކަޅުފޮށިން ހޯދާފައިވާ ރެކޯޑިންގްތަކުން ހާމަވެއެވެ. އަދި، އެ ފަދަ ކަމެއް ނުކުރާ ކަމަށް ދެވަނަ ޕައިލެޓު ބުނާ އަޑު އިވޭ ކަން ތަޙުޤީޤުގެ ވަގުތީ ހޯދުންތަކުން ހާމަވެއެވެ. ބޯއިންގް ކުންފުނިން އުފައްދާފައިވާ 787 މަރުކާގެ މަތިންދާބޯޓުތަކުގެ ފިއުލް ލޮކް ސުވިޗުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަން ކަށަވަރު ކުރުމަށް 2018ވަނަ އަހަރު އެފްއޭއޭން އިރުޝާދު ދީފައިވާ ކަން ވެސް ތަޙުޤީޤީ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް، އެ ކަން ކުރުމަށް އެފްއޭއޭން އަމުރެއް ކޮށްފައި ނުވާ ކަން ފާހަގަ ކުރެވެއެވެ.
މި ކަމާ ގުޅިގެން، އިންޑިޔާގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ އެއަރލައިންތަކުން ބޭނުން ކުރާ ބޯއިންގް ކުންފުނީގެ 787 އަދި 737 މަރުކާގެ މަތިންދާބޯޓުތަކުގެ ފިޔުލް ސުވިޗުގެ ތަޙުޤީޤެއް ހިންގުމަށް އަންގާފައިވާނެ ކަމުގައި އެ ޤައުމުގެ ވައިގެ އުދުހުންތަކާ ބެހޭ މައި އިދާރާ، ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ހާމަކުރިއެވެ. އެއާ އެކު، އިންޑިޔާގެ އެއަރލައިންތަކުގެ އިތުރުން އެ ޤައުމަށް ދަތުރު ކުރާ ބައިނަލްއަޤްވާމީ އެއަރލައިންތަކުން ވެސް އެ ކަން ތަޙުޤީޤު ކުރަން ފަށާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މި ވަގުތު ތިންވަނަ އަށް އެންމެ ބޮޑު، އަދި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ވައިގެ އުދުހުންތަކުގެ ސިނާއަތަކީ އިންޑިޔާއެވެ. އެ ޤައުމުގައި ވައިގެ އުދުހުންތަކުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ހަތަރު ކުންފުނިން ވެސް ބޯއިންގް މަރުކާގެ މަތިންދާބޯޓުތައް ބޭނުން ކުރެއެވެ.
ބޯއިންގް މަރުކާގެ ބައެއް މަތިންދާބޯޓުތަކުގެ ފިޔުލް ލޮކް ސުވިޗުގެ ތަޙުޤީޤެއް ހިންގުމަށް 2018ވަނަ އަހަރު އެފްއޭއޭން އިރުޝާދު ދިނުމާ އެކު، ގިނަ އެއަރލައިންތަކުން ވަނީ އެ ކަމަށް އިޖާބަދީފައެވެ. އޭގެ ތެރޭގައި އޮސްޓްރޭލިޔާގެ ކޮންޓަސް އެއަރވޭޒް، ޖަޕާނުގެ އޭއެންއޭއާއި ޖަޕާން އެއަރލައިންސް، ސިންގަޕޯ އެއަރލައިންސް އަދި އަގުހެޔޮކޮށް ޚިދުމަތް ފޯރުކޮށްދޭ ސްކޫޓް އަދި ކޮރެޔަން އެއަރލައިންސް ހިމެނެއެވެ. ދެކުނު ކޮރެޔާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވެސް ބުނީ، އެ ޤައުމުގައި ބޭނުން ކުރާ ބޯއިންގް މަރުކާގެ މަތިންދާބޯޓުތަކުގެ ފިޔުލް ލޮކް ސުވިޗުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަން ކަށަވަރު ކުރުމަށް ތަޙުޤީޤު ކުރުމަށް އެއަރލައިންތަކަށް އަންގާފައިވާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
